20 September 2010

އިސްލާމީޘަޤާފަތަކީ މާތްﷲ އަށް ނިސްބަތްވާ އެއްޗެކެވެ.

-->
ލިޔުނީ: އަޙްމަދު ޢާޞިމް 
އިސްލާމީ ޘަޤާފަތަކީ އިސްލާމް ދީނުން އުފެދިފައިވާ ޘަޤާފަތެކެވެ. މިގޮތުން އިސްލާމް ދީނުގެ މަސްދަރަކީ ކީރިތި ޤުރުއާނައި ރަސޫލާގެ ސުންނަތެވެ.
Ø     ކީރިތި ޤުރުއާން
ކީރިތި ޤުރުއާންކީ މާތްﷲ ޞުބުހާނަހޫ ވަތަޢަލާ سورة الفاتحة ފެށިގެން سورة الناس  ގެނިޔަލަށް ކިޔެވުން އަޅުކަމެއްގެ ގޮތުގައި ލައްވަވާ، ޖިބުރީލުގެފާނުން މެދުވެރި ކުރައްވާ ކީރިތި ރަސޫލާއަށް އަރަބި ބަހުން ބާވާލެއްވެވި އެކަލާނގެ ކަލާމްފުޅެވެ. ކީރިތި ޤުރުއާނަކީ ރަސޫލުﷲ ގެފާނަށް ދެއްވެވި، އެކަލޭގެ ފާނުގެ ރަސޫލުކަން ޘާބިތު ކޮށްދޭ މުޢުޖިޒާއެވެ. އެއީ އެއާ އެއްފަދަ ފިތެއް ގެނައުމަށް އިންސިންނާއި ޖިންނީންނަށް ގޮންޖަހާލި އެންމެ ބަލާޤާތްތެރި އެންމެ ފަޞާހަތްތެރި ފޮތެވެ. އެއީ މާތްﷲ ބާވާލެއްވެވި ފޮތްތަކުގެ ތެރެއިން ހިތުދަސްކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ހަމައެކަނި ފޮތެވެ.
ޤުރުއާން ވަނީ އަރަބި ބަހުން އައިސް އެބައިމީހުންނަށް ގޮންޖަހާލައިފައެވެ. ބަހުގެގޮތުން ޤުރުއާނުގައިވާ އިޢުޖާޒަކީ މީއެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. وَإِنْ كُنْتُمْ فِي رَيْبٍ مِمَّا نَزَّلْنَا عَلَى عَبْدِنَا فَأْتُوا بِسُورَةٍ مِنْ مِثْلِهِ وَادْعُوا شُهَدَاءَكُمْ مِنْ دُونِ اللَّهِ إِنْ كُنْتُمْ صَادِقِينَ ) سورة البقرة23 ( މާނައީ: ތިމަން ސުވާމީންގެ އަޅާ ޔަޢުނީ މުޙައްމަދުގެ ފާނަށް ތިމަންސުވާމީންގެ ބާވައިލެއްވި ފޮތާއި މެދު ތިޔަބައި މީހުން ޝައްކު ކަމެއްގައިވާނަމަ، ތިޔަބައިމީހުން އެފަދަ ސޫރަތެއް ނިކަން ގެނެސްބަލާށެވެ. އަދި ތިޔަބައިމީހުންނީ ތެދުވެރީން ކަމުގައި ވާނަމަ،މާތްﷲ ފިޔަވައި ތިޔަބައިމީހުންނަށް ނަސްރުދޭނޭ އެހީތެރިންނަށް ގޮވައިގެންގެންނާށެވެ. "
އަދިވެސް ކީރިތި ޤުރުއާނާ އެއްފަދަ އެއްޗެއް ނުގެނެވޭނަކަމަށް ގޮންޖައްސަވާ ކީރިތި ޤުރުއާނުގައި މާތްﷲ ބަޔާން ކުރައްވައިފާ ވެއެވެ. قُلْ لَئِنِ اجْتَمَعَتِ الْإِنْسُ وَالْجِنُّ عَلَى أَنْ يَأْتُوا بِمِثْلِ هَذَا الْقُرْآَنِ لَا يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا ) سورة الإسراء 88(މާނައީ:" ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން މިޤުރުއާނާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާ ޖިންނީން އެއްވިނަމަވެސް އެއާ އެއްފަދަ އެއްޗެއް އެމީހުންނަކަށް ނުގެނެވޭނެއެވެ. އެބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ވާޤިވެރީންކަމުގައި  ވީނަމަވެސް މެއެވެ."
Ø     ކީރިތި ރަސޫލާގެ ސުންނަތް
ރަސޫލާގެ ސުންނަތަކީ ކީރިތި މާތްﷲ އެންގެވި ރިވެތި އުސޫލުތަކާއި، ސިފަތަށް ފެނިގެންދާ އެއްމިސާލެވެ. ކީރިތި ރަސޫލާގެ ހުލްޤާއި ބެހޭގޮތުން ޢައިޝާގެފާނުގެ އަރިހުން ސުވާލުދެންނެވުމުން ވިދާޅުވިއެވެ. އެކަލޭގެފާނުގެ ޙުލްޤުފުޅަކީ ޤުރުއާނެވެ. އަދި ރަސޫލާގެ ހަދިޘަކީ ކީރިތި ޤުރުއާނާ އެއްފަދަ ދަރަޖައެއް ދެވިފައިވާ އެއްޗެއްކަން އެނގެއެވެ.
