22 May 2011

ދިވެހިރާއްޖޭގެ ސުކޫލުތަކުގެ ދަރިވަރުންގެ އަޚްލާޤު ގޯސްވުމުގެ ސަބަބުތަކަކީ ކޮބައި؟ މިމައްސަލައަށް އޮތް ޙައްލަކީ ކޮބައި؟ (ފަހު ބައި)


ތަރުބަވީ ފަރާތްތަކުގެ ހައިސިއްޔަތުން
ކިޔަވާކުއްޖާ ވަރަށް ގިނަވަގުތު ސުކޫލުގައި ހޭދަކުރެއެވެ. މިގޮތުން ސުކޫލުގައި އުޅޭ ވަގުތަކީވެސް އެކުއްޖާގެ ތަރުބިއްޔަތަށް ވަރަށް މުހިންމު ވަގުތެކެވެ. އެހޭދަކުރާ ކޮންމެ ސިކުންތަކީ ނުވަތަ ކޮންމެ މިނެޓަކީ، ކުއްޖާއަށް އިސްލާހީ ބަދަލެއް ގެނުވާ ވަގުތަކަށް ހެދުމަކީ ބޭނުންތެރިކަމެކެވެ. އެފަދައިން ކުއްޖާގެ ކިބާގައި ރިވެތި ސިފަތައް ގެންނަން ބޭނުންނަމަ ކުރަންޖެހޭ އަދި ކުރެވިދާނެ ވަރަށް ގިނަކަންކަން އެބަހުއްޓެވެ.

އެގޮތުން ޓީޗަރުންނަށް ކުރެވިދާނެ ކަންކަން ކަމުގައި ބައެއް ބެލެނިވެރިންނާއި މުދައްރިސުން ފާހަގަކުރި ކަންކަން ތިރީގައި އެވަނީއެވެ.
1.     "ދަރިވަރުންނާއި ގުޅުން ހުރި ގޮތަށް ހެދިފައިވާ އުސޫލުތަކާއި ގާވާއިދުތަކަށް ތަންފީޒްކުރަމަށްޓަކައި ސަރުކާރާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން."[1] މިސާލަކަށް ރޭގަނޑު 10 ގަޑި 30 ގެ ފަހުން ބެލެނިވެރިޔަކާ އެކުފިޔަވާ ގެއިން ބޭރަށް ނުކުތުން މަނާކުރުން ކަހަލަ ގަވާއިދުތަކަށް އަމަލުނުކުރާ ކުދިންނަށް ކަނޑައެޅިފައިވާ އަދަބުތަކަށް ފިޔަވަޅުތައް ކަނޑައެޅުން.
2.     ބަދުއަހުލާޤު ހިމެނޭ ކަންތައްތަކާ ދޭތެރޭގައިވެސް އެޑިޔުކޭޝަންގެ ގަވާއިގު ތަންފީޒު ކުރެވޭނެ ގޮތެއް ހަމަޖެއްސުން
3.     ސުކޫލުގެ މުދައރިސުންނާއި މުއައްޒަފުންގެ މެދުގައި ހަމަހަމަ ކަން ގާއިމުކޮށްފައިވުން
4.     އިސްލާމީ ރިވެތި އަހުލާގާއި ސުލޫކީ މިންގަޑު ފެތުރުމަށް މަސައްކަތް ކުރުން މިސާލަކަށް ނަމާދުވަގުތު އިތުރު ކަމެއް ރާވައި ނުހިންގުން
5.     މީހުންނަށް އިހުތިރާމްކުރުމއި އަޅާލުމާއި އޯގާތެރިވުމުގެ ރީތި ސިފަތައް ދަރިވަރުންނާއި މުދައްރިސުންނާއި މުއައްޒަފުން އަހުލުވެރި ކުރުވުން. އެމީހަކަށް ދޭންޖެހޭ އިހުތިރާމާއި ގަދަރު ދިނުން
6.     އިސްލާމީ ރިވެތި އަދަބުތަކާއި ހިލާފުކަންތައްތައް ފެންނަކަމަށް ވާނަމަ އެކަން ރެކޯޑިން ރަނގަޅަށް ބެލެހެއްޓުން މިސާލަކަށް ދޮގު ހެދުން ކަހަލަ މަކަރު ހެދުންކަހަލަ ކަންކަން
7.     ނަމޫނާއަކަށްވުން ( ނަމޫނާ ދެއްކުން ).  " މިސާލަކަށް ސުކޫލުދަރިވަރުންނަށް ހުކުރުދުވަހު 12ގެ ކުރިން ހުކުރަށް ދިޔުންފަދަ ކަންކަން ކުރުން."[2]  އެކަލޭގެފާނުން މުންކަރާތްތައް މަނާކުރައްވަނީ އެކަމުން ދުރުހެލިވެ ހުންނަވައެވެ. އަދި މިއީ އިސްލާމްދީނުގެ އެންމެފުރަތަމަ އެދުރު ކައުއިތުރު ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައި ވައްސަލަމަގެ ސުންނަތުން ސާބިތުވާ އެކަލޭގެފާނު ކަންކުރެއްވި ގޮތެވެ.
8.     "ސުކޫލުގައި ހެދިފައިވާ ގަވާއިދުތަކުގެ ތެރެއިން ސުކޫލުގެ ދަރިވަރުންނާއި ގުޅުންހުރި ގަވާއިދުތައް ތަންފީޒް ކުރުން."[3]
ޢިޖުތިމާއީ ގޮތުން
1.     "ހަފްތާއަކު ދެރޭ ނުވަތަ ތިން ރޭ ދަރުސް ދިނުން"[4]
2.     "ސުކޫލުތަކުން ކުޅޭ ބައެއް ދައުރުތަކަށް ޖަމިއްޔާތަކުގެ އެހީދިނުން."[5] މިސާލަކަށް ނަސޭހަތް ދިނުމުގެ ޖަލްސާއެއް ބޭއްވުން
3.     ރަށުތެރޭގައި ކިޔަވެމުކަށް ދޭ ސަމާލުކަން ބަލައި އޮބޒާރވް ކުރުން
4.     "އިތުރު މައްސައްކަތްތައް ދަސްކޮށްދީ އެކަންކަމުގައި އަހުލުވެރި ކުރުން. މިސާލަކަށް ކޭކު އެޅުމުގެ ކޯހެއް ނުވަތަ ފެހުމުގެ ކޯހެއް ހިންގުން"[6]
އަޅުގަނޑުމެން އުއްމީދުކުރަނީ، އިސްވެދިޔަ ވާހަކަތަކުގެ އަލީގައި، ދިވެހިރާއްޖޭގެ ސުކޫލުތަކުގެ ދަރިވަރުންގެ އަޚްލާޤް ގޯސްވުމަށް މެދުވެރިވާ ބައެއް ސަބަބުތައް ވިސްނިވަޑައިގަންނަވާނެ ކަމަށެވެ. އަދި ހަމައެހެންމެ އަޚްލާޤީ މައްސަލަތައް ދެނެގަނެ އިސްވެ ދެންނެވި ކަންތައްތަކަށް ރިއާޔަތް ކުރެވިއްޖެނަމަ މިމައްސަލައަށް ކޮންމެވެސް މިންވަރެއްގެ ޙައްލެއް ގެނެވިދާނެކަމަށެވެ. 
 ނޯޓް: ނިމުނީ







