ތެދުވެރިކަމާއި އަމާނާތްތެރި ކަމަކީ ވަރަށް ރީތި ދެސިފައެވެ. އަދި އެއީ
އަޚްލާޤު ރަނގަޅު މީހުންގެ ކިބައިގައި ހުންނަ އެންމެ މުހިއްމު ސިފަތަކުގެ ތެރޭގައި
ހިމެނޭ ދެސިފައެވެ. އެއީ މާތް ﷲ
ދެއްވާ އެންމެ މަތިވެރި އެއް ނިޢުމަތެވެ. ނަފްސުގެ ޒިނަތްތެރިކަމާއި އަޒުމުގެ
މަތިވެރިކަމާއި، ރިވެތި އަޚްލާޤު އަށަގެންފައިވާކަމުގެ ޢަލާމާތްތެކެވެ.
ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ އިންސާނާގެ އުނިކަންތައް ފޮރުވައިދީ ހެޔޮޢަމަލުތަކަށް
ފިރުކާގަތުމަށް ފުރުޞަތުތައް ތަނަވަސް ކޮށްދޭ ދެސިފައެވެ.
ތެދުވެރިކަމަކީ މަކާރިމުލް އަޚްލާޤުގެ ސިފަތަކުގެތެރެއިން އެންމެ މަތިވެރި އެއް ސިފައެވެ. ﷲ ތަބާރަކަ ވަތަޢަލާ ވަނީ އެކަލާނގެ ޒާތުފުޅަށް އެ ސިފަ ލާޒިމްކުރައްވާފައެވެ. "وَمَنْ أَصْدَقُ مِنَ اللّهِ قِيلاً" (النساء 122) މާނައީ: "ބަސްބުނުމުގައި ﷲ އަށްވުރެ ތެދުވެރިކަންބޮޑީ ކާކުހެއްޔެވެ؟" ތެދުވެރިކަމަކީ ނަބީބޭކަލުންގެ ސިފަފުޅެކެވެ. އަދި މުޙައްމަދު صلى الله عليه وسلم ތެދުވެރިކަމުގެސިފައިން ސިފަކުރައްވާފައިވެއެވެ. "وَالَّذِي جَاءَ بِالصِّدْقِ وَصَدَّقَ بِهِ أُوْلَئِكَ هُمْ الْمُتَّقُونَ" (الزمر 33) މާނައި: "ތެދާއިގެން އަންނަމީހާއާއި އަދި އެތެދު ޤަބޫލުކުރާމީހާ (ދަންނާށެވެ!) އެއުރެންނީ، ހަމަ ތަޤްވާވެރިންނެވެ."އަދި ތެދުވެރިކަމަކީ ރަސޫލު ﷲ صلى الله عليه وسلم ގެ އަޞްޙާބު ބޭކަލުންގެ ސިފައެއްކަމުގައިވެސްވަނީ އަންގަވާފައެވެ. "مِنْ الْمُؤْمِنِينَ رِجَالٌ صَدَقُوا مَا عَاهَدُوا اللَّهَ عَلَيْهِ فَمِنْهُمْ مَنْ قَضَى نَحْبَهُ وَمِنْهُمْ مَنْ يَنْتَظِرُ وَمَا بَدَّلُوا تَبْدِيلًا " (الأحزاب 23) މާނައީ:"ﷲ އަށް އެއުރެން ޢަހްދުވީ ކަންތަކަށް ތެދުވެރިވީ ފިރިހެނުންތަކެއް މުއުމިނުންގެ ތެރެއިންވެއެވެ. ފަހެ، އެއުރެންގެ ތެރެއިން (ޝަހީދުވެ) މަރުވެގެންދިޔަބަޔަކު ވެއެވެ. އަދި (ޝަހީދުވުމަށް) އިންތިޒާރުކުރާ ބަޔަކުވެސް އެއުރެންގެ ތެރެއިން ވެއެވެ. އަދި އެއުރެން (އެ ޢަހުދަކަށް) އެއްވެސްކަހަލަ ބަދަލެއް ނުގެނެތެވެ."

