އަޅުގަނޑުމެން އަމިއްލަ ސިނކުޑިން ވިސްނާލަމާތޯއެވެ! މިހާރު ދުނިޔެއަށް އީޖާދުވަމުންދާ ޓެކޮނޮލަޖީތައް އުފައްދާ އެޓެކޮނޮލަޖީތައް ބޭނުން ކުރާނެގޮތް އެއުފައްދާ ފަރާތުން ފޮތެއްގެ ސިފާގއި ނުވަތަ ލިޔުމެއްގެ ސިފައިގައި ނެރެމުން ދެއެވެ. އެފަދަ ޓެކޮނޮލަޖީތަކަށް މައްސަލަތައް ޖެހުމުން އެމައްސަލަ އެންމެ ފުރިހަމައަށް ރަނގަޅުކުރެވޭނީ ކޮންފަރާތަކަށް ތޯއެވެ. އެޓެކޮނޮލަޖީ އުފެއްދި ފަރާތަކަށް ނޫތޯއެވެ.
ކަންމިހެން ހުރިއިރު، އިންސާނާގެ ކަންތައްތައް އެންމެ ރަނގަޅަށް އެނގޭނީ އެއިންސާނާ ހެއްދެވި ފަރާތަށް ނޫތޯއެވެ! އެފަރާތަކީ އެކައުވަންތަ ﷲ އެވެ. އެކަލާނގެ ވަނީ އިންސާނާ ދިރިއުޅޭނެ ގޮތްތައް އިސްލާމްދީން ބާވައިލައްވާ އެގޮތްތައް އެކަލާނގެ ކަލާމްފުޅުކަމަށްވާކީރިތި ގުރުއާން ބާވައިލައްވާފައެވެ.
މިގޮތުން އިންސާނީ ތާރީހުން އެނގިގެންދާ ތަފާތު ދީންތަކުގެ ޝަރިއަތްތަކަށް ނަޒަރު ހިންގާލާއިރުވެސް އެންމެ ފުރިހަމަ ޝަރިއަތެއް އައިސްފައިވަނީ އިސްލާމް ދީނުގައެވެ. ކީރިތި ޤުރުއާނުގައި މިނިޒާމް ފެށިފައިވަނީ ފަރުދުން ތަރުބިއްޔަތު ކުރުމާއި ހަމައިންނެވެ. އެހެނީ މުޖުތަމަޢު ބިނާވެގެންވަނި ފަރުދުންގެ މައްޗަށެވެ. އެއަށްފަހު އާއިލާތައް ބިނާކުރުމަށް ބާރު އަލުވާ ފައިވެއެވެ. މިގޮތުން ﷲ އިންސާނުންގެ ކިބައިގައި ލައްވާފައިވާ ފިޠުރީ ކަންތަކަށް ވަކި ހަމައެއްގެ މަތިން އިޖާބުދީ ޝަރުއީ ވަކި ހަމައެއްގެ މަތިން ކާވެނި ކުރުމަށް އަމުރު ކުރައްވާފައިވުން ހިމެނެއެވެ. މާތް ﷲ ވަޙީ ކުރައްވަނީ" فَانْكِحُوا مَا طَابَ لَكُمْ مِنَ النِّسَاءِ"[1] މާނައަކީ "އަންހެނުންގެ ތެރެއިން ތިޔަބައި މީހުން ހިތްރުހޭ ބަޔަކާ ކާވެނި ކުރާށެވެ!"
އަދި އެދެމަފިރިންގެ މައްޗަށް މައްޝޫލިއަތުތަކަކާއި ވާޖިބުތަކެއް ލެއްވިކަން ޤުރުއާނުން ސާބިތުވެއެވެ. މިގޮތުން އޭގެތެރެއިން އެއްކަމެއްގެ ގޮތުގައި އަނބިމީހާއަށް ހެޔޮކޮށް ހިތައި އޭނާގެ ހަރަދުތައް ބަލަހައްޓައި ދިނުމަކީ ފިރިމީހާގެ މައްޗަށް ވާޖިބުކަމެއް ކަމުގައި ލެއްވިއެވެ. ކީރިތި ޤުރުއާނުގައި ﷲ ވަހީކުރައްވަނީ " (.... وَعَلَى الْمَوْلُودِ لَهُ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوفِ...)"[2] މާނައީ " އަދި އެކަށީގެންވާ ހެޔޮގޮތުގައި އެކަނބަލުންނަށް ކާންދިނުމާއި، އަންނައުނު ދިނުން އެއީ ( ކުޑަކުއްޖާގެ) ބަފާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ."
