27 September 2010

މުޢުމިނުންގެ ހިތުގައި މާތް ﷲ ޞުބުޙާނަޙޫ ވަތަޢަލާ އަށް އޮންނަން ޖެހޭ ލޯބި 2

-->
  3.    މާތް ﷲ އަށް އޮންނަންޖެހޭ ލޯބީގެ ދެވަނަ މަސްދަރަކީ މާތް ﷲގެ ރަސޫލާއަށް ލޯބިކުރުމެވެ.
ޝަހާދަތުގެ ދެކަލިމާގެ ތެރެއިން ދެވަނަ ކަލިމާގައިވަނީ މުޙައްމަދުގެފާނީ އެކަލާނގެ އަޅާ އަދި ރަސޫލާކަމަށް ހެކިވާ ވާހަކައެވެ. އެހެންކަމުން ﷲ ދެކެ ލޯބިވާމީހާ، މުހައްމައްދުގެ ފާނަކީ އެކަލާނގެ އަޅާކަމަށް އީމާންވެ، ކިޔަމަންތެރިވާނެއެވެ. ހަމައެއާއެކު ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم ދެކެ ލޯބިވާނެއެވެ.
އަދި އެކަލޭގެފާނު ލޯބިކުރާ ކޮންމެ އެއްޗަކަށް އެމީހަކު ލޯބިކުރާނެއެވެ. އެކަލޭގެފާނުގެ އަޙްލުބައިތުންނަށާއި އެކަލޭގެފާނުގެ މާތް ޞަހާބީންނަށް ލޯބިކުރާނެއެވެ.
ކީރިތި ޤުރުއާނުގައި މާތް ﷲ ސުބުހާނަހޫ ވަތަޢަލާ ދެކެ މުސްލިމުން ލޯބިވުމަށް ތަފާތު އާޔަތްތައް ވަހީކުރެއްވި އެވެ. މިގޮތުން '' އާލުއިމުރާން ސޫރަތުގެ 31 ވަނަ އާޔަތުގެ ތަފްޞީރީ މާނާއިގައިވަނީ "ކަލޭގެފާނު ވިދާޅުވާށެވެ. މާތް ﷲ ދެކެ ޙަޤީޤަތުގައި ވެސް ލޯބިކުރާނަމަ، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ފުރިހަމައަށް ތަބާވެ، އެތެރެފުށުންނާއި ބޭރުފުށުން ވެސް އީމާންވާނެއެވެ." (އިސްލާމްދީނާއި ބެހޭ އާއްމު ތަޢާރަފެއް 3 މިފޮތުގެ 7 ވަނަ ޞަފުހާ )
 މާތްﷲ، އެކަލާނގެ ރަސޫލާއަށް އީމާންވުމާއި ގުޅޭގޮތުން سُورَةُ آلِ عِمْرَان 86-87 ވަނަ އާރަތުގައި ވަހީ ކުރައްވަނީ كَيْفَ يَهْدِي اللَّهُ قَوْمًا كَفَرُوا بَعْدَ إِيمَانِهِمْ وَشَهِدُوا أَنَّ الرَّسُولَ حَقٌّ وَجَاءَهُمُ الْبَيِّنَاتُ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ (86) أُولَئِكَ جَزَاؤُهُمْ أَنَّ عَلَيْهِمْ لَعْنَةَ اللَّهِ وَالْمَلَائِكَةِ وَالنَّاسِ أَجْمَعِينَ (87) މާނައީ "އެބަޔަކު އީމާންވުމަށްފަހުގައި، އަދި ކައުއިތުރު ރަސޫލާ ފޮނުއްވާނޭކަން އެއީ ޙައްޤުތެދުކަމަށް ހެކިވުމަށްފަހުގައި އަދި އެމީހުނަނަށް ސާފު ހެކިތައް އައުމަށްފަހުގައި ކާފިރުވެދިޔަބަޔަކަށް މާތް ﷲ ތެދުމަގު ދައްކަވާނީ ކޮންފަދައަކުން ހެއްޔެވެ؟ ދަންނާށެވެ! ކާފިރުކަންމަތީ ދެމިތިބޭ ބަޔަކަށް ﷲ ތެދުމަގު ނުދައްކަވާނެތެވެ. ޖަޒާއެއްގެ ގޮތުގައި އެބައިމީހުންނަށް ﷲގެ ލަޢުނަތާއި މަލާއިކަތުންނާއި އެންމެހާ މީސްތަކުންގެ ލަޢުނަތް ހުއްޓެވެ. "
އަލްއަންބިޔާއު ސޫރަތުގެ 107 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވާފައިވެއެވެ. وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِلْعَالَمِينَ  މާނައީ "ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި މެނުވީ ތިމަން ކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ." މިދުނިޔޭގައިވާ ކޮންމެ މަޙްލޫޤަކީ ޢާލަމެކެވެ. އެގޮތުން ކީރިތި ރަސޫލާގެ އޯގައިތެރިކަން ދުނިޔޭގައިވާ ކޮންމެ މަޙްލޫގެއްގެ މައްޗަށް ތަނަވަސްވެގެން ވެއެވެ. ( ތެދުމަގު­- އާފަތިސް ކީރިތި ރަސޫލާއަށް ލޯބިކުރުން މިމަޢުޞޫގެ ދަށުން ލިޔެފައިވާ މަޒުމޫނުން ނަގައިފައި)
މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲގެފާނުގެ ހަޔާތް ޕުޅުގައި މާތް ﷲ ސުބުހާނަހޫ ވަތަޢަލާ ދެކެ ލޯބިވާކަން އަންގައިދޭ ވަރަށް ބޮޑެތި މިސާލުތަކެއް ދައްކުވާފައިވެއެވެ. މާތް ﷲ އަށް ލޯބިކުރެވޭނީ އެހެން ހުރިހާ އެއްޗަކާއި މީހުންނަށްވުރެ ބޮޑަށް މާތްﷲ ޞުބުހާނަހޫ ވަތަޢަލާއާއި އެކަލާނގެ ރަސޫލާ މުޙައްމަދުއް  صلى الله عليه وسلم  އަށް ލޯބިކޮށް ގެންނެވެ. އެކަލާނގެ ފޮތާއި ރަސޫލާ صلى الله عليه وسلم  ގެ ސުންނަތަށް ލޯބިކޮށްގެންނެވެ.  ސޫރަތުލް ފަތުހުގެ 18 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާ ފައިވެއެވެ. މާނައީ "ހަމަކަށަވަރުން ގަސްދުގައި، ކަލޭގެފާނަށް ބައިއަތު ހިފާހިނދު، ހަމަކަށަވަރުން މުއުމިނުންނާއިމެދު ، މާތް ﷲ ރުހިވޮޑިގެންފިއެވެ. ފަހެ އެބައިމީހުންގެ ހިތްތަކުގައިވާ ގޮތް އެކަލާނގެ ދެނެވޮޑިގެންފިއެވެ. ދެން އެބައިމީހުންގެ މައްޗަށް ހަމަޖެހުން ބާވައިލައްވައި، އެބައިމީހުންނަށް، ޖަޒާއެއްގެ ގޮތުގައި ގާތްވެގެންވާ ނަސްރު ދެއްވިއެވެ." ( ކުރީގެ ޤުރުއާން ތަރުޖަމާއިން ނަގާފައި )

No comments:

Post a Comment