08 October 2010

މުޢުމިނުންގެ ހިތުގައި މާތް ﷲ ޞުބުޙާނަޙޫ ވަތަޢަލާ އަށް އޮންނަން ޖެހޭ ލޯބި 3

-->
ލިޔުނީ އަޙްމަދު ޢާޞިމް/ އުންމީދު ހއ. އިހަވަންދޫ
  4.    ﷲ އަށް ލޯބިކުރާ މީހާ  ޤުރުއާނަށާއި ރަސޫލާގެ ސުންނަތަށް ލޯބިކުރާނެއެވެ.
 ﷲ އަށާއި އެކަލާނގެ ރަސޫލާ މުޙައްމަދު ރަސޫލުﷲ صلى الله عليه وسلم   އަށް ލޯބިކުރުމަކީ ﷲ ޞުބުޙާނަހޫ ވަތަޢަލާ ޖިބުރީލުގެފާނު މެދުވެރިކުރައްވާ ކައުއިތުރު ރަސޫލާގެ މައްޗަށް ބާވާލެއްވި އެކަލާނގެ ފޮތަކީ ހައްޤު ފޮތެއްކަން ގަބޫލުކުރުމެވެ. މާތްﷲ سُورَةُ آلِ عِمْرَان 03-04 ވަހީ ކުރައްވަނީ  نَزَّلَ عَلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِمَا بَيْنَ يَدَيْهِ وَأَنْزَلَ التَّوْرَاةَ وَالْإِنْجِيلَ (3) مِنْ قَبْلُ هُدًى لِلنَّاسِ وَأَنْزَلَ الْفُرْقَانَ إِنَّ الَّذِينَ كَفَرُوا بِآَيَاتِ اللَّهِ لَهُمْ عَذَابٌ شَدِيدٌ وَاللَّهُ عَزِيزٌ ذُو انْتِقَامٍ (4(" އޭ ރަސޫލާއެވެ! އެކަލާނގެ ކަލޭގެފާނަށް ޙައްޤު ގޮތުގައި ޤުރްއާން ބާވައިލެއްވީ އޭގެ ކުރިން ބާވައިލެއްވި ފޮތްތައް ތެދުކުރަނިވި ފޮތެއްގެ ގޮތުގައެވެ. އަދި ޤުރްއާން ބާވައިލެއްވުމުގެ ކުރީގައި ތައުރާތާއި އިންޖީލު ބާވައިލެއްވީވެސް މީސްތަކުންނަށް ތެދުމަގު ދެއްކެވުމުގެ ގޮތުންނެވެ. އަދި ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި ފޮތްކަމުގައިވާ ޤުރުއާން ބާވައިލެއްވިއެވެ. ހަމަކަށަވަރުން ﷲ ބާވައިލެއްވި އާޔަތްތަށް ދޮގުކުޅަމީހުން ދަންނާށެވެ! ޤިޔާމަތްދުވަހު އެބައިމީހުންނަށް ބޮޑުވެގެންވާ ޢަޛާބު ހުއްޓެވެ. ﷲއީ ޢަޛާބު ދެއްވުމުގައި ނުހަނު ގަދަފަދަ ވަންތަ ރަސްކަލާނގެއެވެ." އެހެންކަމުން ﷲގެ ރުހިވޮޑިގަތުން ލިބޭނީ ކީރިތި ރަސޫލާއަށް ދެއްވި އެންމެ ބޮޑު މުޢުޖިޒާ ގަބޫލު ކޮށްގެންނެވެ.(މިމަޢުޟޫގެ ދަށުން މަތީގައި އައިސްފައިވާ ގުރުއާނާއި ތަރުޖަމާ ނަގާފައި އެވަނީ އަދާލަތު ޑޮޓް އޯގުން).
( މާތް ﷲ ވަނީ މުޙައްމަދުގެފާނު މައްޗަށް ޤުރުއާން ބާވައިލައްވައި، މިއުންމަތުގެ ޤާނޫންކަމުގައި އެޤުރުއާން ކަނޑައަޚުއްވާފައެވެ. އަދި އެއާއެކު އެޤުރުއާނުގެ ޝަރަޙަ ކަމުގައިވާ ރަސޫލާގެ ސުންނަތަށް ތަބާވުމަށް އަންގަވައިފައެވެ. އަލްހަޝުރު ސޫރަތުގެ 7 ވަނަ އާޔަތުގެ މާނާގައި ވަނީ " އަދި ތިޔަބައިމީހުންނަށް ރަސޫލާ ދެއްވި ކޮންމެ އެއްޗެއްގައި ފަހެ ތިޔަބައި މީހުން ހިފަހައްޓާށެވެ. އަދި އެކަލޭގެފާނު ނަހީކުރެއްވި ކަންކަމުން ދުރުވެ ގަންނާށެވެ."
 ރަސޫލުﷲގެފާނު ދުނިޔެ ދޫކުރައްވަމުން މީސްތަކުން އެޅޭނެ ރަނގަޅުމަގު ދައްކުވައި އެމަގުގައި ސާބިތުވެ ތިބެއްޖެނަމަ ދެރަގޮތެއް ނުވާނެކަމަށް އަންގަވާދެއްވިއެވެ. ހަދީޘް ކުރެއްވިއެވެ. " ތިޔަބައި މީހުންގެ ތެރެއިން ދެއެއްޗެއް ދޫކުރެއްވީމެވެ. އެދޭތީގައި ތިޔަބައިމީހުން ހިފަހައްޓައިނަމަ ގެއްލި ހަލާކުވެގެން ނުދާނެއެވެ. އެއީﷲގެ ފޮތުގައި އެކަލާނގެ ރަސޫލާގެ ސުންނަތެވެ.( ތެދުމަގު­- އާފަތިސް ކީރިތި ރަސޫލާއަށް ލޯބިކުރުން މިމަޢުޞޫގެ ދަށުން ލިޔެފައިވާ މަޒުމޫނުން ނަގައިފައި))  
އަށްނިސާޢު ސޫރަތުގެ 59 ވަނަ އާޔަތުގެ މާނައީ " އޭ އީމާންވެއްޖެ މީސްތަކުންނެވެ! ތިޔަބައިމީހުން ﷲއަށް ކިޔަމަން ވާށެވެ. އަދި ރަސޫލާއަށާއި، ތިޔަބައިމީހުނގެ ތެރެއިންވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ ކަމަކާމެދު ތިޔަބައި މީހުން ދެބަސްވެއްޖެނަމަ ﷲއަށާއި ރަސޫލާއަށް އެކަމެއް ހުށައަޅާށެވެ. ( އެބަހީ: ﷲއާއި، އެކަލާނގެ ރަސޫލާގެ ހުކުމް އޮތްގޮތް ބަލައި އެގޮތަށް ޢަމަލު ކުރާށެވެ!) ތިޔަބައިމީހުން ﷲއަށާއި އާހުރަތް ދުވަހަށް އީމާން ވާކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް މާހެޔޮކަން ބޮޑެވެ. އަދި، ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑުމެއެވެ" ( އިސްލާމީ ނިޒާމްގެ މައިގަނޑު ބައިތައް ޞަފުހާ 305 )

No comments:

Post a Comment