މިވަގުތު ތިޔަބޭފުޅުން ކިޔަމުން ތިގެންދަވަނީ އަޅުގަނޑު އިންޓަރނެޓް ސައިޓުތަކުގައި ޝާއިއުކުރާ 100 ވަނަ ލިޔުމެވެ. އަދި އަޅުގަނޑުގެ އަމިއްލަ ބުލަގަށް ލިޔާ 67 ލިޔުމެވެ. އެންމެ ފުރަތަމަ އަޅުގަނޑަށް މިފަދަ ޙިދުމަތެއް ކުރުމުގެ ހެޔޮތަޢުފީޤު ދެއްވިކަމަށްޓަކައި ﷲ ޞުބުހާނަހޫ ވަތަޢަލާއަށް ޙަމްދު ކުރަމެވެ. އެއަށްފަހު، އަޅުގަނޑު އިންޓަރނެޓަށް ތަޢާރަފް ކޮށްދީ މިކަމުގައި އެކިގޮތްގޮތުން އެހީތެރިވި އިހަވަންދޫ ޑޮޓް ކޮމް
ގެ ހިންގުން ތެރިންނަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. މިކަމުގައި ކުރިއަށް ދިއުމަށް އަޅުގަނޑުގެ އެކުވެރިން، ޙާއްޞަކޮށް އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ މުޙައްމަދު އަކުރަމް އެކިގޮތް ގޮތުން އަޅުގަނޑަށް ވެދެއްވާ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަމެވެ. މީގެ އިތުރުން މިކަމުގައި ކުރިއަށް ދިޔުމަށް އަޅުގަނޑުގެ ލިޔުންތައް ކިޔާފަރާތްތަކުން ލިބޭ އެހީތެރިކާމައި އެއްބާރުލުމަށްޓަކައި އެފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އާދަކުރަމެވެ. ތިޔަފަރާތްތަކުން އަޅުގަނޑުގެ ލިޔުންތަކަށް ވިދާޅުވަމުން ގެންދަވާ ބިނާކުރުވަނިވި ފާޑުކިޔުންތަކަކީ އަޅުގަނޑަށް މިކަމުގައި ކުރިއަށް ދިޔުމަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ.
އަޅުގަނޑު މިލިޔުމުގައި ބަލައިލުމަށް ގަސްތުކުރަނީ މައިގަނޑު ދެކަމަކަށެވެ. އެއީ އިހަވަންދޫގައި އެންމެ ފުރަތަމަ އެފެދުނު ވެބް ސައިޓާ ބެހޭ ގޮތުންނާއި، ލިޔުންތެރިކަމުގެ ރޮނގުން މިހާތަނަށް އަޅުގަނޑަށް ލިބިފައިވާ ކާމިޔާބީ ތަކުގެ މައްޗަށެވެ.
އިހަވަންދޫ ޑޮޓް ކޮމްއަކީ އެންމެ ފުރަތަމަ އިހަވަންދޫގައި އުފެދުނު ވެބެސައިޓެވެ. މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ވުޖޫދަށް އައި މިވެބްސައިޓުގެ ޕަބުލިޝްކުރުމުގެ ބާރު އޮންނަނީ ތިންފަރާތަކަށެވެ.
1. ޢަބްދުﷲ ހަމީދު / ހަސްތީ / ހއ.އިހަވަންދޫ
2. އިބުރާހިމް ނަޝީދު / ރެޑްސްޓަރ / ހއ.އިހަވަންދޫ
3. މުޙައްމަދު އަކްރަމް / ގިނިރާހިގެ / ހއ.އިހަވަންދޫ
އިހަވަންދޫ ޑޮޓް ކޮމްއާއި މެދު ތިބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ކުރައްވަމުން ގެންދަވާ ތުހުމަތު ތަކަކީ ހަޤީގަތެއް ބާއެވެ!
