ލިޔުނީ؛ އަޙްމަދު ޢާޞިމް / އުންމީދު
ދިވެހިރާއްޖޭގައި 30 އަހަރުވަންދެން ކުރިވެރިކަން ނިމުމަކަށް ގިނައީ ވަރަށް ގިނަ އުންމީދުތަކަކާއި ހުވަފެންތަކަކާއެކުވެ. މިވެރިކަން ނިމުމަކަށް ގެނައުމަށް ހިތްމަތާއެކު މަސައްކަތް ކުރި އެއްރަށަކީ އިހަވަންދޫއެވެ. އެއީ މިހާރުގެ ވެރިމީހާއަށް ތާއިދުކޮށް މިހާރުގެ ވެރިމީހާ ވެރިކަމަށް ގިނައީ އެފަރާތުން ހުށައެޅި މެނިފެސްޓޯ ރަނގަޅުވެގެން ކަމަށް މިހާރު ސަރުކާރު ހިންގާޕާޓީން ބުނަމުން ދެއެވެ. އެހެންމަވެސް ހިތާމައަކީ މެނިފެސްޓޯއާ އެއްގޮތަށް އަމަލުކުރަމުން ދާތަން ނުފެންނާތީއެވެ.
އެމެނިފެސްޓޯގައި އޮތް ކަންތައްތަކުގެ ތެރޭގައި ސިއްހީ ހުދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި އެހިދުމަތް ދޭތަންތަން ތަރައްޤީ ކުރުން ހިމެނެއެވެ. ކުރިންވެސް ދެންނެވިގޮތަށް އިހަވަންދޫއަކީ ކުރީގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރި އެއްރަށެވެ.
އަޅުގަނޑު ފާހަގަކޮށްލަން މިއުޅެނީ، އިހަވަންދޫ ސިއްހީ މަރުކަޒުގެ މިހާރުގެ ހާލަތެވެ. ސަން.އެފް. އެމް އޮންލައިންގައ ވާގޮތުންނަމަ، އިހަވަންދޫ ސިއްހީ މަރުކަޒުގެ ބަލި މީހުން ބަލާ ކޮޓަރީގެ އެއާކޯނު ހަލާކުވެފައި ހުންނަތާ މިހާރު އެއްމަސް ދުވަސް ވެއްޖެއެވެ.އަދި އެއާކޯނު ހެދުމަށް ހެލްތު މިނިސްޓްރީން ހުއްދަ ދީފައި ނުވާކަމަށް އެ ހޮސްޕިޓަލުން ބުނެފައިވާ ކަމަށްވެސް ސަން. އެފް.އެމް އޮންލައިންގައި ލިޔެފައިވެއެވެ.
އިހަވަންދޫ ސިއްހީ މަރުކަޒުގެ ސީނިއާ ކޮމިއުނިޓީ ހެލްތު އޮފިސަރު އަހުމަދު ރަޝީދާ ހަވާލާދީ ސަން. އެފް.އެމް އޮންލައިންގައިވަނީ އެ ސިއްހީ މަރުކަޒުގައި ބަލިމީހުން ބެލުމަށް ހުންނަނީ އެންމެ ކޮޓަރިއެއް ކަމަށާއި އެ ކޮޓަރީގެ އެއާކޯނު ހަލާކުވެފައި ހުރުމުގެ ސަބަބުން ބަލި މީހުންނަށް ވެސް އެކަމުގެ އުނދަގޫ ފޯރަމުން އަންނަ ކަމަށެވެ.
އެއާކޯނު ހެދުމަށް އިއުލާނު ކުރުމަށް ހުއްދަ ހޯދުމަށް ހެލްތު މިނިސްޓްރީގައި ދެ ފަހަރެއްގެ މަތިން އެދިފައިވީ ނަމަވެސް އެ މިނިސްޓްރީން އެކަމަށް އިޖާބައެއް ދީފައިނުވާ ކަމަށާއި އަދި އަމިއްލައަށް މަސައްކަތް ކުރުމަށް ބަޖެޓްދީފައިނުވާ ކަމަށް އަހްމަދު ރަޝީދާ ހަވާލާދީ ސަން.އެފް.އެމް އޮންލައިންގައިވެއެވެ.
މީގެ އިތުރުން، ހެލްތު މިނިސްޓްރީން މިކަހަލަ މަސައްކަތްތައް ކުރުމަށް ބަޖެޓެއް ދީފައެއް ނޯންނަކަމަށާއި އަދި މަރާމާތު ކުރުމަށް އަދިވެސް ހުއްދައެއްނުދޭކަމަށާއި މީގެ އިތުރުން އިހަވަންދޫ ޞިއްހީ މަރުކަޒުގެ ފޮޓޯ ކޮޕީ މެޝިނު ވެސް ހަލާކުވެފައި ހުންނަތާ ދޮޅު އަހަރު ވެފައިވާކަމަށް އަހްމަދު ރަޝީދާ ހަވާލާދީ ސަންއެފް އެމް އޮންލައިންގައި ލިޔެފައިވެއެވެ. ރަޝީދާ ހަވާލާދީ ސަން. އެފް. އެމް ގައިވާ ގޮތުގައި އިހަވަންދޫ ސިއްހީ މަރުކަޒުގައި ބަލިމީހުން ބަލާ ކޮޓަރިން ކޮންމެ ދުވަހަކު 30 އަށް ވުރެ ގިނަ އަދަދެއްގެ މީހުން ފަރުވާ ހޯދަ އެވެ.
މިކަމުން އެކަނިވެސް މިސަރުކާރުން ސިއްހީ ހިދުމަތް ދޭތަންތަން ތަރައްޤީކޮށް ފެންވަރު ރަނގަޅުކުރުމަށް ސަމާލުކަން ދޭމިންވަރު އެނގިގެން ހިނގައްޖެވެ.
No comments:
Post a Comment