09 November 2010
04 November 2010
3 ނޮވެމްބަރ 1988 ގެ އުދުވާން
ލިޔުނީ އަޙްމަދު ޢާޞިމް
ފުރިހަމަ އިންސާނަކަށް ނިކަން ބަލައިލަމާ ހިނގާށެވެ. އެހެން ހުއްޓާ އޭނާގެ އެއް ލޯ ފަންވުމުން ނުވަތަ ފައެއް ބިންދާގެން ގޮސް ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ބަދަލުވުމުން ﷲ އޭނާއަށް ދެއްވި ނިޢުމަތް ބޮޑުކަން އިހްސާސް ކުރެވޭނެއެވެ. ހަމައެފަދައިން، ހަޤީޤީ މިނިވަންކަމުގެ މީރުކަން އަޅުގަނޑުމެންނަށް އިހުސާސް ކުރެވޭނީ އެނިޢުމަތް ގެއްލިގެން ދިޢުމުނެވެ. އެހެންކަމުން، މިނިވަންކަމުގެ އުފާވެރި ނިޢުމަތް މިކުޑަކުޑަ ދިވެހިރާއްޖެއަށް ދެއްވި ﷲ ތަބާރަކަ ވަތަޢަލާއަށް ޙަމްދުކުރަމެވެ.
01 November 2010
ޢިލްމާއި ޢިލްމުވެރިން އަދި ރޯނު އެދުރުން
ލިޔުނީ ޢާޞިމް/ އުންމީދު ހއ.އިހަވަންދޫ
އޭ އަޅުގަނޑުގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުން الله تعالىއަށް ބިރުވެތިވެ، ތަޤްވާވެރިވާށެވެ. އަދި އެއިލާހުގެ ޙަޟްރަތަށް ވާޞިލުވެވޭނޭ އެންމެ މައިގަނޑުއެއް ވަޞީލަތް ކަމުގައިވާ ޢިލްމު ހޯދުމުގައި ގަދައަޅާ މަސައްކަތްކުރާށެވެ. އެއަށްފަހު އެ ޢިލުމުގެ މައްޗަށް ތިޔަބައިމީހުންގެ އުޅުމާއި ގުޅުން ބައްޓަންކުރާށެވެ. އަދި ދަންނާށެވެ! ދީނީ ޢިލްމު ހޯދުމައްޓަކައި މަސައްކަތް ކުރާ މީހާ ކީރިތި ޤުރްއާނާއި، މޫރިތި ސުންނަތް ދެނެގަނެވޭނެ މަގުތައް ޚިޔާރުކޮށް އެގޮތުން އެޢިލުމު ހޯދާށެވެ.
ޢިލްމު ހާޞިލްކުރުމަކީ އެތައް ގިނަގުނަ ހެވަކާއި ދަރުމައެއް ލިބޭކަމެކެވެ.
31 October 2010
އިންސާނީ ހަޔާތަށް އެންމެ ފައިދާ ހުރި ދީނަކީ އިސްލާމްދީނެވެ.
އަޅުގަނޑުމެން އަމިއްލަ ސިނކުޑިން ވިސްނާލަމާތޯއެވެ! މިހާރު ދުނިޔެއަށް އީޖާދުވަމުންދާ ޓެކޮނޮލަޖީތައް އުފައްދާ އެޓެކޮނޮލަޖީތައް ބޭނުން ކުރާނެގޮތް އެއުފައްދާ ފަރާތުން ފޮތެއްގެ ސިފާގއި ނުވަތަ ލިޔުމެއްގެ ސިފައިގައި ނެރެމުން ދެއެވެ. އެފަދަ ޓެކޮނޮލަޖީތަކަށް މައްސަލަތައް ޖެހުމުން އެމައްސަލަ އެންމެ ފުރިހަމައަށް ރަނގަޅުކުރެވޭނީ ކޮންފަރާތަކަށް ތޯއެވެ. އެޓެކޮނޮލަޖީ އުފެއްދި ފަރާތަކަށް ނޫތޯއެވެ.
ކަންމިހެން ހުރިއިރު، އިންސާނާގެ ކަނަތައްތައް އެންމެ ރަނގަޅަށް އެނގޭނީ އެއިންސާނާ ހެއްދެވި ފަރާތަށް ނޫތޯއެވެ! އިންސާނާ އުޅެންވި ގޮތް އެނގޭނީ އެފަރާތަށް ނޫތޯއެވެ!
Subscribe to:
Posts (Atom)


