އަޅުގަނޑުމެންނަށް އިވެމުންމިދާ މަންޒަރުތަކާއި އަޑުތަކަކީ އޭގެސަބަބުން ރަޙުމެއް ކުލުނެއް ހުންނަކޮންމެ މީހެއްގެ ލޮލުން ލޭކަރުނަ ހިލިގެންދާފަދަ މަންޒަރުތަކާއި އަޑުތަކެކެވެ. ރެޑިޔޮލެއް ހުޅުވާފިނަމަ އެންމެ ފުރަތަމަ ސުރުހީއަކަށް ކިޔަނީ، ނުވަތަ ނޫހެއްކިޔާލަން ބަލާއިރު އެނޫހެއްގެ އެންމެ ފަލަ ސުރުހީން ފެންނަނީ އެވެނި މީހެއްގެ ގަޔައަށް ވަޅި ހަރާފިއޭ
ނުވަތަ މަރާލާފިއެވެ. މިއީ ވަރަށް ހިތާމަހުރި މައްސަލައެކެވެ. އަޅުގަނޑުމެންނަށް ހެދޭނެ ގޮތަކީ، މިހެން ކިޔާލަ ކިޔާލާ ތިބެވޭނީއެވެ. އެހެންނަމަވެސް މިކަންތައްތައް ހުއްޓުވޭނެ ފަރާތްތަކެއް އެބަތިއްބެވެ. އެއީ ޤާނޫނުހަދާ މަޖުލީހާއި އަދުލު އިންސާފު ދަމަހައްޓަން ގާއިމުކޮށްފައިވާ ފަރާތްތަކާއި، ސަލާމަތީކަންތައްތަ ބަލަހައްޓަން ތިބޭފަރާތްތަކެވެ.
އަޅުގަނޑުމެން އިންސާނުންގެ ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން އަމިއްލައަށް ހަދާ ވަޟައީ ގާނޫނުތަކަކީ، އުނި ގާނޫނުތަކެކެވެ. މިސާލެއްގެ ގޮތުން ކޮމްޕިއުޓަރެއް ނަގަމާ ހިނގާށެވެ. ކޮމްޕިއުޓަރަކަށް ނަޒަރު ހިންގާލަމާ ހިނގާށެވެ. ކޮމްޕިއުޓަރެއް ގަންނައިރު، އެކޮމްޕިއުޓަރަށް ދިމާވާ މައްސަލަތައް ހައްލުކުރާނެގޮތާއި ގެންގުޅޭނެގޮތް ބަޔާންކޮށްފައިވާ ފޮތެއް އެކޮމްޕިއުޓަރާއެކު ވިއްކާފަރާތުން ދެއެވެ. ހަމައެބީދައިން އިންސާނާ ޢަމަލުތައް ބައްޓަން ކުރާނެގޮތާއި އިންސާނާއަށް ދިމާވާ މައްސަލަތައް ހައްލުކުރާނެގޮތާއި ދެނެވޮޑިގެންވާނީ ﷲ ތަޢަލާއެވެ. ﷲ ތަޢަލާ، އަޅުގަނޑުމެންގެ މައްސަލަތައް ޙައްލުކުރާނެގޮތާއި ޢަމަލުތައް ބައްޓަންކުރަންވީގޮތް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ މެދުވެރިކުރައްވާ މުޅި އިންސާނިއްޔަތައް ވަނީ ބާވައިލައްވާފައެވެ. އެއީ ﷲ ތަޢަލާގެ ކަލާމްފުޅެވެ. އެހެންގޮތަކަށް ބުނާނަމަ، ކީރިތި ޤުރުއާނެވެ.
ކަން މިހެން ހުރިއިރު، އިސްލާމްދީނުގައި އެފަދަ ކުށްތަކުން އަޅުގަނޑުމެން އިންސާނުން ސަލާމަތް ކުރުމަށް ﷲ ތަބާރަކަ ވަތަޢަލާ ބާއްވާލައްވާފައިވާ ހުކުމްތަކަށް ބަލައިލާ އެއަށް ނަޒަރު ހިންގާލު މުހިންމުކަމުގައި ދެކެމެވެ.
އިސްލާމީ ޝަރީޢަތުގައި އެ ޙުކުމްތައް ސާބިތުކުރައްވައި އެޙުކުމްތައް ތަންފީޒުކުރުމަށް ގޮވާލާފައެވެ. مِنْ أَجْلِ ذَٰلِكَ كَتَبْنَا عَلَىٰ بَنِي إِسْرَائِيلَ أَنَّهُ مَن قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا ۚ وَلَقَدْ جَاءَتْهُمْ رُسُلُنَا بِالْبَيِّنَاتِ ثُمَّ إِنَّ كَثِيرًا مِّنْهُم بَعْدَ ذَٰلِكَ فِي الْأَرْضِ لَمُسْرِفُونَ ﴿ المائدة : ٣٢﴾ އެކަމަށްޓަކައި އިސްރާއީލްގެދަރިންގެ މައްޗަށް، ތިމަންރަސްކަލާނގެ ކަނޑައެޅުއްވީމެވެ. نفس އެއް މަރައިގެން، ނުވަތަ ބިމުގައި فساد އެއް އުފައްދައިގެން ނޫންގޮތަކަށް، نفس އެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި އެ نفس ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފިމީހާ) އެންމެހާ މީސްތަކުން ދިރުވިފަދައެވެ. ހަމަކަށަވަރުން، بيان ވެގެންވާ ހެކިތަކާއިގެން، ތިމަންރަސްކަލާނގެ رسول ން އެއުރެންގެ ގާތަށް ވަޑައިގަތެވެ. ދެން އެއަށްފަހު، އެއުރެންގެ ތެރެއިން ގިނަމީހުންނީ ބިމުގައި إسراف ކޮށްއުޅޭ މީހުންކަން ކަށަވަރެވެ. (އެބަހީ: މީހުން މެރުމާއި، كافر ކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުންކަން ކަށަވަރެވެ.
އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ. وَكَتَبْنَا عَلَيْهِمْ فِيهَا أَنَّ النَّفْسَ بِالنَّفْسِ وَالْعَيْنَ بِالْعَيْنِ وَالْأَنفَ بِالْأَنفِ وَالْأُذُنَ بِالْأُذُنِ وَالسِّنَّ بِالسِّنِّ وَالْجُرُوحَ قِصَاصٌ ۚ فَمَن تَصَدَّقَ بِهِ فَهُوَ كَفَّارَةٌ لَّهُ ۚ وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّـهُ فَأُولَـٰئِكَ هُمُ الظَّالِمُونَ ﴿ المائدة: ٤٥﴾ އެ توراة ގައި އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ (قصاص ގެ أصول)ކަނޑައެޅުއްވީމެވެ. ހަމަކަށަވަރުން، نفس އަކަށް نفس އެކެވެ. ލޮލަކަށް ލޮލެކެވެ. ނޭފަތަކަށް ނޭފަތެކެވެ. ކަންފަތަކަށް ކަންފަތެކެވެ. ދަތަކަށް ދަތެކެވެ. زخم ތަކަކީ قصاص ހުރި ކަމެކެވެ. ފަހެ، އެކަން މާފުކޮށްފި މީހާޔަށް އެއީ كفّارة އެކެވެ. އަދި اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ، ހަމަ އަނިޔާވެރިންނެވެ.
ރަޙްމަތުގެ ނަބިއްޔާއަށް ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. وَأَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ ۖ فَاحْكُم بَيْنَهُم بِمَا أَنزَلَ اللَّـهُ ۖ وَلَا تَتَّبِعْ أَهْوَاءَهُمْ عَمَّا جَاءَكَ مِنَ الْحَقِّ ۚ لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا ۚ وَلَوْ شَاءَ اللَّـهُ لَجَعَلَكُمْ أُمَّةً وَاحِدَةً وَلَـٰكِن لِّيَبْلُوَكُمْ فِي مَا آتَاكُمْ ۖ فَاسْتَبِقُوا الْخَيْرَاتِ ۚ إِلَى اللَّـهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُم بِمَا كُنتُمْ فِيهِ تَخْتَلِفُونَ ﴿ المائدة: ٤٨﴾ އަދި ތިމަންރަސްކަލާނގެ حق ގޮތުގައި ކަލޭގެފާނަށް ފޮތް ބާވައިލެއްވީމެވެ. އޭގެކުރިން ބާވައިލެއްވި ފޮތްތަކުގައިވާ ތަކެތި ތެދުކުރަނިވި ގޮތުގައެވެ. އަދި އެފޮތްތަކުގެ މައްޗަށް ހެކިވަނިވި ފޮތެއް ކަމުގައެވެ. ފަހެ، اللَّه ބާވައިލައްވާފައިވާ حكم ން، އެއުރެންގެ މެދުގައި، ކަލޭގެފާނު حكم ކުރައްވާށެވެ! އަދި ކަލޭގެފާނުގެ އަރިހަށް އައިސްފައިވާ حق ގޮތާ خلاف އަށް އެއުރެންގެ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ! ތިޔަބައިމީހުންގެ ތެރެއިން ކޮންމެ ބަޔަކަށްމެ، شريعة އަކާއި، ފާޅުވެގެންވާ މަގެއް، ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި اللَّه އިރާދަކުރެއްވިނަމަ، ތިޔަބައިމީހުން އެއް أمّة އެއް ކަމުގައި ލައްވައިފީސްކަން ކަށަވަރެވެ. އެހެނެއްކަމަކު (ތިޔަބައިމީހުން أمّة ތަކަކަށް ބައިބައިކުރެއްވީ) ތިޔަބައިމީހުންނަށް ދެއްވި شريعة ތަކާމެދު ތިޔަބައިމީހުން امتحان ކުރެއްވުމަށެވެ. ފަހެ، ހެޔޮކަންތަކަށް ތިޔަބައިމީހުން ވާދަކުރާށެވެ! ތިޔަބައިމީހުން އެންމެން رجوع ވުންއޮތީ، اللّه ގެ حضرة އަށެވެ. އޭރުން ތިޔަބައިމީހުން އެކަންކަމާމެދު خلاف ވެ އުޅުނުކަންތަކުގެ خبر ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ.
