09 November 2010

އިހަވަންދޫ ޑީއާރުޕީގެ ފަރާތުން ރަށު ކައުންސިލް އަދި އަތޮޅު ކައުންސިލް އިންތިޚާބަށް ވާދަކުރާ ބޭފުޅުން ހަމަޖެހިފައިވާ ކަމުގެ ޚަބަރު ލިބިއްޖެ

ލިޔުނީ އަޙްމަދު ޢާޞިމް
އިހަވަންދޫ ޑީއާރުޕީ ގޮފީގެ ރައީސް މުޙައްމަދު ސިރާޖާއި ހަވާލާދީ އަޙުމަދު ޞަބާޙް / ހަނދުވަރީނާޒް އިހަވަންދޫ ޑޮޓް ކޮމްގައި ލިޔެފައިވާ ޚަބަރުގައި ވަނީ "އިހަވަންދޫ ރަށު ކައުންސިލް  އަދި އަތޮޅު ކައުންސިލް އިންތިޚާބަށް ވާދަކުރާ ބޭފުޅުން މުޅިން ހަމަޖެހިފައިވާކަމަށެވެ. އަދި ކުރިޔަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޑީއާރުޕީން ވާދަކުރާނެ ބޭފުޅުން ރަސްމީކޮށް އިޢުލާނު ކުރައްވާނެ ކަމަށެވެ."
އިހަވަންދޫ ޑީއާރުޕީގެ ފަރާތުން އިހަވަންދޫ ރަށު ކައުންސިލް އިންތިޚާބަށް ވާދަކުރާ ބޭފުޅުންކަމަށް އިހަވަންދޫ ޑީއާރުޕީ ގޮފީގެ މީޑިޔާކޯޑިނޭޓަރ އަލްފާޟިލް އަޙްމަދު ޞަބާޙް އިހަވަންދޫ ޑޮޓްކޮމްއަށް ލިޔެފައިވާ ޚަބަރުގައިވަނީ
1-              އަލްފާޟިލް މުޙައްމަދު ސިރާޖް / ހިޔަލީބާޢު
2-              އަލްފާޟިލް މުޙައްމަދު ޒާހިރު / ބަގީޗާގެ
3-              އަލްފާޟިލް މުޙައްމަދު އަބުދުލް މުހުސިނު / ވައިލެޓްވިލާ2
4-              އަލްފާޞިލާ ރަޒިއްޔާ އަހުމަދު / ޅޮސްމާގެ
5-              އަލްފާޟިލް އަބުދުލް މަތީނު / ކޮށީތެރޭގެ
އިހަވަންދޫ ޑީއާރުޕީގެ ފަރާތުން އިހަވަންދޫ އަތޮޅު ކައުންސިލް އިންތިޚާބަށް ވާދަކުރާ ބޭފުޅުންކަމަށް އެޚަބަރުގައި ވަނީ
1.     އަލްފާޞިލާ އަޙުމަދު ޖައުޒް / އެރޯމާ
2.     އަލްފާޟިލް ހުސެއިން ޔޫޝައު/ މޫނިމާގެ
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އަދި އަތޮޅު ކައުންސިލް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަޤީން ކަމެއް އެބަ އޮތް ކަމަށް އިހަވަންދޫ ޑީއާރުޕީގެ ގޮފީގެ ރައީސް މުޙައްމަދު ސިރާޖާއި ހަވާލާދީ އިހަވަންދޫ ޑޮޓް ކޮމްގައި ލިޔެފައި ވެއެވެ.

No comments:

Post a Comment