ﷲގެ ވަޖުޙުފުޅުއެދި ކުރާ ކޮންމެ ހެޔޮއަމަލަކީ އަޅުކަމެކެވެ. ޞަދަގާތްކުރުމާއި، މައިން ބަފައިންނަށް ހެޔޮކޮށް ހިތުމާއި، ފަޤީރުންނަށް އެހީތެރިވުމާއި، މުސްކުޅިނަށް ކަމޭހުތުމާއި، ކުޑަކުދިންނަށް އޯގާތެރިވުމާއި، އަވައްޓެރިންނަށް ހެޔޮކޮށްހިތުމާއި، ތިމާގެ އަނބިދަރިންނަށް ޙަރަދުކުރުމަށް އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަކީ އަޅުކަމެކެވެ.
ﷲ ގެ މަތިން ގިނަގިނައިން ހަނދުމަކުރުމަކީ އަޅުކަމެކެވެ. އެހެން ގޮތަކަށް ބުނަނީނަމަ މިއީ ﷲ އަށް ލޯބިކުރެވޭނެ ގޮތްތަކެވެ.
ޞަދަގާތް ކުރުމާއި ބެހޭ ގޮތުން ރަވާހު އަޙްމަދު ރިވާކުރެއްވި ކީރިތި ރަސޫލާގެ ޙަދީޘެއްގެ މާނައިގައިވެއެވެ. ” ﷲގެ ވަޖުހުފުޅުއަދައިގެން އެއްޗެއް ޞަދަގާތް ކޮށްފިމީހާ (ދަންނާށެވެ!) އެކަމުގެ ޘަވާބު އޭނާއަށް ލިޔުއްވާހުއްޓެއެވެ! އަދި އެކަމުގެ ސަބަބުން އޭނާ ސުވަރުގެ ވައްދަވާހުއްޓެއެވެ." ( ސުވަރުގެ ލިބިގަންނަން އަވަސްވާނީ ކާކުހެއްޔެވެ؟މިފޮތުގެ 89 ވަނަ ޞަފުޙާ )
މައިން ބަފައިންނަށް ހެޔޮކޮށް ހިތުމާއި ބެހޭ ގޮތުން އިބުނު ޢައްބާސް ރަޟިޔަށް ﷲ ޢަންހުމާ ވިދާޅުވެފައިވާ ގޮތުގައި ތިންކަމަކާ ގުޅިފައިވާ ތިން އާޔަތެއް ވެއެވެ. އަދި މިއީ ވަކިކުރެވޭނެ އާޔަތްތަކެއް ނޫނެވެ. އޭގެތެރެއިން ލުޤުމާން ސޫރަތުގެ 14 ވަނަ އާޔަތުގެ މާނައަކީ " ތިމަން ރަސްކަލާނގެ ހަޟުރަތަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރުވެރިވާށެވެ." އެއަށްފަހު ވިދާޅުވިއެވެ. ﷲ އަށް ޝުކުރުކޮށް އެކަމަކު އޭނާގެ މައިންބަފައިންނަށް އަގުވަޒަން ނުކްށްފިމީހާގެ ޝުކުރު އެކަލާނގެ ޤަބޫލުނުކުރައްވާ ހުއްޓެވެ. ސަލާމާއި ޞަލަވާތްލެއްވި ﷲގެ ރަސޫލާ އަންނަނިވި މޭރުމުން ޙަދީޘްގެ މާނައަކީ " ﷲގެ ރުއްސެވުންވަނީ މައިންބަފައިންގެ ރުހުމުންނެވެ. އަދި ﷲގެ މައިންބަފައިންގެ ރުޅިންނެވެ. ( މައިން ބަފައިންނަށް ހެޔޮކޮށް ހިތުން މިފޮތުގެ 43 ވަނަ ޞަފުޙާއިން ނަގައިފާ )