ﷲ ތަބާރަކަ ވަތަޢަލާވަނީ
އެންމެހާ މުޢުމިނުތަކުންނަށް ތެދުވެރިނަނަށް ވުމަށާއި އަމާނާތްތެރި ބަޔަކަށް ވުމަށް އަމުރު ކުރައްވާފައެވެ. އެގޮތުން ތެދުވެރިވުމަށް ގޮވާލައްވާ ﷲ ވަހީ
ކުރައްވާފައިވަނީ "يَاأَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ
" (التوبة
119 ) މާނައީ: "އޭ
އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރި ވާށެވެ! އަދި
ތެދުވެރިންނާ އެކުގައި، ތިޔަބައިމީހުން ވާށެވެ!" އަދި އަމާނާތްތެރިވުމަށް ގޮވާލާ އައްނިސާ
ސޫރަތުގެ 58 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައި ވަނީ: إِنَّ اللّهَ يَأْمُرُكُمْ أَن تُؤدُّواْ الأَمَانَاتِ
إِلَى أَهْلِهَا وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُواْ بِالْعَدْلِ
إِنَّ اللّهَ نِعِمَّا يَعِظُكُم بِهِ إِنَّ اللّهَ كَانَ سَمِيعًا بَصِيرًا
މާނައަކީ: ''ހަމަކަށަވަރުން
އަމާނާތްތައް އޭގެ ވެރިންނަށް އަދާކޮށް ރައްދުކުރުމަށް، މާތް ﷲ ތިޔަބައި
މީހުންނަށް އަމުރު ކުރައްވައެވެ. އަދި މީސްތަކުންގެ މެދުގައި ތިޔަބައި މީހުން
ޙުކުމް ކުރާނަމަ، ޢަދުލަށް އިންސާފަށް ޙުކުމް ކުރުމަށް ވެސް އަމުރު
ކުރައްވައެވެ.''
އަދި ކީރިތި ރަސޫލު ޞައްލަﷲ
ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައި ވަނީ:
أَدِّ الْأَمَانَةَ إِلَى مَنْ ائْتَمَنَكَ وَلَا تَخُنْ مَنْ خَانَكَ މާނައަކީ:
''ތިބާއާ އަމާނާތެއް ހަވާލު ކުރި މީހަކަށް އެ އަމާނާތް ރައްދުކުރާށެވެ. އަދި
ތިބާއަށް ޚިޔާނާތްތެރިވި މީހަކަށް ޚިޔާނާތްތެރި ނުވާށެވެ.'' (ރިވާކުރެއްވީ
އަބޫދާއޫދު: ގަނެވިއްކުމުގެ ފޮތް)
ޤިޔާމަތްދުވަހުން ނަޞީބާއި ނަޞްރާއި ކާމިޔާބު ގުޅިފައިވަނީ ތެދުވެރިކަމާއެވެ.
ތެދުވެރިކަމުގެ މާތްކަމާއި، ޤިޔާމަތް ދުވަހުގައި ތެދުވެރިންގެ ދަރަޖަ މަތިވެރިވެގެންވާކަމާއި، އަދި އެދުވަހުގައި ފައިދާއެއް ކުރާނީ ތެދުވެރިންގެ ތެދުވެރިކަމުންކަމުގަވެސްވަނީ އަންގަވާފައެވެ. "قَالَ اللَّهُ هَذَا يَوْمُ يَنفَعُ الصَّادِقِينَ صِدْقُهُمْ لَهُمْ جَنَّاتٌ تَجْرِي مِنْ تَحْتِهَا الْأَنهَارُ خَالِدِينَ فِيهَا أَبَدًا رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ ذَلِكَ الْفَوْزُ الْعَظِيمُ " (المائدة 119) މާނައީ: "ﷲ ވަޙީކުރައްވާނެތެވެ. މިއީ، ތެދުވެރިންނަށް، އެއުރެންގެ ތެދުވެރިކަން، މަންފާކޮށްދޭނޭ ދުވަހެވެ. އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެއުރެންނަށް ހުއްޓެވެ. އެ ސުވަރުގެތަކުގައި، އެއުރެން އަބަދަށް ދެމިތިބޭ ގޮތުގައެވެ. ﷲ، އެއުރެންނަށް ރުހިވޮޑިގެންވެއެވެ. އަދި އެއުރެންވެސް، އެކަލާނގެއަށް ރުހިގެންވެއެވެ. ބޮޑުވެގެންވާ ނަޞީބުލިބުމަކީ އެއީއެވެ."
