05 September 2010

ބަރަކާތް ތެރި ރަމަޟާން މަހަކީ ކުޅިވަރާއި މަޖަލުގެ މައްސަރެއް ނޫނެވެ.

-އަޙުމަދު އާސިމް / އުންމީދު-

އޭ! އަޅުގަނޑުގެ އެކުވެރިންނޭވެ. ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައް ފާއިތުވެގެން ދާއިރު އަޅުގަނޑުމެންގެ ތެރޭގައި ރަމަޟާން މަހަކީ ކުޅިވަރުން ހިތްހަމަޖައްސާލުމުގެ މައްސަރެއްކަމުގައި ދެކޭ ބަޔަކު އުޅޭކަމީ ވަރަށް ހިތާމަހުރިކަމެކެވެ. މީ އެއްވެސް ހާލެއްގައި ކުޅިވަރުގެ މަހެއްގެ ގޮތުގައި ނުބަލާށެވެ. އެހެންނަމަވެސް އަޅުކަމުގެ މަސްވަރުކަމުގައި ބަލައި، ގިނަގިނައިން އަޅުކަމުގައި ހޭދަކުރާށެވެ
.

އޭ! މިލިޔުން ކިޔާ އަޅުގަނޑުގެ އަޚުންނޭވެ! ތާހާއި ރާޒުވާއާއި ކެރަމާއި، ލަވަޔާ މިއުޒިކުން ހިތްހަމަ ޖެއްސުމާއި ޓީވީގެ ދަށުގައި ވަގުތު ބޭކާރު ކުރުމުން ދުރުހެލިވާށެވެ. ތިމާގެ އަގުހުރި ވަގުތައް ކުޅިވަރާއި މަޖަލުގައި ދުއްވާނުލަށެވެ. ރޯދަކުރުކުރުމުގެ ނަމުގައި، އަޅުގަނޑުމެންގެ ކިބައިގައި އަށަގަނެފައިވާ ވަޤުތު އިސްރާފު ކުރުމުގެ ނުބައިކަމުން ރައްކާތެރިވަމާ ހިނގާށެވެ. އޭގެ ބަދަލުގައި އެއަގުހުރި ވަގުތުތައް ނަމާދު ކުރުމާއި، ޤުރުއާން ކިޔެވުމާއި އިއުތިކާފަށް އިނުމާއި ޞަދަޤާތް ކުރުމުން ޖަރީކޮށް، މަމަހުގެ ދުވަސްތައް މިފަދަ އަޅުކަންތަކުން ޖަރީކުރާށެވެ.

އިހަވަންދޫ ޑޮތް ކޮމްގެ ކިޔުންތެރިންނޭވެ! ރޯދައިގެ ހަގީގީ މަޤްޞަދަކީ ކޮބައިތޯއެވެ؟ ރޯދައިގެ ހަގީގީ މަޤްޞަދަކީ ‘ނިކަމެތި ފަގީރުން ދިރިއުޅެމާއި އެބައިމީހުން އުޅެމުންދާ ބަނޑުހައި ހޫނުކަމުގެ އިހްސާސް ތިމާއަށްވެސް އިހްސާސް ކުރެވުމެވެ.” އެއީ ރޯދާގެ މަޤްޞަދެއްކަމުގައި ވިޔަސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް އެ އިހްސާސް ކުރެވޭނެ ބާވައޭ އަޅުގަނޑު ހިތަށް އަރައެވެ. ސަބަބކީ ކުޅިވަރާއި މަޖަލުގައި ވަގުތު އިސްރާފު ކުރާނަމަ ބަނޑުހައި ހޫނުކަމުގެ އިހްސާސް ކުރެވޭނެ ހެއްޔެވެ؟ އެހެންކަމުން އަޅުގަނޑުމެންވީ އެފަދަ ކަންކަމުން ސަލާމަތް ވުމެވެ. އެނިކަމެތި ފަޤީރުންގެ ދިރިއުޅުން ތިމާވެސް އިހްސާސްކޮށް އެއަޚުންނަށް އެހީ ތެރިކަމުގެ އަތެއް ފޯރުކޮށްދޭށެވެ. އަދި ތިމާގެ އަނބި ދަރީންނަށް ޚަރަދު ކުރުމަކީ ﷲ އަށް ކުރާ އަޅުކަމެއްގެ ގޮތުގައި ނިޔަތް ހަލާސްކޮށް އެކަންތައް ފުރިހަމައަށް އަދާކުރާށެވެ. ތިމާގެ ޢާއިލާ އފަދަ ފަޤީރު ހާލުގައި ނުޖައްސާވޭތޯ މަސައްކަތް ކުރާށެވެ.

