06 April 2011

ހުވާ (الأيمان)

1.    ތަޢުރީފް
ހުވާއަށް ޢަރަބި ބަހުން ކިޔަނީ، الأيمان އެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.[1] "وَلَكِنْ يُؤَاخِذُكُمْ بِمَا عَقَّدْتُمُ الْأَيْمَانَ" މާނައީ "ނަމަވެސް ތިޔަބައިމީހުން މިވެނިކަމެއް ކުރާނެކަމަށް ނުވަތަ ނުކުރާނެކަމަށް ޤަސްދުގައި ކުރާ ހުވަޔާއި ޚިލާފުވެއްޖެނަމަ އެކަމުން ތިޔަބައިމީހުންނަށް ޢަޛާބު ދެވޭ ހުއްޓެވެ."
 الأيمان  މިލަފްޒު މިއީ يمين ގެ ޖަމްޢުއެވެ. ޔަމީނުގެ ލުޣުވީ މާނައަކީ ބާރުގަދަ ބާރެވެ. ޢަރަބިން يمين މިލަފްޒު ކަނާއަތަށްވެސް ބޭނުން ކުރެއެވެ. ހުވައިގެ ނަމުން ޔަމީނަށް ނަންދެވުނީ ޢަރަބިން ހުވައި ކުރާއިރު އެކަކު އަނެއްކެއްގެ ކަނާތުގައި ހިފަހައްޓާގެން ހުވައި ކުރާތީއެވެ. ޢަރަބި ބަހުގައި اليمين، والقسم , والحلف, والايلاء މި ލަފްޒުތައް ބޭނުން ކުރެވެނީ އެއްމާނައެއްގައެވެ.
اليمين ގެ އިސްޠިލާޙީ މަނައަކީ މާތް ﷲގެ އިސްމުފުޅެއް ނުވަތަ ސިފަފުޅެއް ޛިކުރުކޮށް، ކަމެއް ކުރާނެކަމަށް ނުވަތަ ނުކުރާނެކަމަށް ބުނެ، ބަހުގެ ބާރުގަދަ ކުރުމެވެ. ނުވަތަ އަޒުމްވަރުގަދަކުރުމެވެ. ނުވަތަ ކަމެއް ސާބިތުކުރުމެވެ. لا تحلف بأبيك ولا بغير الله ، فإنه من حلف بغير الله فقد أشرك"  [2] މާނައަކީ ﷲ ފިޔަވައި އެހެންފަރާތެއް ގަންދެއްވައި ހުވާކޮށްފިއްޔާ އޭނާ ޝަރީކް ކޮށްފިއެވެ.  އެހެންކަމުން ހުވާ ކުރާއިރު ﷲ ޛިކުރު ނުކޮށް، އެހެން ފަރާތްތަކަށް ނިސްބަތްކޮށް ހުވާ ކުރުމަކީ ހަރާމްކަމެކެވެ.

2.     ހުވާ ޞައްޙަވުމުގެ ޝަރުޠު ތަކާއި އޭގެ ރުކުންތައް

 

 ( މި މައުލޫމު ހޯދި ބައެއް ފޮތްތަކުގެ ތެރޭގައި
*    އިސްލާމީ ތަރުބިއްޔަތު ގުރޭޑް 11 ދަރިވަރުންގެ ފޮތް
*    އައްޝައިހު އަބްދުލް އަޒީޒް ހުސެއިންގެ މުހާޟަރާ
*    ޞަހީހު ބުހާރީ އިނގިރޭސި ތަރުޖަމާ
*    ގުރުއާން ތަރުޖަމާ
އަދި ނުނިމޭ.



[1] . سورة المائدة 89
[2] . المسند 9/275ـ276 الرسالة

No comments:

Post a Comment