ލިޔުނީ -އަޙުމަދު ޢާޞިމް
ބަރަކާތްތެރި ރަމަޟާން މަހުގެ އަޅުކަންތައް ފުރިހަމަ ކުރުމަށް ފަހު އަޅުގަނޑުމެން މިހާރު ކުރިމަތި މިލީ އީދު ދުވަހާއެވެ. އެހެންކަމުން އެންމެ ފުރަތަމަވެސް މިސައިޓުގެ ފަރާތުން ހާއްޞަކޮށް އިހަވަންދޫގެ އެންމެހާ ރައްޔަތުންނަށް އަދި އާމުކޮށް އެންމެ ހާ މުސްލިމު އަޚުންނާއި އުޚުތުންނަށް ފިޠުރު އީދުގެ ތަހުނިޔާއާއި މުބާރަކް ބާދީ އަރިސްކުރަމެވެ.
ފިޠުރު އީދާއި އަޅުގަނޑުމެން ކުރިމަތި ލާހިނދު ހަނދުމަ ބަހައްޓަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.
ފިޠުރު އީދާއި އަޅުގަނޑުމެން ކުރިމަތި ލާހިނދު ހަނދުމަ ބަހައްޓަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.
އެގޮތުން އެއީދުގެ އުފަލުގައި، ކާނެ
އެއްޗެއް ނެތް އަދި އަންނައުނު އަންނާނެ ފަދަ ނެތް ނިކަމެތި ފަޤީރުން ބާވެރި ވުމަށްޓަކައި ފިޠުރު ޢީދު ދުވަހުގެ އީދު ނަމާދުގެ ކުރިން ދޭންޖެހޭ ޒަކާތް ދޭނުމަށް ހަނދުމަފުޅު ބަހައްޓަން ޖެހެއެވެ. އަދި އެ ފަރުޟު އަދާނުކޮށް ތިބި އަޚުންނާ އުޚުތުންނަށް އަޅުގަނޑު އިހްތިރާމާއެކު މިއެދެނީ ފިޠުރު ޒަކާތް ކަމާބެހޭ ފަރާތްތަކަށް ހަވާލުކުރުމަށެވެ. އެހެނީ އެޒަކާތަކީ އީދުގެ އުފަލުގައި ބައިވެރިވެވޭނެ ފަދައެއް ނެތް އަޅުގަނޑުމެންގެ އަޚުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ﷲ ފަރުޟުކުރައްވާފައިވާ އަޅުކަމެކެވެ
ދެން އޮތް އަނެއްކަމަކީ ޢީދުގެ އުފާ ފެށިގެން ދަނީ މިދުވަސް އަޅުގަނޑުމެންނާ ހަމައަށް ފޯރިކަމަށްޓަކައި ﷲ ހަޟުރަތަށް ޝުކުރުކޮށް ތަކުބީރު ކިޔާ ހަދާ ނަމާދަކުން ކަމެވެ. މިނަމާދަކީ ސުންނަތް ނަމާދުތަކުގެ ތެރެއިން ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. އެއީ އީދުނަމާދެވެއެވެ. ދެން އެއަށްފަހު ޢީދުގެ އުފާ ފައުޅުކުރުން ފެށިގެން ދަނީއެވެ.
މިފަދަ ދަނޑިވަޅެއްގައި، މިފަދަ ދުވަހެއްގައި، ދިވެހިންގެ ތެރޭގައި އޮތް ވަރަށް ރީތި އާދަކާދައެއްގެ ވާހަކަ އުފަލާއެކު ފާހަގަ ކޮށްލާނަމެވެ. އެއީ އެކަކު އަނެއްކަކަށް ޢީދު ސަލާމް ކުރުމާއި ހަދިޔާ ބަދިޔާ ބަދަލުކުރުމެވެ. މީގެ އިތުރުން ޞަދަގާތް ކުރުންފަދަ ދީނުގައި، އެކަންކަމަށް ބާރުއަޅައި ކަންތައްތައް ފާހަގަ ކޮށްލެވެއެވެ.
އީދު އުފާ ފަޅުކުރުމުގައި އަޅުގަނޑުމެންގެ ތެރޭގައި އޮންނަށް ނޭދެވޭ ކަމެއްގެ ވާހަކަވެސް އެކަމަށް ހިތާމަކުރާ ހާލު،ފާހަގަ ކޮށްލާނަމެވެ. އެއީ އަންހެން ފިރިހެން އެކުވެ ގާ ގޯޅިވާގޮތަށް ހުށަ އަޅާދޭ ސުޓޭގު ސޯތަކެވެ. އެފަދަ އަމަލުތަކަކީ ދަތް ޔޫޘުންގެ އަމަލުތައް ފަދަ އަމަލުތަކެއް ކަމުގވައި އަޅުގަނޑު ސިފަ ކުރަމެވެ. އެހެންކަމުން މިފަދަ ނޭދެވޭ ކަންތައް ތަކުން އަޅުގަނޑުމެން ދުރުވަން އެބަޖެހެއެވެ.
އަނެއްކަމަކީ އެދުވަހުގެ އުފާ ފައުޅުކުރުމަށް ﷲ ފަރުޟު ކުރެއްވި އަޅުކަންތަކުގެ މަތިން ހަނދުމަނެތި ކުރުމެވެ. ނަމާދަށް ފަރުވާތެރި ނުވެވުމެވެ. އެކަމަށް ޣާފިލުވެވުމެވެ. މިފަދަ ކަންތައްތަކަށް އަޅުގަނޑުމެން ލޯހުޅުވެން ޖެހެއެވެ. އީދަކީ މަތިވެރި އަޅުކަމެއް އަދާކޮށް ނިމުމާއި ގުޅިގެން ﷲ ތަޢަލާ އަޅުގަނޑުމެންނަށް މިންވަރުކޮށްދެއްވެ ދުވަހެކެވެ. އަދި އަޅުގަނޑުމެން އީދުގެ އުފާ ފާޅުކުރާއިރު، ﷲ ޞުބުހާނަހޫ ވަތަޢަލާ އަޅުގަނޑުމެންނަށް ކުރުން ޝަރުޢު ކުރައްވާފައިވާ އަޅުކަންތައް އަދާކޮށް އެކަލާނގެ މަތިން ހަނދާކުރަން ޖެހޭނެއެވެ.
އަޅުގަނޑުގެ ދުޢާއަކީ ޢީދުގެ އުފާ، ﷲ ޞުބުހާނަޙޫ ވަތަޢަލާގެ ރުހިވޮޑިގަތުން ލިބޭފަދަ ގޮތަކަށް ކުރުމުގެ ހެޔޮތަޢުފީޤް އަޅަމެންނަށް ދެއްވުމެވެ. އަދި އަޅަމެން އެންމެންނީ އެއްބައިވަންތަ ބައެއްގެ ގޮތުގައި ﷲ މިންވަރު ކޮށްދެއްވުމެވެ.
.
No comments:
Post a Comment