ޖަޒީރާ ރަށްތަކެއްގެ މައްޗަށް ބިނާވެފައިވާ މިދިވެހި ރާއްޖެއަކީ، ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ ގަޢުމެކޭ މިބުނަނީ ވަރަށް ވެސް ކެރި ހުރެގެންނެވެ. މިގަޢުމުގެ ގާނޫނު އަސާސީ ބުނާގޮތުން މިޤައުމުގެ ރައްޔިތަކަށް ވަނީ، މުސްލިމަކަށް ވެގެންނެވެ އެހެން ނޫންނަމަ، އޭނަ ދިވެހި ބަހުން ވާހަކަ ދައްކާ، މީހަކަށް ވިޔަސް، އަދި ދިވެއްސެއްގެ ދަރިއަކަށް ވިޔަސް އެއީ ދިވެއްސެކޭ ނުބުނާނެވެ.
އެހެންނަމަވެސް ހިތާމައަކީ، އަޅުގަނޑުމެންގެ ތެރޭގައި ފާސިޤު ޢަމަލުތައް ގިނަވުމެވެ. އިސްލާމް ދީނާއި ތަޢަރަޒްވާ ޢަމަލުތަކެއް، އަޅުގަނޑުމެންނަށް ނޭނގި، ނުވަތަ ގަސްތުގައި ހިންގަމުންދާ ކަމެވެ. މީގެ ތެރޭގައި، ވައްކަން ކުރުމާއި ޒިނޭ ކުރުމާއި، މަޤުފޭރުމާއި، ދޮގު ހުވާ ކުރުން ފަދަ އިންސާނިޔަތާ ހިލާފު އެތައް ޢަމަލުތަކެއް ހިމެނެއެވެ.
އެހެންނަމަވެސް ހިތާމައަކީ، އަޅުގަނޑުމެންގެ ތެރޭގައި ފާސިޤު ޢަމަލުތައް ގިނަވުމެވެ. އިސްލާމް ދީނާއި ތަޢަރަޒްވާ ޢަމަލުތަކެއް، އަޅުގަނޑުމެންނަށް ނޭނގި، ނުވަތަ ގަސްތުގައި ހިންގަމުންދާ ކަމެވެ. މީގެ ތެރޭގައި، ވައްކަން ކުރުމާއި ޒިނޭ ކުރުމާއި، މަޤުފޭރުމާއި، ދޮގު ހުވާ ކުރުން ފަދަ އިންސާނިޔަތާ ހިލާފު އެތައް ޢަމަލުތަކެއް ހިމެނެއެވެ.
އެގޮތުން މިފަހަރު ބަލައިލާނީ ، ޒިނޭއާ ބެހޭގޮތުންނެވެ. ފިރިހެނާ އޭނާއަށް ހަލާލު ނޫން އަންހެނަކާއެކު ޖިމާޢުވުމަކީ ބޮޑުވެގެންވާ ފާފަތަކުގެ ތެރެއިން ހިމެނޭ ޙަރާމް ކަމެކެވެ. ސޫރަތުލް ފުރްޤާންގެ 68-69 ގައި މާތް ﷲ ވަހީ ކުރައްވާފައިވެއެވެ.: وَالَّذِينَ لَا يَدْعُونَ مَعَ اللَّهِ إِلَهاً آخَرَ وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَلَا يَزْنُونَ وَمَن يَفْعَلْ ذَلِكَ يَلْقَ أَثَاماً * يُضَاعَفْ لَهُ الْعَذَابُ يَوْمَ الْقِيَامَةِ وَيَخْلُدْ فِيهِ مُهَاناً *
މާނައަކީ: ''އަދި އެބައި މީހުންނަކީ މާތް ﷲ އާ އެކު އެހެން އިލާހަކަށް އަޅުކަންކޮށް ގޮވާ ނަހަދާ މީހުންނެވެ. އަދި މާތް ﷲ ހުރުމަތްތެރި ކުރައްވާފައިވާ ފުރާނައެއް ޙައްޤު ގޮތެއްގައި ނޫނީ ޤަތުލު ނުކުރާ މީހުންނެވެ. އަދި ޒިނޭ ނުކުރާ މީހުންނެވެ. އެއިން ކަމެއް ކޮށްފި މީހާ އެކަމުގެ ޢުޤޫބާތާއި ބައްދަލު ކުރާނެއެވެ. * އެ މީހަކަށް ޤިޔާމަތް ދުވަހު، ޢަޛާބު ދެގުނައަށް އިތުރު ވެގެން ދާނެއެވެ. އަދި އިހާނަތިކަން ލިބި ނިކަމެތި ކުރެވިގެންވާ ހާލު އެ ޢަޛާބު ތެރޭގައި އެ މީހަކު ދެމިހުންނާނެއެވެ. * "
ޒިނޭ ޙަރާމް ކުރެއްވި ވާހަކަ ބަޔާން ކުރައްވާ الإسراء:32 ގައި ﷲ ވަޙީ ކުރައްވާފައި ވެއެވެ. وَلا تَقْرَبُوا الزِّنَى إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلاً މާނައީ: " އަދި ތިޔަބައި މީހުން ޒިނޭއާއި ގާތް ނުވާށެވެ! ހަމަކަށަވަރުން އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކަމުގައި ވެއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ."