މިއުންމަތުގެ އަހުލުވެރިންނާ މުޚާޠަބްކުރައްވައި ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الْأَلْبَابِ لَعَلَّكُمْ تَتَّقُونَ ﴿ البقرة: ١٧٩﴾ ” އަދި قصاص ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ. އޭ ބުއްދީގެ أهل ވެރިންނޭވެ! (އެއީ) ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ.
ބުއްދީގެ އަހުލުވެރީންނާ މުޚާޠަބު ކުރައްވައި ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى ۖ الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالْأُنثَىٰ بِالْأُنثَىٰ ۚ فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ ۗ ذَٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ ۗ فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ فَلَهُ عَذَابٌ أَلِيمٌ ﴿البقرة: ١٧٨﴾ އޭ إيمان ވެއްޖެ މީސްތަކުންނޭވެ! قتل ކުރެވޭ މީހުންނާމެދު قصاص ހިފުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) أخ އާގެ ފަރާތުން قصاص ގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް ވާރުތަވެރިޔާ) އެދުން ހުށްޓެވެ. އަދި إحسان ތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުށްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި رحمة އެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ عداوة ތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި عذاب ހުށްޓެވެ.
އަދި ޙުރުމަތްތެރިވެގެންވާ ނަފްސެއް ނުޙައްޤުން މަރާނުލުމަށާއި އަފޫޙައްޤުވަނީ ވާރިޘުންނަށްކަމަށާއި އެއީ ވަރުފަދަ ބާރެއްކަމުގައި ﷲ އަންގަވާފައިވެއެވެ. وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّـهُ إِلَّا بِالْحَقِّ ۗ وَمَن قُتِلَ مَظْلُومًا فَقَدْ جَعَلْنَا لِوَلِيِّهِ سُلْطَانًا فَلَا يُسْرِف فِّي الْقَتْلِ ۖ إِنَّهُ كَانَ مَنصُورًا ﴿الإسراء: ٣٣﴾ އަދި ތިޔަބައިމީހުން، اللَّه حرمة ތެރިކުރައްވާފައިވާ نفس އެއް حق އަކާ ލައިގެންމެނުވީ ނުމަރާށެވެ! އަދި އަނިޔާގެގޮތުގައި، މަރައިލެވޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ ولى ވެރިޔާއަށް، ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. ފަހެ، قتل ކުރުމުގައި އޭނާ إسراف ނުކުރާހުށިކަމެވެ! ހަމަކަށަވަރުން، އެ ولى ވެރިޔާއަކީ، نصر ލިބިގެންވާ މީހެއް ކަމުގައިވިއެވެ.
(މި ލިޔުމުގައި އެވާ ދަލީލުތަކަކީ އައްޝައިހު މުޙައްމަދު ޝަހީމް ޢަލީ ޞައީދު އަދާލަތު ޕާޓީގެ ވެބްސައިޓުގައި ލިޔެފައިވާ ލިޔުމަކުން ނަގާފައިވާ ދަލީލުތަކެކެވެ.)
ގާނޫނު އަސާސީގައި ސާފު ދިވެހި އިބާރާތުން، އިސްލާމްދީނާއި ހިލާފަށް ހެދޭ ކޮންމެ ގާނޫނަކާއި ގަވާއިދަކީ ބާޠިލް ގާނޫނެއްކަމަށް ބުނެފައި އޮތަކަސް ނުފުދެއެވެ. ކަނޑައެޅިގެން އިސްލާމްދީނުގެ ޝަރިއްޔަތާއި ހިލާފަށް ގާނާނުއް ހެދިފަ ނެތަސް، މަރަށްމަރު ހިފުންކަހަލަ ﷲ ގެ ކަލާމް ފުޅުގައި ކަނޑައެޅިފައިވާ ހުކުމްތަކާއި ހައްދުތައް ޤާއިމުކުރެވޭގޮތަށް ގާނޫނުތައް ހަދާގެންމެނުވީ، މިހާރު ހިންގަމުންދާ ގަތަލު އާމުތަކުން ސަލާމަތް ވެވޭނެ ގޮތެއްނެތެވެ. މީގެ އިތުރުން ގަތަލު އާމުތަކުން ސަލާމަތް ވެވޭނެ އަނެއްގޮތަކީ ޣާޟީ ހުކުމްތައް ކުރުމުގައި ވަކިމީހެއްގެ މަސްލަހަތަކަށް ނުބަލައި ހުކުމްކޮށްގެންނެވެ. މިސާލަކަށް ޣާޟީ ޝުރައިހު ޢަލީގެފާނުގެ މައްސަލަ ނިންމިގޮތަށް ބެލުން މުހިންމެވެ. އަދި މިކަންތައްތައް ހުއްޓުވޭނީ ހުކުމްތައް ތަންފީޒުކުރަން ތިބޭފަރާތްތަކުން ޖަޒުބާތީނުވެ، އެހުކުމްތައް ތަންފީޒުކުރުމުގައި ދެމިތިބެގެންނެވެ.
No comments:
Post a Comment