އިހަވަންދޫގެ މަޢުލޫމާތު އޮންލައިންކޮށް ފޯރުކޮށް ދެއްވުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ އިހަވަންދޫ ޑޮޓް ކޮމްއިންނެވެ. މިސައިޓަކީ ޑީއާރުޕީގެ ސައިޓެއްކަމަށް ބުނާމީހުންނާއި އަދި ހަމައެގޮތަށް މިސައިޓަކީ އެމްޑީޕީގެ ސައިޓެއްކަމަށް ބުނާމީހުންވެސް ވަރަށް ގިނައެވެ. އެކަމަކު މިއީ އެއްވެސް ހާލެއްގައި ރަނގަޅު ވާހަކަތަކެއްނޫނެވެ. ހަގީގަތުގައި މިފަދަ ސައިޓުތަކަކީ އެންމެ މީހަކަށް ނުވަތަ ދެމީހަކަށް ހިންގޭނޭ ސައިޓުތަކެއް ނޫނެނެވެ. ސައިޓެއް ނުވަތަ ނޫހެއް ނެރުމުގައި އެންމެ ބޮޑު ހިއްޞާއެއްވާ ބަޔަކީ އެސައިޓެއް ނުވަތަ ނޫހެއްގެ ލިޔުންތެރިންނެވެ. އެގޮތުން މީހެއްގެ އަބުރާ ބެހުމަކާއި ނުލައި މިސައިޓުގެ ސުލޫކީ މިންގަޑަށް ފެތޭގޮތަށް ޞައްޙަ މަޢުލޫމާތު އެމެންބަރެއް ނުވަތަ ލިޔުންތެރިއެއްގެ "ވިއުވް" ހާމަ ކުރުމުގެ މިނިވަންކަން މިސައިޓުގެ ހުރިހާ މެންބަރުންނަށް ވެސް ވަނީ ދީފައެވެ.
މިގޮތުން އެމްޑީޕީއަށް ތާއިދު ކުރާ މެމްބަރުން ނުވަތަ ލިޔުންތެރިން އެމީހުންގެ ލިޔުންތައް ބިނާކޮށްފައި ހުންނާނީ އެފިކުރަށް ތާއީދު ލިބޭ ގޮތަށެވެ. ޑީއާރުޕީއަށް ތާއިދު ކުރާ މެމްބަރުން ނުވަތަ ލިޔުންތެރިން އެމީހުންގެ ލިޔުންތައް ބިނާކޮށްފައި ހުންނާނީ އެފިކުރަށް ތާއީދު ލިބޭ ގޮތަށެވެ. ބައެއް ދުވަސްވަރު މީގެ ތެރެއިން އެއްފިކުރަކަށް ތާއިދު ކުރާ މީހުންގެ ސިޔާސީ ލިޔުންތަކުގެ ސަބަބުން އެދުވަސްވަރަކު އެއީ އެމްޑީޕީގެ ސައިޓެއްކަމަށް ނުވަތަ ޑީއާރުޕީގެ ސައިޓެއްކަމަށް ކިޔުންތެރިންނަށް ހިވަނީއެވެ. ހަގީގަތަކީ އިހަވަންދޫ ޑޮޓްކޮމްއިން މިހާތަނަށް މަސައްކަތް ކޮށްފައިވަނީ ލިބިފައިވާ ވަސީލަތްތަކާ އެކަށީގެންވާ މިންވަރަކުން އެންމެ ތާޒާ ޞައްޙަ މަޢުލޫމާތު ކިޔުންތެރިންނަށް ގެނެސްދެވޭތޯ އެވެ.
މީގެ އިތުރުން އިހަވަންދޫ ޑޮޓްކޮމްގެ ޚަބަރުތަކުގައި މީހެއްގެ ވާހަކަ ގެންނަނަމަ ދެފަރާތުގެ ބަސްހިމަނަންޖެހޭ ޚަބަރުތަކުގައި ދެފަރާތުގެ ބަސް ގެނެސްދީފައި ވާނޭކަން ވަރަށް ފަޚްރު ވެރިކަމާއެކު ފާހަގަކޮށްލަމެވެ. މިސައިޓުގެ މެންބަރުންގެގޮތުގައި 16 ފަރާތެއް ރަޖިސްޓްރީ ކުރެވިފައި ވެއެވެ.