ހަމައެހެންމެ ކީރިތި ރަސޫލާ صلى الله عليه وسلم ވެސްވަނީ ތެދުވެރިކަމުގެ މައްޗަށް ނުހަނު ބާރުއަޅުއްވާފައެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. « عَلَيْكُمْ بِالصِّدْقِ فَإِنَّ الصِّدْقَ يَهْدِى إِلَى الْبِرِّ وَإِنَّ الْبِرَّ يَهْدِى إِلَى الْجَنَّةِ وَمَا يَزَالُ الرَّجُلُ يَصْدُقُ وَيَتَحَرَّى الصِّدْقَ حَتَّى يُكْتَبَ عِنْدَ اللَّهِ صِدِّيقًا وَإِيَّاكُمْ وَالْكَذِبَ فَإِنَّ الْكَذِبَ يَهْدِى إِلَى الْفُجُورِ وَإِنَّ الْفُجُورَ يَهْدِى إِلَى النَّارِ وَمَا يَزَالُ الرَّجُلُ يَكْذِبُ وَيَتَحَرَّى الْكَذِبَ حَتَّى يُكْتَبَ عِنْدَ اللَّهِ كَذَّابًا » رواه مسلم
މާނައީ: "ތިޔަބައިމީހުން ތެދުބުނުމަށް ސަމާލުވާށެވެ. ފަހެ ހަމަކަށަވަރުން ތެދުވެރިކަން މަގުދައްކަނީ ހެޔޮކަމަށެވެ. އަދި ހެޔޮކަން މަގުދައްކަނީ ސުވަރުގެއަށެވެ. އަދި މާތް ﷲ ގެ ޙަޟުރަތުގައި ޞިއްދީޤަކު (ތެދުވެރިއަކު) ކަމުގައި ލިޔުއްވެންދެން މީހަކު ތެދުބުނުމަށް މަސައްކަތްކޮށް ތެދުބުނުމުގައި ދެމިހުރެއެވެ. އަދި ތިޔަބައިމީހުން ދޮގުހެދުމުން އެއްކިބާވެ ރައްކާތެރިވާށެވެ! ދޮގުވެރިކަން މަގުދައްކަނީ ފާޖިރުކަމަށެވެ. ފާޖިރުކަން މަގުދައްކަނީ ނަރަކައިގެ އަލިފާނަށެވެ. އަދި މާތް ﷲ ގެ ޙަޟުރަތުގައި ކައްޒާބަކު (ދޮގުވެރިއަކު) ކަމުގައި ލިޔުއްވެންދެން މީހަކު ދޮގު ހަދައި ދޮގުހެދުމަށް މަސައްކަތްކުރެތެވެ."

ސުވަރުގެ ވަންތަވެރިންގެ ސިފަތައް
ބަޔާންކުރައްވާ ﷲ ވަހީކުރައްވާފައި ވަނީ وَالَّذِينَ هُمْ
لِأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ (8) وَالَّذِينَ هُمْ عَلَى صَلَوَاتِهِمْ
يُحَافِظُونَ (9) أُوْلَئِكَ هُمُ الْوَارِثُونَ (10)
މާނައަކީ : ''އަދި، އެ މީހުންނީ،
އެ މީހުންގެ އަމާނާތްތަކަށާއި އަދި އެބައި މީހުންގެ ޢަހުދުތަކަށް ރައްކާތެރިވާ
މީހުންނެވެ. * އަދި އެ މީހުންނީ، އެ މީހުންގެ ނަމާދުތަކުގެ މައްޗަށް ރައްކާތެރިވާ
މީހުންނެވެ. * ވާރުތަވާ މީހުންނަކީ ހަމަ އެބައި މީހުންނެވެ. *
އަމާނާތަށް ހިޔާނާތްތެރިވުމަކީ
މުނާފިޤުންގެ ސިފައެއް ކަމަށް ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް
ކުރައްވާފައިވެއެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައި
ވަނީ: آيَةُ الْمُنَافِقِ ثَلَاثٌ إِذَا حَدَّثَ كَذَبَ
وَإِذَا اؤْتُمِنَ خَانَ وَإِذَا وَعَدَ أَخْلَفَ
މާނައަކީ: ''މުނާފިޤުންގެ
ޢަލާމާތް ތިނެކެވެ. އޭނާ ވާހަކަ ދައްކައިފިނަމަ ދޮގު ހަދައެވެ. އަދި އޭނާއާ އަމާނާތެއް
ހަވާލު ކުރެވިއްޖެނަމަ ޚިޔާނާތްތެރިވެއެވެ. އަދި އޭނާ ވަޢްދެއް ކޮށްފިނަމަ
ވަޢްދާއި ޚިލާފުވެއެވެ.'' (ރިވާ ކުރެއްވީ: އަލްބުޚާރީ އަދި މުސްލިމް)
ވީމާ މިސިފައާއި ދުރަށް ދާން އެންމެ
ފުރަތަމަ ވެސް ކުރަންވީ ކަމަކީ އަމާނާތްތެރި މީހަކަށް ވުމެވެ. އެހެންކަމުން
އަޅުގަނޑުމެން އެންމެންނަކީވެސް ތެދުވެރި އަމާނާތްތެރިނަށްވާން މަސައްކަތް
ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަޅުގަނޑުގެ ދުޢާއަކީ ﷲ ތަބާރަކަ ވަތަޢަލާ
އަޅަމެންނަކީ ތެދުވެރި އަމާނާތްތެރި ބައެއްގެ ގޮތުގައި އަބަދުމެ ލެހެއެއްޓުމެވެ. އާމީން
No comments:
Post a Comment