މަދަރުސާތަކުގައި ގިނަދުވަސްތަކެއްވަންދެން ކިޔަވާދިނުމުގައި ހޭދަކުރަމުންދާ މުދައްރިސުންގެ ވާހަކަތައް ހުރިނެތްގޮތް ބަލާލަމާ ހިނގާށެވެ. ރާއްޖޭގެ ސުކޫލުތަކުގެ ދަރިވަރުންގެ އަޚްލާޤު ގޯސްވަމުންދާތީ، އެކަމާ އެބޭފުޅުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ދަރިވަރުންގެ އަޚްލާޤު ގޯސްވާ ސަބަބު ބެލުމަށްޓަކައި 5 މުދައްރިސެއްގެ ބަސްދީގަތުން ހޯދާލީމެވެ.
20 May 2011
16 May 2011
އިސްލާމީ ޘަޤާފަތަކީ ވާޤިޢީ ޘަޤާފަތެކެވެ.
ވާޤިޢީ ވުމޭ ބުނެވޭ ބަހުގެ މާނައަކީ ހަޤީގަތާއި އެއްގޮތް ވުމެވެ. އިންސާނީ ޠަބީއަތުން ބޭރުން އަދި އިންސާނުންގެ ކެރި ކުޅަދާނަކަން ނުފޯރާ ވަރުން އެއްވެސްކަމެއް އިސްލާމްދީން ގެނެސްފައެއް ނުވައެވެ. އިސްލާމީ ޝަރިއަތް އެމީހަކަށް ތަންފީޒުވާނެ މީހަކީ މުކައްލަފަކަށް ވާންޖެހެއެވެ. [1] މިގޮތުން އިސްލާމްދީނުގައެ ހައްޖުވުމުގެ ޝަރުތާއި ބެހޭ ގޮތުން ވަހީކުރައްވަނީ وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا وَمَنْ كَفَرَ فَإِنَّ اللَّهَ غَنِيٌّ عَنِ الْعَالَمِينَ [2] މާނައީ :" އަދި އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެ މީހާ، އަޅުކަމެއް ކުރުމަށްޓަކައި ޤަސްދުކޮށްގެން އެގެފުޅަށް ދިއުމީ، މާތްﷲ އަށްޓަކައި، މީސްތަކުންގެ މައްޗަށް އޮތް ފަރުޟެކެވެ.
15 May 2011
ދިވެހިރާއްޖޭގެ ސުކޫލުތަކުގެ ދަރިވަރުންގެ އަޚްލާޤު ގޯސްވުމުގެ ސަބަބުތަކަކީ ކޮބައި؟ މިމައްސަލައަށް އޮތް ޙައްލަކީ ކޮބައި؟( ދެވަނަ ބައި)
މި ރިޕޯޓް އެކުލަވައިލުމަށްޓަކައި އަޅުގަނޑުމެން، ބަސްދީގަތުން ހޯދި، 10 ދަރިވަރުންނާއި 5 ބެލެނިވެރިންނާއި އަދި 5 މުދައްރިސުންގެ ތެރެއިން ބައެއް ދަރިވަރުންނާއި ބެލެނެވެރިން އަދި ބައެއް މުދައްރިސުންވަނީ ދަރިވަރުންގެ އަޚްލާޤް ގޯސްވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ކުލާސްތެރެއިންނާއި މުދަށްރިސުންގެ ޢަމަލުތައް ހުންނަގޮތުން އަޚްލާޤު ގޯސްވާކަމަށް އެއްބަސްވެފައެވެ. މިގޮތުން ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުންގެ ބަސް ވަކިވަކިން ޖުމުލަކޮށް ހިމަނާލާނަމެވެ.
Subscribe to:
Comments (Atom)