1. އަލްފާޟިލް ޢަބްދުﷲ ޙަމީދު / ހަސްތީ / ހއ.އިހަވަންދޫ
2. އަލްފާޟިލް އިބްރާހިމް ނަޝީދު / ރެޑްސްޓަރ / ހއ.އިހަވަންދޫ
3. އަލްފާޟިލް މުޙައްމަދު އަކްރަމް / ގިނިރާހިގެ / ހއ.އިހަވަންދޫ
4. އަލްފާޟިލް މުޙައްމަދު އިމްރާން / ސަމާމަންޒިލް / ހއި އިހަވަންދޫ
5. އަލްފާޟިލް މޫސާ މާހިރު / ފުނަމާގެ / ހއ.އިހަވަންދޫ
6. އަލްފާޟިލް ފަތުހުﷲ އަޙްމަދު / މޫރިތިގެ / ހއ.އިހަވަންދޫ
7. އަލްފާޟިލް މޫސާ ޢަލީ / ވައިލެޓުގެ/ ހއ.އިހަވަންދޫ
8. އަލްފާޟިލް މުޙައްމަދު ނަޝީދު / ބަނބުކެޔޮގަސްދޮށުގެ / ހއ.އިހަވަންދޫ
9. އަލްފާޟިލް މުޙައްމަދު ފިރާޟް / ފުރައްދަގެ / ހއ.އިހަވަންދޫ
10. އަލްފާޟިލް އަޙްމަދު ނަސީމް / އަނޯނާގެ / ހއ.އިހަވަންދޫ
11. އަލްފާޟިލް މުހައްމަދު ޞަބާހު/ ތަރިވިދާގެ/ ހއ.އިހަވަންދޫ
12. އަލްފާޟިލް ހަސަން ޒާހިރު / އަންދަލީބުގެ / ހއ.އިހަވަންދޫ
13. އަލްފާޟިލް މުޙައްމަދު ޝާފިޢު / ހިތިލާގެ / ހއ. އިހަވަންދޫ
14. އަލްފާޟިލް މުޙައްމަދު ޝިފާއު / ބުލްބުލާގެ / ހއ.އިހަވަންދޫ
15. އަލްފާޟިލް ޢަބްދުލް ޤާދިރު މުޙައްމަދު / ހިތައްފިނިވާގެ / ހއ.އިހަވަންދޫ
16. އަޅުގަނޑު ( އަޙްމަދު ޢާޞިމް / އުންމީދު / ހއ.އިހަވަންދޫ )
މީގެ އިތުރުން މިސައިޓަށް މެންބަރުންގެ ގޮތުގައި ނޫނަސް ލިޔަމުން ގެންދާ ގިނަ އަދަދެއްގެ މީހުން ތިބިކަން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރުގެ ބަސްތައް ބަރުތީލަ ކުރަމެވެ.
ލިޔުން ތެރިކަމުގެ ރޮގުން އަޅުގަނޑަށް ލިބިފައިވާ ކާމިޔާބީތައް
ހަގީގަތުގައި ލިޔުންތެރިންނަށް ވަރަށް ގިނަ ފިއްތުންތަކާއި ގޮންޖެހުންތަކާއި ދަތި އުނދަގޫތަކާއި ކުރިމަތިލާން ޖެހެއެވެ. އެހެންނަމަވެސް މިހާރުގެ ގިނަ ލިޔުންތެރިންނަކީ އެފަދަ ޕުރެޝަރުތަކަށް ބަލައިލުމަކާއި ނުލައި ވަރަށް މުސްތަގިއްލުކޮށް ހަގީގަތާއި އެއްގޮތަށް، ޢިލްމީ، އިޖުތިމާޢީ، ސިޔާސީ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ބުރަ މަސްޢޫލިއްޔަތު އަދާ ކުރަމުންގެންދާ ބަޔެކެވެ. މިގޮތުން އަޅުގަނޑަށްވެސް މިކަމުކުގައި ހޭދަކުރެވުނު ކުރުމުއްދަތުގެ ތެރޭގައި ކުޑަނަމަވެސް ދަތިތަކަކާއި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހެނުވެ.
