14 September 2010

ނުލިބުނު ލޯބި


އަޙްމަދު ޢާޞިމް
އާމިލަކީ ޗ. ކުރިމާދޫގެ އާދައިގެ ދެމަފިރިއަކަށް ލިބިފައިވާ އެންމެ ދޮށީދަރިފުޅެވެ. އެއާއިލާގައި އާމިލާއެކު ޖުމުލަ 8 މެންބަރުން ތިބެއެވެ. އާމިލަކީ ވަރަށް ކިޔަވާ ހިތްވާ ކުއްޖެކެވެ. އެނާއަކީ ގުރޭޑް 1 ން ފެށިގެން ގުރޭޑް 10 ހަމައަށް ދިޔައިރުވެސް ކިލާހުން ފާހަގަ ކޮށްލެވޭ ކުއްޖެކެވެ. އަންހެންކުދިންނާ ވާހަކަ ދައްކާ މަޖާކޮށް އުޅުމަކީ އާމިލު ކުރާހިތްވާ ކަމެއް ނޫނެވެ.
ކިލާހުގެ މަސައްކަތްތަކުގައި ވެސް ގިނަފަހަރަށް އަންހެން ކުދިންނާއެކު ކުރާ މަސައްކަތެއްނަމަ ދެތިން ބަހަކުން ފުއްދާލަނީއެވެ
.
ގުރޭޑް 10 އަކީ ސާނަވީގެ ފަހު އަހަރުކަމުން  އާމިލު ކިޔެވުމުގައި ކުރިން މަސައްކަތް ކުރިވަރަށް ވުރެ ދެގުނަ މަސައްކަތް ކުރިއެވެ. މަޤްޞަދަކީ ރަނގަޅު ނަތީޖާއަކާއެކު ސާނަވީ މަރުހަލާ ނިންމާލުމަށްފަހު މަތީ ސާނަވީގެ ފުރުޞަތު ހޯދުމެވެ. ނަމަވެސް އެއަހަރު އާމިލަށް ދިމާވީ މާދެރަ ގޮތެކެވެ. ކުއްލި ގޮތަކަށް އޮޕަރޭޝަނަކާ ކުރިމަތި ލާން ޖެހުނީއެވެ. އަހަރުގެ މެދުތެރޭން އާމިލު އޮޕަރޭޝަން ކުރަން ޖެހުމުގެ ސަބަބުން ވަރަށް މުހިންމު ފިލާވަޅުތަކެއް ގެއްލިގެންދިޔައީއެވެ. ނަމަވެސް އޭނާ ހިތްވަރު ކަނޑާނުލާ މަސައްކަތް ކުރީއެވެ. ކުރިން ކުރިވަރަށް ވުރެ އިތުރަށް މަސައްކަތްކޮށް އާމިލުގެ މަންމަމެން އެދުނުފަދަ ނަތީޖާއެއް ހޯދިއެވެ.
ސާނަވީ ތައުލީމުގެ މަރުހަލާ ނިމުމަށްފަހު ދެން އާމިލު ނިކުތީ މަސައްކަތުގެ މައިދާނަށެވެ. އާމިލު ވަޒީފާ އަދާކުރަންފެށީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އާރިޝްގެ ބައްޕަގެ އޮފީހުގައެވެ. ކޮންމެ ދުވަހަކު އާމިލު މަސައްކަތް ނިންމާލުމަށްފަހު ހަވީރު ފިނިބުރު އަޅަން ދެއެވެ. އެއްދުވަހެއްގައި އާމިލް ފިނިބުރު އަޅަން ގޮސްއުޅެނިކޮށް ދިމާވި އަންހެން ކުއްޖަކާ ދިމާއަށް ބަލާލެވުނު ވަގުތަކީ ދެމީހުން ހަތަރުކަޅި ހަމަވި ވަގުތެވެ. އާމިލަކީ ކުރިން އަންހެންކުދިންނާ ވާހަކަދައްކާ ހިތްވާ މީހެއްނޫނެވެ. ނަމަވެސް މިހާރު މާބޮޑަށް، އާމިލް އެރީތި ކުއްޖާއާ ވާހަކަ ދައްކާ ހިތްވަނީއެވެ. ރޭނގަޑުގެ ނިދި ނުލިބިގެން އުޅެންޖެހިއްޖެއެވެ. ލޯމަރާލައި ކޮންމެ ފަހަރަކު އެމޫނު ފެންނަން ފަށައިފިއެވެ. ނަމަވެސް އެއަންހެން ކުއްޖާޔާ ވާހަކަ ދައްކާނެހާ ހިތްވަރެއް އާމިލަކަށް ނުލިބުނެވެ. އޭނާ ގަބުވެފައި އިންނަކަން އާމިލުގެ އެންމެ ގާތް އެކުވެރިޔާއަށް ފާހަގަ ކުރެވެން ފަށައިފިއެވެ.
އެހެންކަމުން އާމިލަށް ވެގެން އުޅޭގޮތް އާރިޝް އޮޅުން ފިލުވިއެވެ. އާރިޝަކީ އާމިލުގެ އެންމެ ގާތް އެކުވެރިޔާކަމުން ވެގެން އުޅޭ ގޮތް އަލިފުން ޔާއަށް ކިޔާދިނެވެ. އަދި އާރިޝްގެ ލޯބިވެރިޔާގެ ފަރާތުން އެކުއްޖާއާބެހޭ  މައުލޫމާތު ހޯދާދިނުމަށް އެދުނެވެ. އާމިލުގެ ވާހަކަތައް އާރިޝަށް ކިޔާދިނުމުން އާމިލަށް ހީވީ ބޮލުން ބޮޑު ބަރެއް ނެގިހެންނެވެ. އެކަންވީ އާމިލަށް އިތުރު ހިތްވަރެއް ލިބުނު ކަމަކަށެވެ. އަދި އާމިލުގެ ލޯބިވެރިޔާއަށް އޭނާގެ ހިތުގެ ޝުޢޫރުތައް އަންގާދިނުމަށް ގިނައެކުވެރިން ދިންލަފާގެ މަތިން ލޯބީގެ ސިޓީއެއް ލިޔުނެވެ. އެއަށްފަހު އެލިޔުން ސިޓީއުރައަކަށްލާ ބަންދުކޮށްލިއެވެ. ހަމަ އެދުވަހު އާމިލުގެ ލޯބިވެރިއާއަށް އެސިޓީ ރައްދުކޮށް ދިނުން އެދި އާރިޝްގެ ލޯބިވެރިޔާ މާނިޔާއާ ހަވާލުކުރިއެވެ.
އަދި މާނިޔާ އެނބުރި ގޮސްފިއެވެ. މާއިޝާ  ސިޓީ ކަނޑާލުމަށްފަހު އޭގައި އޮތް ކުރު އިބާރާތް ކޮޅު ކިޔާލިއެވެ.
އޭގައިވަނީ ލޯބިވުމަކީ ކުށެއްކަމަށް ވަނީނަމަވެސް މާއިޝާދެކެ އާމިލުއަށް ލޯބިވެވުނު ވާހަކައާއި އާމިލުގެ ހަޔާތުގެ ބާވެރިއަކަށް ވެވިދާނެތޯ އަހާ ކޮށްފައިވާ ސުވާލެކެވެ. މާއިޝާއަށް ލިބުނީ ކުއްލި ޝޮކެކެވެ. އަދި ދެވަނަފަހަރަށް އެއިބާރާތްކޮޅު ކިޔާލިއެވެ. މާއިޝާ އެއިބާރާތްކޮޅާ މެދު ވިސްނާލިއެވެ. މާއިޝާގެ މާޒީއާމެދު ފިކުރު ހިންގާލަން ޖެހިއްޖެވެ.

No comments:

Post a Comment