މާތް ނަބިއްޔާ ހަދީޘް ކުރައްވާފައިވެއެވެ. {إياكم والزنا فإن فيه ستة خصال ثلاث في الدنيا وثلاث في الآخرة ، فأما التى فى الدنيا فذهاب البهاء ، ودوام الفقر ، وقصر العمر ، وأما التى فى الآخرة فسخط الله تعالى، وسوء الحساب والخلود فى النار } رواه أبو حذيفة بن اليمان رضي الله تعالى عنه.
މާނައީ "ތިޔަބައިމީހުން ޒިނޭކުރުމުން ރައްކާތެރިވާށެވެ! ފަހެ އެކަމުގައި ހަ ސިފައެއް ވެއެވެ. ތިންކަމެއްވަނީ ދުނިޔޭގައެވެ. އަނެއް ތިންކަން އާޚިރަތުގައެވެ. ދުނިޔޭގައިވާ ކަންކަމަކީ، މޫނުގެ އުޖާލާކަން ދިއުމާއި ފަޤީރުކަން ދެމިގެން ދިއުމާއި އުމުރު ކުރުވުމެވެ. އާޚިރަތުގައިވާ ކަންކަމަކީ ކީރިތި ﷲ ގެ ކޯފާއާއި ހިސާބު އުނިވުމާއި ދާއިމަށް ނަރަކާގައި ދެމިތިބުމެވެ."
އަޅުގަނޑުމެންނަށް ، އިސްވެދިޔަ ދަލީލުތަކުން އެނގި ބަޔާންވެގެން އެދިޔައީ، ޒިނޭގެ ކުރާ މީހުންނަށް ހުރި ނުރައްކާތަކުގެ ވާހަކައެވެ. ދެން އަޅުގަނޑު ބަލައިލެވޭތޯ މިއުޅެނީ ޒިނޭ ޙަރާމް ކުރެއްވުމުގެ ބައެއް ޙިކުމަތްތައް ބަޔާން ކޮށްދެވޭތޯއެވެ.
ޒިނޭކުރުމަކީ ރިވެތި އަޙްލާޤާއި ޝަރަފްވެރިކަމާއި މާތްކަމާއިދެކޮޅަށް ކުރެވޭ އިންސާނިއްޔަތާ ޚިލާފް ބޮޑު ޖަރީމާކެވެ. ޒިނޭގެ ސަބަބުން މުޖުތަމަޢުގެ ބިނާ ހަލާކުވެގެން ދެއެވެ. އަބުރުވެރި އިއްފަތްތެރި އަދި ހަރުދަނާ ޖީލެއް ބިނާކުރުމަށް ހުރަސް އަޅައެވެ. އަދި މުޖުތަމަޢުގައި ތަފާތު ބަލިތައް ފެތުރި ﷲ ގެ ކޯފާއަށް ހުށަހެޅިގަނެއެވެ.
ޢާއިލާތައް ރޫޅި ނަސަބު އޮޅުން ބޮޅުން ވެއެވެ. އަދި އޭގެ ސަބަބުން ކައިވެނީގެ ޙަޔާތް ފުނޑުފުނޑުވެ ދަރީންނަށް އެކަށީގެންވާ ތަރުބިއްޔަތު ނުދެވި އެކުދިން ހަލާކުވެގެން ދެއެވެ. އިސްލާމް ދީނުގައި ޒިނޭ ޙަރާމް ކުރައްވާފައިވަނީ އިސްވެ ބަޔާން ކުރެވިދިޔަ ކަންތައްތަކުން މި މުޖުތަމަޢު ސަލާމަތް ކުރުމަށްޓަކައެވެ.
އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުގެ މިލިޔުން ކޮޅު ކިޔާ ކޮންމެ މީހަކުވެސް މިނުރައްކާތެރި ޖަރީމާއިން ސަލާމަތްވެ، އެންމެހާ މުސްލިމުންނަށް މިނުރައްކަލުން ސަލާމަތް ވުމުގެ ހެޔޮތަޢުފީޤް ﷲ މެދުވެރި ކޮށްދެއްވުމެވެ. އާމީން!
No comments:
Post a Comment