މާތް ﷲ ތަބާރަކަ ވަތަޢަލާ އިންސާނުން އުފައްދަވާފައިވަނީ ފިޠުރަތުގެ ސާފުކަންމަތީއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވާފައި ވެއެވެ. "كل مولود يولد على الفطرة, فأبواه يهودانه, أوينصرانه, أويمجسانه މާނައީ" ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިޠުރަތުގެ (ސާފުސީދާ) ގޮތްމަތީގައެވެ. އޭނާ ޔަހޫދީއަކަށް ހަދާނީވެސް ނުވަތަ ނަޞާރާއަކަށް ހަދާނީވެސް ނުވަތަ މަޖޫސީއަކަށް ހަދަނީވެސް އޭނާގެ މައިންބަފައިންނެވެ."