[1]  ބިލެއްދޫ ސުކޫލުގެ އިސްލާމް މުދައްރިސް ޖައުފަރ ހަމީދުގެ ބަސްދީގަތުމުގެ ތެރެއިން.
[2]  ފ. ނިލަންދޫ ސުކޫލުގެ ޑެޕިއުޓީ ޕުރިންސިޕަލް އަލްފާޟިލް އިބުރާހިމް ފަރީދު ގެ ބަސްދީގަތުމުގެ ތެރެއިން
[3]  ހިރިޔާ ސުކޫލްގެ ޕުރިންސިޕަލް ޢަލީ ނާޒިމް ބަސްދީގަތުމުގެ ތެރެއިން
[4]  ކަލާފާން ސުކޫލުގައި ކިޔާވާދަރިވަރެއްގެ ބެލެނިވެރިއެއްގެ  އަދި އަމީނިއްޔާ ސުކޫލުގެ ދަރިވަރެއްގެ ބެލެނިވެރއެއްގެ ބަސްދީގަތުމުގެ ތެރެއިން
[5]  ފ. ނިލަންދޫ ސުކޫލުގެ ޑެޕިއުޓީ ޕުރިންސިޕަލް އަލްފާޟިލް އިބުރާހިމް ފަރީދު ގެ ބަސްދީގަތުމުގެ ތެރެއިން
[6] ފ. ނިލަންދޫ ސުކޫލުގެ ޑެޕިއުޓީ ޕުރިންސިޕަލް އަލްފަޟިލް އިބުރާހިމް ފަރީދުގެ ބަސްދީގަތުމުގެ ތެރެއިން

No comments:

Post a Comment