26 May 2011

ކިޔަވާދިނުމުގައި ގިނަ މުދައްރިސުން ޒަމާނީ ވަސީލަތްތައް ބޭނުން ނުކުރަނީ ކީއްވެގެންތޯއެވެ؟



ދުވަސްތައް ހަފްތާތަކަށް، އަދި ހަފްތާތައް މަސްތަކަށް އަދި މަސްތައް އަހަރުތަކަށް ބަދަލުވެ ޒަމާންތައް ދައުރުވަމުން މިހެރަދަނީއެވެ. ހަމައެކަނި ޒަމާންތައް ދައުރުވެގެން ދަނީކީ ނޫނެވެ. ހޭދަވަމުން ނިމެމުން މިދާ ކޮންމެ ވަގުތުތަކެއްގައި އިންސާނުންނަށް އެތައް ބަދަލުތަކެއް އަންމުންދެއެވެ. އުފާވެރިކަންކަމާއި ހިތާމަވެރިކަންކަމާއި ކުރިމަތިލާން ޖެހިދެއެވެ.
ހަމައެގޮތަށް އައު އެތަކެއް ތަޖުރިބާތަކަކާއި ކުރިމަތިލާން ޖެހެއެވެ. އަދި ހަމައެހެންމެ އައު ޓެކްނޮލަޖީތައް މިދަނީ ތަޢަރަފް ވަމުންނެވެ. ކުރުކޮށް ބުނާނަމަ ޒަމާންތަކަށް އަންނަމުން ދިޔަ ބަދަލުތަކާއެކު އިންސާނާގެ ވިސްނުންވަނީ ތަރައްގިވެފައެވެ. އެހެންކަމުން  ތަރުބަވީ ފަރާތްތައްވެސް ޓެކްނޮލޮޖީތަކަށް އަހްލުވެރިވާން ޖެހެއެވެ.
ދަންނަވާލަން މިއުޅެނީ އުނގެމަށްޓަކައި އެދުރުދާތައާއި އެދުރުބެ ގެއަށް ގޮސް ގޭގެ މަސައްކަތްތައް ކޮށްގެން ކިޔެވި ދުވަސް ވަނީ މަޒީގެ ޞަފްހާތަކެއްގެ ގޮތުގައި ލިޔެވިފައެވެ. ފިލާވަޅެއް ދަސްނުވުމުން ކިޔަވާކުދިން ބޮލިބަހައްޓާ ނާށިފަތި އެޅުވި ދުވަސް ނިމިހިނގައްޖެއެވެ. ސުކޫލުތަކުގެ ކިޔަވާދެއްވާ މުދައްރިސުން ހިތުހުރި އަދަބެއް ދަރިވަރުންނަށް ދީގެން ބިރުދައްކާގެން ފިލާވަޅު ދަސްކުރުވި ދުވަސްވެސް މަޒީގެ ފުންކަނޑަށް ގަރަގުވެގެން ހިނގައްޖެއެވެ. އިސްވެ ދެންނެވި ގޮތްގޮތަށް ކިޔެވި ޒަމާނުގައި، ކިޔެވި ބޭބޭފުޅުން އަދިވެސް މިދުނިޔޭގައި ތިބޭނެކަން ޔަޤީނެވެ. ހަމަގައިމުވެ ޔަޤީންވާ އެއްކަމެއް އެބައޮތެވެ. އެއީ އެބޭބޭފުޅުންނަށް ނަފްސާނީގޮތުން ގެއްލުންތަކެއް ސީދާކޮންނާއި ނުސީދާކޮށް ލިބޭނޭކަމެވެ.
އެހެންނަމަވެސް އަދިވެސް ހަމައެކަނި ތާރީޚީ ވަހާކަތަކަކަށް ނުވާ އެއްކަމެއް އެބައޮތެވެ. އެއީތޯއެވެ. މުދަރިސްމީހާ ކުލާހަށް އައިސް އަނގަތަޅަތަޅާފާއި، ބޯޑުގައި ކޮންމެވެސް އެއްޗެއް ލިޔެފައި ނުވަތަ ކުރުހާލާފައި ދާ ދިޔުމެވެ. ޓެކްނޮލްޖީގޮތުން މިހާ ބޮޑަށް ކުރިއަރާފައިވާ ޒަމާނެއްގައި މިގޮތަށް ކިޔަވާދީގެން ކުދިންނަށް މާބޮޑު އަސަރެއް ނުކުރާނެވެ. ދަރިވަރުން ޝަޢުގުވެރިވާފަދަ ގޮތްތައް ބޭނުންނުކޮށް ކިޔަވާދިނުމުން ގިނަ ދަރިވަރުންނަށް މާބޮޑުއެއްޗެއް ދަހެއްނުވާނެއެވެ. އޭގެ ބަދަލުގައި ގެއްލިގެން މިދަނީ ވަގުތުތަކެކެވެ. ފަސޭހައިން ދަރިވަރުން ހަނދާނުގައި ހުންނާނެފަދަ ކިޔަވާދޭ ފިލާވަޅާ ގުޅޭ ވަސީލަތެއް ބޭނުންކޮށްގެން ކިޔަވާދޭނަމަ ދަރިވަރުންނަށް ތަކެތި އުނގަންނާ ދޭން