އިހަވަންދޫ ޑީއާރުޕީ ގޮފީގެ އެކިމަގާމުތަކަށް މީހުން އިމްތިހާބު ކުރުމަށްޓަކައި، ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލައިފައިވަނީ މިމަހުގެ މެދުތެރޭގައެވެ. އެގޮތުން އިއުލާނުކޮށްފައިވާ މަގާމުތަކުގެ ތެރެއިން ނައިބުރައީސްގެ މަގާމު ފިޔަވާ އެހެން ހުރިހާ މަގާމުތަކަކަށް ވަނީ އިމްތިހާބުގެ ކުރިން މީހުން ހަމަޖެހިފައެވެ. އެހެނީ ނައިބު ރައީސްކަމަށް ފިޔަވައި އެހެން ހުރިހާ މަގާމުތަކަކަށް ކުރިމަތި ލައިފާ އެންމެ މީހެކެވެ.
އެހެންކަމުން 29 އޮކްޓޯބަރ 2010 ވީ ހުކުރު ދުވަހު، އާދެ މިއަދުގެ 1400 ން 1700 ކުރިއަށް ދިޔައީ އިހަވަންދޫ ޑީއާރުޕީ ގޮފީގެ ނައިބުރައީސް ހޮވުމުގެ އިމްތިހާބެވެ.
މިއިމްތިހާބު ކުރިއަށް ގެންގޮސްފައިވަނީ އިހަވަންދޫ ޑީއާރުޕީ ހަރުގޭގައެވެ. އިހަވަންދޫ ޑީއާރުޕީ ގޮފީގެ ޖުމުލަ އަދަދަކީ 293 މީހުން ކަމުގައިވިޔަސް މިވޯޓުގައި ބައިވެރިވެފައިވަނީ ޖުމުލަ 113 މީހުންނެވެ.
އިހަވަންދޫ ޑީއާރުޕީ ގޮފީގެ ނައިބު ރައީސް ހޮވުމުގެ އިމްތިހާބުގެ ނަތީޖާ ތިރީގައި އެވަނީއެވެ.
1. އާއިޝަތު އަޒްހާރާ/ ބަނަފުސާގެ ލިބުނުވޯޓު 51
2. މުޙައްމަދު ޢަބުދުލް މުހުސިން / ވައިލެޓު ވިލާ 2.ލިބުނު ވޯޓު 24
3. މޫސާ އިބުރާހިމް / ހަނދުވަރީނާޒް. ލިބުނު ވޯޓު 23
4. ހުސައިން ޔޫޝައު / މޫނިމާގެ. ލިބުނު ވޯޓު 13
5. ޢަބުދުލް ހަމީދު / ކޮކާހަނދުވަރު. ލިބުނު ވޯޓު 2
6. ޢަބުދުﷲ ޢަލީ / ފެހިފަރުދާގެ. ލިބުނު ވޯޓު 0
ދެން ތިރީގައި މިދަންނަވާލަނީ އިހަވަންދޫ ޑީއާރުޕީ ގޮފީގެ މަގާމުތަކަށް ހޮވިފައިވާ މީހުންނާއި މަގާމްތައް
1. ރައީސް: މުޙައްމަދު ސިރާޖް / ހިޔަލީބާޣް
2. - ނާއިބު ރައީސް: އާއިޝަތު އަޒްހާރާ / ބަނަފުސާގެ.
3. - ސެކްރެޓަރީ: މުޙައްމަދު އަރީބު / ޖަވާހިރުވާދީ.
4. އިންތިޒާމް ސެކްރެޓަރީ: މުޙައްމަދު އިބުރާހިމް / ޝާހީމަންޒިލް
5. ހަޒާންދާރު: މުހައްމަދު ހުސެއިން / ނީލޯފަރުގެ.
6. މީޑިޔާ ކޯޑިނޭޓަރ: އަޙްމަދު ޞަބާހު / ހަނދުވަރީނާޒް.
އިތުރު 3 މެމްބަރުން:
1. ޖަމީލާ ހުސެއިން / ހިޔާވަހި.
2. ޝަރުމީލާ ޢަލީ / އަޝްރަފީގެ
3. ސަޢީދާ / ލަކުސަމީގެ
No comments:
Post a Comment