އޭ! އިހަވަންދޫގެ މުސްލިމް އަޚުންނޭވެ! ރޭގަނޑު ހޭލާ އުޅެ، ދުވާލު ނިދާފަ ރޯދަ ވިއްލުމަށް ބަންގި ދިނުމުން ތެދުވާ މީހާއަށް ރަމަޟާންމަހުގެ ފަރުޟު އަދާކުރެވޭނެ ބާވައެވެ. ރޯދައަށް ހުރުމަކީ ހަމައެކަނި ނުކައި ނުބޮއެ ހުރުންތޯއެވެ. ނޫނެކެވެ. އެއަޅުކަންތައް އަދާކުރެވޭނީ ﷲ ދުވާލަކު ފަސްފަހަރު ކުރުމަށް ފަރުޟުކުރައްވާފައިވާ ނަމާދުވެސް ކޮށްގެންނެވެ. އަދި އެހެން އަޅުކަންތައްވެސް ކޮށްގެންނެވެ. މިހެން ބުނުމުން އެއްވެސް ބޭފުޅަކު، ނަމާދު އެއީ ހަމައެކަނި ރަމަޟާންމަހަށް ހާއްޞަ ކަމެއްކަމަށް ހީނުކުރާށެވެ. އެއީ އެއްވެސް ހާލެއްގައި ރޯދަމަހަށް ޙާއްޞަ އަޅުކަމެއް ނޫނެވެ. އެހެންނަމަވެސް އެއީ ދީނުގެ ތަނބެވެ. އެހެންކަމުން ދީނުގެ ތަނބު މުގުރާލާފަ ކުރާ އަޅުކަމުގެ ޘަވާބު ލިބުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. والله اعلم

އޭ! އަޅުގަނޑުގެ އެކުވެރި އަޚުންނޭވެ! ރަމަޟާން މަހަކީ އެމަހެއްގައި ޤުރުއާން ބާވާލެއްވި އަދި އެމަހެއްގައި ލައިލަތުލް ޤަދުރި ވިލޭރޭ ލެއްވި މައްސަރެވެ. އެއީ އެއްހާސް މަސްވަރުގެ އަޅުކަމަށްވުރެ ހެޔޮކަންބޮޑު ރެއެއްކަމުގައި ﷲ ވަނީ ލައްވަވާފައެވެ. މިކަން ސޫރަތުލް ޤަދުރުގެ އާޔަތްތަކުން ﷲ ވަޙީ ކުރައްވާފައި އަންގަވާ ދެއްވާފައެވެ. އަދި އެރެއަކީ އުޑުގެ އަހުލުވެރެން (މަލާއިކަތުން) ބިމުގެ އަހުލުވެރިންގެ ތެރެއިން ޞާލިހުންނަށް ރަހުމަތް ލެއްވުން އެދި ދުއާ ކުރާ ރެއެވެ. އެހެންކަމުން އަޅުގަނޑުމެންވީ މިރޭ ހޯދުމައްޓަކައި ރޭ އަޅުކަންތައް ގިނަކޮށް ﷲ އަށް ތަޤުވާ ވެރިވާށެވެ. ރޭގަނޑު ކުޅިވަރު ގިނަ ކުރާކަށް ނޫނެވެ.

އޭ! ދިވެހި ރާއްޖޭގެ އަހުރަވެތި އަޚުންނޭވެ! ރަމަޟާން މަހަކީ ރޯދިބަރަކާތް އިތުރުކޮށްދޭ މަސްވަރެވެ. ފާފާ ފުއްސެވުމުގެ މައްސަރެވެ. ނަރަކައިން މުއްތި ކުރުމުގެ މަސްވަރެވެ. މިމައްސައްރަކީ ނަރަކައިގެ ދޮރުތައް ބަންދުވެ، ސުވަރުގޭގެ ހުރިހާ ދޮރުކޮޅުތަކެއް ހުޅެވިފައިވާ މައްސަރެވެ. މިފަދަ މާތް މައްސަރެއްގައި އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓަންވީ ސަކަރާތާއި މަޖަލުގައި ތޯ ނުވަތަ މިފަދަ މަސްވަރެއްގައި އަޅުގަނޑުމެންވީ ކަދުރު އޮށަކުން ވިޔަސް ނަރަކައިން ސަލާމަތްވެ ސުވަރުގޭގެ އަޙުލުވެރިއަކަށް ވޭތޯ އަމިއްލަ ނަފްސާ ސުވާކުކޮށްލާށެވެ. ރަމަޟާން މަހަކީ އަހަރަކު އެއް ފަހަރަކު އަންނަ ރަނުގެ ފުރުސަތެކެވެ. ހަގީގީ ‘ތިޔަ ބޭފުޅުންގެ ފުރުސަތަކީ’ މިއީއެވެ. ‘ރޯދަ ކުރުކުރުން’ ކުޅިވަރު ކުޅުމުގައި ދުއްވާ ނުލަމާހެވެ. ރަމަޟާން މަހަކީ ކުޅިވަރުގެ މައްސަރެއް ކަމުގައި ނަހަދާ، އަޅުކަމުގެ މައްސަރެއްކަމުގައި ހަދަމާހެވެ.

No comments:

Post a Comment