މީގެ އިތުރުން ނަމާދާއި ޒަކާތާއި ރަމްޟާންމަހު ރޯދަހިފުމާއި ހައްޖު ކުރުމަށް އަންގަވާފައި ވެއެވެ. މީގެ އިތުރުން ބުއްދި އާއި ފުރާނަ ރައްކާތެރި ވުމަށް ބާރު އަޅުއްވާފައި ވެއެވެ. އަދި އަމާނާތްތެރިވުމަށާއި ތެދުވެރި ވުމަށް އަންގަވާފައި ވެއެވެ.
މިގޮތުން ކީރިތި ޤުރުއާނުގައި ތެދުވެރިންނަށް ހުރި ނިޢުމަތުގެ ވާހަކަ މާތް ﷲ ވަހީ ކުރައްވާފައި ވެއެވެ.[3] قَالَ اللَّهُ هَذَا يَوْمُ يَنْفَعُ الصَّادِقِينَ صِدْقُهُمْ لَهُمْ جَنَّاتٌ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ ذَلِكَ الْفَوْزُ الْعَظِيمُ " މާނައީ " މިއީ، ތެދުވެރުންނަށް އެއުރެންގެ ތެދުވެރިކަން ލަފާކޮށްދޭނޭ ދުވަހެވެ. އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގަ ހުންނަ ފެންކޯރުތައް އެއުރެންނަށް ހުއްޓެވެ. އެސުވަރުގޭގައި، އެއުރެން އަބަދުގެ އަބަދަށް ދެމިތިބޭ ގޮތުގައެވެ. ﷲ އެއުރެންނަށް ރުހިވޮޑިގެން ވެއެވެ. އަދި އެއުރެންވެސް އެކަލާނގެއަށް ރުހިގެންވެއެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ އެއީ އެވެ."
އަދި އަމާނާތްތެރިކަމަށް ބާރުއަޅުއްވާ މާތްﷲ ވަހީ ކުރައްވަނީ [4]" (...لَا تَخُونُوا اللَّهَ وَالرَّسُولَ وَتَخُونُوا أَمَانَاتِكُمْ...) މާނައީ" ކަލޭމެން ﷲ އަށާއި ރަސޫލާއަށް ހިޔާނާތްތެރި ނުވާށެވެ. އަދި ކަލޭމެން، ކަލޭމެންގެ އެއްބަޔަކު އަނެއްބަޔަކަށްވެސް ހިޔާނާތްތެރި ނުވާށެވެ."
މީގެ އިތުރުން ތިމާގެ އަމިއްލަ ނަފުސު އިސްލާހުކޮށް އަނެއްކާ އިސްލާހުކުރުމަށްވެސް ގުރުއާނުގައި އަންގަވާފައި ވެއެވެ. މިގޮތުން މާތްﷲ ވަޙީ ކުރައްވައެފައި ވެއެވެ." [5] (يَا أَيُّهَا الَّذِينَ آَمَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَارًا...)" މާނައީ " އޭ އީމާންވެއްޖެ މީސްތަކުންނޭ ކަލޭމެންނާއި އަދި ކަލޭމެންގެ އަޙްލުވެރިންގެ ނަފްސުތައް އަލިފާނުން ސަލާމަތް ކުރާށެވެ."
މިގޮތުން ކިތައްމެ އާޔަތެއް އިންސާނާ ދިރިއުޅޭނެ ގޮތް އަންގަވާ ފައިވެއެވެ.
No comments:
Post a Comment