"ސިޔާސަ ވުމަކީ ސިޔާސީ ވުމެއް ނޫނޭ" މިނަމުގައި ލިޔުނު ފުރަތަމަ ލިޔުމަށް ފަހު، އިހަވަންދޫ ޑޮޓް ކޮމްގެ ލިޔުންތެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާން ފެށިފަހުން އަޅުގަނޑަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އިހަވަންދޫ ޑޮޓްކޮމްއަށް އަޅުގަނޑު ލިޔެފައިވާ ލިޔުމެއް އަޅުގަނޑުގެ ހުއްދަޔަކާއި ނުލައި އަދި އެލިޔުމުގެ ސުރުހީ ބަދަލުކޮށް އެއްވެސް ރެފަރެންސެއް ނުދީ މީހުންގެ އަބުރާބެހުމަށް މަޝްހޫރު ސައިޓެއް ކަމުގައިވާ ބައެއް ސައިޓުތަކުގައި ޝާއިކުރުމެވެ. މިފަދަ ކަންކަމަކީ އަޅުގަނޑު ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމެކެވެ. މީގެ އިތުރުން އިހަވަންދޫ ނިއުސްއިން އަޅުގަނޑުގެ އަގުވައްޓާލުމަށްޓަކައި ކުރި ބުރަމަސައްކަތް ފާހަގަކޮށްލެވެއެވެ.
އަޅުގަނޑަށް މިއުޅެވެނީ މަޢުޟޫން ބޭރުގައިކަން އަޅުގަނޑަށްވެސް އެނގެއެވެ. އެންމެ ރަނގަޅެވެ. އަޅުގަނޑަށް މިހާތަނަށް ލިބުނު ކުރިއެރުން ތަކުގެ ތެރޭގައި
1. އަޅުގަނޑު ފަންގެ އާއި ބެހޭ ގޮތުން އިހަވަންދޫ ޑޮޓްކޮމްއަށް ލިޔެފައިވާ ރިޕޯޓެއް ވަނީ ދިވެހިރާއްޖޭގެ އަޑުގެ ފުށޮޅު ޕުރޮގުރާމުގައި ބުރޯޑު ކާސްޓުކޮށްފައިވުން
2. އަޅުގަނޑަށް ރާއްޖޭގެ މަޝްހޫރު އިންޓަރނެޓު ސައިޓެއް ކަމަށްވާ ދިއިސްލާމަށް ލިޔުމުގެ ފުރުސަތު ލިބުން
3. އަޅުގަނޑު އިހަވަންދޫ ޑޮޓްކޮމްއަށް ލިޔެފައިވާ ގިނަލިޔުންތަކެއް އެސައިޓުގެ މަޤުބޫލު ލިޔުންތަކުގެ ތެރޭގައި ކިޔުންތެރިން ހޮއްވަވާފައިވުން
4. ގިނަ އަދަދެއްގެ ކިޔުންތެރިން އަޅުގަނޑުގެ ލިޔުންތަކުގެ ބޭނުން ހިފާކަން އަޅުގަނޑުގެ ގާތު އެފަރާތްތަކުން ބުނުން.
5. އަޅުގަނޑުގެ ބައެއްލިޔުންތައް އަޅުގަނޑަށް ނޭނގި އެހެން ސައިޓުތަކުގައި ޝާއިއުކޮށްފައި ހުރުން
6. އަމިއްލަ ބުލޮގެއް ހަދައި އެބުލޮގުން ޢިލްމީ އަދި އިޖުތިމާއި މަޢުލޫމާތު ފޯރުކޮށްދިނުމުގެ ފުރުޞަތު ލިބުން. އަދި އިހަވަންދޫގެ އިތުރުން އެހެން ރަށްރަށުގެ މީހުން އެމަޢުލޫމާތުގެ ބޭނުން ހިފުން
މިހާތަނަށް އަޅުގަނޑު އިހަވަންދޫ ޑޮޓްކޮމްއަށް ލިޔެފައިވާ ލިޔުންތަކުގެ ތެރޭގައި ދީނީ، އިޖްތިމާއީ އަދަބީ ލިޔުންތަކުގެ ތެރެއިން ވާހަކަ އަދި ސިޔާސީ އަދި މީގެ އިތުރުން އެކިކަހަލަ ޚަބަރުތައް ހިމެނެއެވެ.
މިހާރު އަޅުގަނޑުގެ ލިޔުންތައް ކިޔުންތެރިންނަށް ފެންނާނީ 3 ސައިޓަކުންނެވެ.
3. asim-ahmedasim.blogspot.com
No comments:
Post a Comment