ފަސޭހަވާނެއެވެ. ތަރުބަވީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބުނާގޮތުންނަމަ ދަރިވަރުންނަށް ފަސޭހައިން ދަސްވާނީ ނުވަތަ ވިސްނޭނީ އެކުދީންގެ ހިއްސުތައް ބޭނުންކޮށްގެން ކިޔަވާދީގެންނެވެ. އެއްވެސް ހާލެއްގައި މިއުޅެނީ އަޅުގަނޑުމެންގެ ލޮބުވެތި މުދައްރިސުން ކިޔަވާދިން ގޮތްތަކަށް ފާޑިކިޔާ އެބޭފުޅުންގެ ހިދުމަތްތަކުގެ އަގުވައްޓާލާކަށް ނޫނެވެ. މިއީ ހާއްޞަގޮތެއްގައި މިހާރުގެ ޓުރައިންޑް ޓީޗަރުންނަށް އާއްމުކޮށް ހުރިހާ ޓީޗަރުންނަށް އަމާޒުކޮށްގެން ބުނާ އެއްޗެއްކަމަށް ދެކޭށެވެ.
ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވާދިމުގެ ދާއިރާއަށް ލިބޭ ތަރުބަވީ ފައިދާތަކަށް ބަޔާންކޮށްލާނަމެވެ. އެއީ މިލިޔުންކިޔާ މުދައްރިސުން މުސްތަގުބަލުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް ބާރުއެމުގެ ގޮތުންނެވެ. އެގޮތުން ފާހަގަކޮށްލެވޭ ތަރުބަވީ ފައިދާތަކަކީ މުދައްރިސާއި ދަރިވަރާއި އޮންނަ ގުޅުން ބަދަހިވެ ތަރުބަވީ މަސައްކަތުން ލިބޭ މަންފާއިތުރުވުމާއި، ތަޢުލީމީ ވަސީލަތްތަކަށް ހެޔޮބަދުލުތައްއައިސް އޭގެބޭނުން ފުރިހަމަގޮތުގައި ހިފުމާއި، ކިޔަވާދިނުމުގައި އެކިހިއްސުތައް ބޭނުންކޮށްގެން ކިޔަވާ ދިނުމުގެ ސަބަބުން ދަރިވަރުންގެ ކުޅަދާނަކަން އިތުރުވެގެންދިޔުން ހިމެނެއެވެ. މީގެ އިތުރުން އުފެއްދުންތެރިކަމާއި އަމަލީ ފިކުރު ފުޅާކުރުމުގެ ކުޅަދާނަކަން ދިވަރަށް ލުބުމާއި، ތަޖުރިބާއާއި އަމިއްލަމަސައްކަތުން ހޯދި މަޢުލޫމާތުގެ ދަރިވަރުންގެ ހިތުގައި ބިންވަޅު ނެގުމާއި ވަގުތާ ނަފާގާ އިތުވުން ހިމެނެއެވެ. ހަމަ އެބީދައިން މުދައްރިސްގެ ހައިރާތު ( ކުޅަދާނަކަން ) ދަރިވަރާހަމައަށް ފޯރުކޮށް ދިނުމުގެ ފެންވަރު ރަނގަޅުކަން ފާހަގަކޮށްލެވެއެވެ.
 ބައެއް ތަރުބަވީ ފަރާތްތަކުން ފަހާގަކުރާގޮތުގައި ކުދިންގެ ނަތީޖާ ދަށްވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކިޔަވާދިނުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވާ ނުދިނުމާއި ދަރިވަރު ފިލާވަޅަށް ސަމާލުކަން އިތުރު ނުކޮށް ޝައުގުވެރިވާނެ ގޮތްތައް ބޭނުން ނުކޮށް ކިޔަވާދިނުން ފާހަގަކުރެއެވެ.
އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑާއި ކިޔަވާދިނުމުގެދާއިރާގައި ބޭނުންކުރާ ފަރާތްތަކަކީ ކިޔަވާދިނުމުގެ ދާއިރާގައި ބޭނުނުކުރާ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެ ކިޔަވާދީ ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުގެ އަލީގައި ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި ދެމިތިބެ އޮގޮތުގައި ކުރިއަށް ދާ ބަޔަކު ކަމުގައި ﷲ ލެއްވުމެވެ.

No comments:

Post a Comment