ގިނަގިނައިން ޛިކުރުކޮށް ﷲގެ މަތިން ހަނދުމަކުރުމަކީ، ކޮންމެ ހިނދެއްގައިވެސް އެކަމުން ވަކިވެވެންނެތް މަތިވެރި ކަމެކެވެ. އަލްއަޙްޒާބު ސޫރަތުގެ 41-42 ވަނަ އާޔަތުގެ މާނައަކީ " އޭއީމާންވި މީހުންނޭވެ! ތިޔަބައިމީހުން، ގިނަވެގެންވާ ހަނދުމައަކުން ﷲ ހަނދުމަކުރާށެވެ. އަދި ހެނދުނާއި ހަވީރު އެކަލާނގެއަށް ތަސްބީހަ ކިޔައި އުޅޭށެވެ. މާތް ﷲ އަލްބަގަރާ ސޫރަތުގެ 152 ވަނަ އާޔަތުގައި ވަހީ ކުރައްވަނީ فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلاَ تَكْفُرُونِ މާނައީ "ވީމާ ތިޔަބައިމީހުން ތިމަން ރަސްކަލާނގެ ހަނދުމަކޮށް އުޅޭށެވެ. އެއިރުން ތިމަން ރަސްކަލާނގެ ތިޔަބައިމީހުނަށް އެކަމުގެ ދަރުމަ ދެއްވައި ފާފަ ފުއްސަވާ ހުށީމެވެ. އަދި ތިޔަބައިމީހުން ތިމަން ރަސްކަލާނގެ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވެ އުޅޭށެވެ. އަދި ތިމަން ރަސްކަލާނގެއަށް އުރެދިނޫޅޭށެވެ. ޝއްކެއް ނެތެވެ. ﷲ ހަނދުމަކުރުމަކީ، ކުއްފާފާތަކުން ސަލާމަތްވެ،ﷲގެ ރަޙްމަތާއި އެކަލާނގެ ރުއްސެވުން ލިބޭނެ ކަމެކެވެ. ( ދީނުގެމަގު 17 ރަބިއުލް އަށްވަލް 1425 ﷲ ހަނދުމަކުރުމަކީ އެކަލާނގެ ރުއްސެވުން ލިބޭނެ ކަމެކެވެ. )
ﷲ ގެ ވަޖުހު ފުޅު އެދިގެން ކުރާ ކޮންމެ ކަމަކީ އަޅުކަމަށް ނުވެ ވެސް ހިނގާދާނެ.. ދީނުގެ ޢާއްމު އުޞޫލަކީ ހުރިހާ ކަމެއްވެސް ހުއްދަވުން.. ކަމެއް ކުރުން މަނާ ވާނީ އެކަމެއް މަނާކަން ޞައްޙަ ނައްޞަކުން ސާބިތުވުމުން.. އެހެން ނަމަވެސް ދީނީ އަޅުކަމުގައި ބައި އެއާ މުޅިން ޚިލާފް.. އަޅުކަމުގެ ގޮތުގައި ކުރެވޭ ކަންކަމުގެ ޢާއްމު އުޞޫލަކީ ހުރިހާ ކަމެއްވެސް މަނާވުން.. އެބަހީ އަޅުކަމެއްގެ ގޮތުގައި ކުރެވޭނީ ނައްސަކުން ސާބިތުވެފައިވާ ކަންކަން އެކަނި.. ވީމާ ﷲ ގެ ވަޖުހު ފުޅު ގަނެގެން ހެޔޮ ދަރުމަ އާއި ޘަވާބަށް އެދިގެން ކުރާ ކޮންމެ ކަމަކީ އަޅުކަމަކަށް ނުވެދާނެ... އެބަހީ ބިދުޢަކަށް ވުންވެސް އެކަށީގެންވޭ.. މިކަމުގެ މިސާލަކީ ހެޔޮ ދަރުމައަށް ހިތް ޚާލިސްކޮށްގެން މާލޫދު ކިޔުމާއި، ކަންކަން ކޮށްދިނުމަށް އެދި ގަބުރަށް ގޮވުމާ އަދި މިނޫންވެސް ކަންކަން...
ReplyDeleteވީމާ މި ލިޔުމުގެ ސުރުޚީގައި ﷲ ގެ ވަޖުހުފުޅަށް ގަނެގެން ކުރާ ކޮންމެ ކަމަކީ އަޅުކަމެއް ކަމަށް ބުނެފައިވާ ބުނުމާ މެދު ވިސްނާލާނެ ކަމަށް އުންމީދު ކުރަން..
މިލިޔުމަށް ކޮމެންޓު ކޮށްފައިވާ ފަރާތަށް ޙާއްޞަކޮށް.
ReplyDeleteސުރުހީ ރަނގަޅަށް ކިޔުމަށްފަހު ކޮމަންޓު ކުރިނަމަ ވަރަށް ރަނގަޅުވީސް ، މި ސުރުހީގައި ޢާޞިމް ލިޔެފައިވަނީ ﷲ ގެ ވަޖުހުފުޅަށް ގަނެގެން ކުރާ ކޮންމެ ހެޔޮޢަމަލަކީ އަޅުކަމެއް ކަމަށް .
