ލިޔުނީ އަޙްމަދު ޢާޞިމް
އަލްމަލިކު އައްނާޞިރު އަބޫ މުޘައްފަރު ޔޫސުފު ބިން އައްޔޫބީ ( ޞަލާހުއްދީން އައްޔޫބީ) އަކީ އިރާޤުގެ ތިކްރީތަށް އުފަން ބޭފުޅެކެވެ. އެމަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 532 އަދި މީލާދީން 1138 ވަނަ އަހަރުގައެވެ. ބައްޕާފުޅަކީ ނަޖުމުއްދީން އައްޔޫބެވެ. މިސްރާއި ޝާމްކަރައިގައި އުފެދުނު އައްޔޫބީ ދައުލަތުގެ ބާނީއަކީ ޞަލާހުއްދީން އައްޔޫބެވެ.
އެމަނިކުފާނުގެ މަސައްކަތްޕުޅު ތަކަށް ބަލާއިރު ނޫރައްދީނުގެ ލަޝްކަރުގެ ކޮމާންޑަރުކަން ކުރެއްވުމާއި، ނޫރައްދީން
މަހްމޫދުގެ ނާއިބުކަމާއި، ފާތިމީންގެ ޝީޢީ ދައުލަތުގެ ވަޒީރުކަންފަދަ ކަންކަން ފާހަގަކުރެވެއެވެ. އެގޮތުން ފާތިމީންގެ ޝީޢީ ދައުލަތުގެ ބޮޑުވަޒީރުކަން އެމަނިކުފާނަށް ލިބިވަޑައިގަތީ ހިޖުރައިން 564 ވަނަ އަހަރުގެ ޖުމާދުލް އާހިރާމަހުގެ 22 ވަނަ ދުވަހުއެވެ. އަދި މިކަންތައްތަކުގެ އިތުރުން މިސްރުގެ ޙާލަތު ރަނގަޅު ކުރެއްވުމަށްޓަކައި ހަސްފަތާލުތައް ބިނާކުރައްވައި ޚިދުމަތްދޭ ތަންތަނާއި މަގުތައް އިސްލާހުކުރައްވައި ފަޤީރުންނަށާއި ބަލިމީހުންނަށް ޚަރަދު ދެއްވިއެވެ. އަދި ހަމައެހެންމެ މިސްރުގައި ޞަލާހުއްދީން ކިއްލާ ގެ ނަމުގައި ކިއްލާއެއް ބިނާކުރެއްވިއެވެ. މިކަންކަމާއެކުވެސްއިސްލާމީ ދައުލަތުގެ ޖާގަ ބޮޑުކުރެއްވުމާއި، މިސްރުގައި ހޯއްދެވި ކާމިޔާބީތައް ރައްކާކޮށް ދެމެހެއްޓެވުމާއި، އަދި ނޭގި ހުއްޓާ އަތުވެދާނެ ހަމަލާއަކުން އެމަނިކުފާނުގެ ރަށް، ރައްކާތެރިކޮށްފައި ބޭއްވުމުގެ މަޤްޞަދުގައި އިތުރު ޚާރިޖީ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ.
ބަޔާންވެދިޔަ ކަންތައްތަކުގެ އިތުރުން އެދުވަސްވަރުގެ ބޮޑުބާރެއްކަމުގައިވާ ޞަލީބީންނާ ކުރިމަތި ލުމަށްޓަކައި އުތުރު އިރާގުން ފެށިގެން ޝާމްކަރަޔާއި، މިސްރުހިމެނޭ ސަރަހައްދު ތަކުގައި އުޅުނު މުސްލިމުންގެ ސަފުތައް ގަދަފަދަކޮށް އެއްބައިވަންތައް ކުރުވައި ޞަލީބީންނާ ދެކޮޅަށް ޙިއްޠީން ނަމަކަށް ކިޔާ ހަނގުރާމައެއް ކުރެއްވިއެވެ. އެއީ ހިޖުރައިން 582 ން 588 އާއި ހަމައަށެވެ.
އެމަނިކުފާނު ކުރެއްވި މިންނެތް މަސައްކަތްޕުޅުތަކުގެ ނަތީޖާއެއްގެ ގޮތުން ބައިތުލްމަޤްދިސްގެ މަމްލަކާގެ ގިނަ ރައްތަކަކާއި ޝާމްކަރައާއި ދުރު މަޤްރިބާއި ނޯބާގެ ރައްތަކާއި ޔަމަނާއި ދިމިސްޤާއި އެތާގެ ބައެއްކިއްލާ އެމަނިކުފާނުގެ ބާރުގެދަށަށް ގެންނެވިއެވެ. ( އަޅުގަނޑު މިމަޢުލޫމާތު ހޯދާފައިވަނީ އަޅުގަނޑުމެންގެ އުސްތާޛު އަލް އުސްތާޛު އާދަމް ފަޔާޒުގެ މުހާޟަރާއިންނެވެ. )
ލިޔުންތައް އަޕްލޯޑް ކުރާ ދޭޓް ޖަހާލަ ދީފިއްޔާ ވަރަށް ރަގަޅު.
ReplyDelete