މާތްﷲ سورة الحاقة 44-45 ގައި ވަޙީ ކުރައްވާފައި ވެއެވެ.وَلَوْ تَقَوَّلَ عَلَيْنَا بَعْضَ الْأَقَاوِيلِ (44) لَأَخَذْنَا مِنْهُ بِالْيَمِينِ (45) މާނައީ: " އަދި އެކަލޭގެފާނު ތިމަން ރަސްކަލާނގެއަށް ނިސްބަތްކޮށް ހަދާގެން ބައެއްވާހަކަ ދައްކަވައިފިނަމަ ތިމަން ރަސްކަލާނގެ ބާރުވެރިކަމުން އެކަލޭގެފާނު (ކިބައިން އިންތިޤާމް) ހިތްޕެވީމުހެވެ."
މާތް ﷲ ވަޙީ ކުރައްވާފައިވާ އާޔަތެއްގައި ވެއެވެ. وَإِذَا تُتْلَى عَلَيْهِمْ آَيَاتُنَا بَيِّنَاتٍ قَالَ الَّذِينَ لَا يَرْجُونَ لِقَاءَنَا ائْتِ بِقُرْآَنٍ غَيْرِ هَذَا أَوْ بَدِّلْهُ قُلْ مَا يَكُونُ لِي أَنْ أُبَدِّلَهُ مِنْ تِلْقَاءِ نَفْسِي إِنْ أَتَّبِعُ إِلَّا مَا يُوحَى إِلَيَّ إِنِّي أَخَافُ إِنْ عَصَيْتُ رَبِّي عَذَابَ يَوْمٍ عَظِيمٍ (15) قُلْ لَوْ شَاءَ اللَّهُ مَا تَلَوْتُهُ عَلَيْكُمْ وَلَا أَدْرَاكُمْ بِهِ فَقَدْ لَبِثْتُ فِيكُمْ عُمُرًا مِنْ قَبْلِهِ أَفَلَا تَعْقِلُونَ (16) (ޔޫނުސް ސޫރަތުގެ 16-15) " ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނު އަމިއްލަފުޅަށް މިބަދަލުކުރުމަކީ ތިމަން ކަލޭގެފާނަށް އޮތްކަމެއް ނޫނެވެ. ތިމަންކަލެގެފާނަށް އިއްވަވާ ވަޙީ އަށް މެނުވީ ތިމަންކަލޭގެފާނު ތަބާވެ ވަޑައިނުގަންނަވަމެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ތިމަންކަލޭގެފާނު އުރެދިއްޖެނަމަ، ބޮޑުވެގެންވާ ދުވަހެއްގެ އަޛާބަށް ހަމަކަށަވަރުން ތިމަން ކަލޭގެފާނު ބިރުވެތިވެ ވަޑައިގަންނަވަމެވެ. ކަލޭގަފާނު ވިދާޅުވާށެވެ. ﷲ އިރާދަކުރެއްވިނަމަ، ތިމަންކަލޭގެފާނު އެއާޔަތްތައް ތިޔަބައިމީހުންނަށް ކިޔަވައެއް ނުދެއްވީމުހެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް އާޔަތްތަކެއް ނުވެސް އެންގެވީހެވެ. ފަހެ، މީގެކުރިން ތިޔަބައިމީހުންގެ ތެރޭގައި އެތައްދުވަހެއް ވަންދެން (އެބަހީ ސާޅީސް އަހަރު ވަންދެން) ހަމަކަށަވަރުން ތިމަންކަލޭގެފާނު ހުންނެވީމުއެވެ. ފަހެ ތިޔަބައިމީހުންނަށް ނުވިސްނޭ ހެއްޔެވެ."
މާތްﷲ އިންސާނާ ހަލްޤު ކުރެއްވުމަށްފަހު ދުލެ ނުކުރައްވައެވެ. އިންސާނުން އުޅެންވީ ރަނގަޅުގޮތް ބަޔާންކޮށްދެއްވުމަށްޓަކައި ރަސޫލުބޭކަލުން ފޮނުއްވިއެވެ. އެގޮތުން މިއުއްމަތަށް ފޮނުއްވި ރަސޫލަކީ މުހައްދު ބިން ޢަބްދުﷲ (ޞައްލަﷲ އަލައިހި ވަސައްލަމަ) އެވެ. އިސްލާމީ ސަގާފަތުގެ މާނައަކީ އިންސާނާ އޭނާގެ ދިރިއުޅުމުގެ ކަންތައްތައް    މިދެންނެވި މަގުން ކުރިއަށް ގެންދިޔުމަށް ކިޔާނަމެކެވެ. މާތްﷲ ވަހިކުރައްވާފައިވެއެވެ.إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (5) اهْدِنَا الصِّرَاطَ الْمُسْتَقِيمَ (6) (އަލްފާތިހާ 5-6) މާނައީ:"އަޅަމެންނަށް ސީދާވެގެންވާ ތެދުމަގު ދައްކަވާނދެއެވެ. އެއީ މާތްﷲ އެބައިމީހުންނަށް ނިޢުމަތް ދެއްވި މީހުންގެ މަގެވެ. (މާތްﷲ) ކޯފާލެއްވި މަގުފުރެދިފައިވާ މީހުންގެ މަގެއްނޫނެވެ.

No comments:

Post a Comment