ﷲ ގެ ވަޖުހުފުޅަށް ގަނެގެން ކުރާ ކޮންމެ ކަމަކީ އަޅުކަމެކޭ ނޫން އޮތީ. ހެޔޮއަމަލަކަށް ނުވާނެ ބިދުއައެއް. އަދި ﷲ ރުހިވޮޑި ނުގަންނަވާކަމެއް
ހެޔޮ ޢަމަލު ޑިފައިން ކުރަނީ ކިހިނެއްތޯ؟ މާލޫދު ކިޔުމަކީ ވެސް އޭގެ ޒާތުގައި ނުބައި ކަމެއް ނޫން... މަދަހަ ކިޔުމަކީ އުޞޫލެއްގެ ގޮތުން ގޯސް ކަމެއް ނޫން... ހަމަ ހެޔޮ ކަމެއް އެއީ.. އެކަމަކު މާލޫދު ކިޔުން ގޯސްކަމަކަށް ވަނީ އަޅުކަމެއްގެ ގޮތުގަ ﷲ އަށް ހިތް ޚާލިޞްކޮށްގެން ކުރީމަ.. ވީމާ ހެޔޮ ރަނގަޅު ކަމެއްވެސް އަޅުކަން ކުރުމުގެ ގޮތުން ނުކުރެވޭ ނުވަތަ ސާބިތު ނުވާ ކަމެއް ކުރުމަކީ ހުއްދަ ވާނެ ކަމެއް ނޫން..ވީމާ ސުރުޚީ ކަމަކު ނުދޭ....
ReplyDeleteދެން އަނެއް ކަމަކީ މި ލިޔުމުގަ ﷲ ގެ ވަޖުހު ފުޅު ގަނެގެން ކުރަން ޖެހޭ ކަންކަމުގެ ގޮތުގަ ފާހަގަ ކޮށްފަ ހުރި ކަންކަމަކީ މާތް ﷲ ހަމަ ފަރުޟު ކުރައްވާފަ ހުރި ކަންކަން.. އެކަން ކަމަކީ އެކަން ކަމުގެ ޒާތުގަ އަޅުކަމަކަށް ނުވިޔަސް އެކަންކަން އެ ގޮތަށް އަދާ ކުރުމުން ސަވާބު ލިބެނީ ﷲ ކުރުމަށް އަމުރު ކުރެއްވި ކަމެއް ކުރީމަ.. ހަމަ އެގޮތަށް މި އުޞޫލުން ﷲ ޙަރާމް ކުރެއްވި ކަންކަމުން ދުރުހެލިވެ ހުރުމަކީ ވެސް ސަވާބު ލިބޭނެ ކަންކަން.. ވީމާ އެކަންކަން އެ ގޮތަށް ކުރީމަ ސަވާބު ލިބެނީ އަޅުކަމުގެ ޢާއްމު މާނާގަ އެކަންކަން ކަމަކީ އަޅުކަމަށް ވާތީއެއް ނޫން.. ތެދު ފުޅެއް.. އަޅުކަމުގެ މާނައަކީ ﷲ ދަރުމަ ދެއްވާ ކޮންމެ ކަމެއް ކަމުގަ މާނަ ކޮށްފި ނަމަ އަޅުކަމުގެ ކެޓްގަރީގަ އެބައިތައްވެސް ހިމެނިދާނެ.
އެހެން ނަމަވެސް އިސްލާމް ދީނުގަ ޢިބާދާތޭ ބުނެވެނީ ސީދާ އަޅުކަމެއްގެ ގޮތުގައި ކުރަން އަންގަވާފަ ހުރި ކަންތައް ތަކެއް ކުރުމަށް.. މި ލިޔުމުގެ ސުރުޚީގަ އެބުނާ "ދީނުގައި ފަރުޟު ކޮށްފައި ހުރި އަޅުކަން" ކަމުގައި އެ ބުނަނީ މި ދެންނެވި ޢިބާދާތުގެ ބާބަށް ކަމުގައި ވާ އިރު، މައިން ބަފައިންނަށް ކިޔަމަން ވުމާ ކުޑަ ކުދިންނަށް އޯގާތެރިކޮށް ހިތުން ފަދަ ކަންކަން އެ ބާބުގެ ތެރެއަށް ވައްދާނެ ގޮތެއް ނުވިސްނޭ.. ވީމާ ސުރުޚިގައި ސުވާލު އުފެދޭ ކަންތައް ތަކެއް އެބަހުރި..
ﷲ އަމުރު ކުރެއްވި ކޮންމެ ކަމެއް ކުރުމަކީ ސަވާބާ ދަރުމަ ހުރި ކަމެއް ކަމަށް ސުރުޚީގަ ބުނުމުން މާނަ އޮޅޭ ގޮތެއް ނުވާނެ ދެއްތޯ!
ތިޔަ ފަރާތްތަކުން ތި ދެއްވި ޚިޔާލަށް ފަށްފަށުން ޝުކުރިއްޔާ. ރަނގަޅު މިގޮތަށް މައުލޫގެނައުމަށްވުރެ ތިވިދާޅުވި ގޮތަށް މައުލޫ ގެނައީމަ ރަނގަޅުވާނެ ކަމަށް އަޅުގަނޑުވެސް ގަބޫލު ކުރަނީ އެކަމު އަޅުގަނޑަކަށްވެސް ޤަބޫލު ނުކުރެވޭ މިލިޔުމުގެ ސުރުހީ އިންގޮތުން އަޅުކަމުގެ މާނަ އޮޅޭ ނެ ކަމަކަށް.
ReplyDelete