26 November 2010

މާމާލިކުންގެ ދަޢުލަތް އުފެދުމަށް މެދުވެރިވި ސަބަބުތަކާއި އައްޔޫބީ ދަޢުލަތުގެ އެއްރަސްގެފާނުގެ އަނބިކަނބަލުން ޝަޖުރަތުލް ދުއްރުގެ ހިކުމަތް ތެރިކަން ހާމަކޮށްދޭ ހާދީސާ

ޝަޖަރަތުއް ދުއްރު
ޝަޖަރަތުއް ދުއްރަކީ މަލިކުއް ޞާލިޙްނަޖުމުއްދީން އައްޔޫބުގެ އަނބިކަބަލުންނެވެ. އެކަމަނާގެ ބަނޑުފުޅުން މިރަސްގެފާނަކަށް ދަރިއަކު ލިބިވަޑައެއް ނުގަންނަވައެވެ. ޝަޖަރަތުއް ދުއްރަކީ ޠޫރާން ޝާހްގެ ދޮންމަންމާފުޅެވެ. އެކަމަނާއަކީ މަމާލިކުންގެ ބޭފުޅެކެވެ. ސަބަބަކީ އެކަމަނާއަކީ މަލިކުއްޞާލިޙް ބައްލަވައިގަތް އަރްމިނީ ދަރިކޮޅުގެ ޖާރިޔާއެކެވެ.

24 November 2010

އިސްލާމީ ހަޟާރާތުގެ ކުރިން އޮތް އެހެން ހަޟާރަތްތަކުގައި އަންހެނުންނާ ނެދު މުޢާމާލާތު ކުރެވިފައިވަނީ ވަރައަށް އިހާނެތިކޮށް


ޤަދީމީ ޒަމާނުގައި އަންހެނުނަށް ކިރިޔާ ވެސް ކޮންމެވެސް ވަރެއްގެ ޙައްޤުތަކެއް ލިބިދިން ހަމަ އެކަނި ޙަޟާރަތަކީ ޤަދީމީ މިޞްރުގެ ޙަޟާރަތެވެ. އެމީހުންގެ ތެރޭގައި އަންހެނާއަށް މުދާ މިލްކުކުރެވުނެވެ. ފިރިމީހާ ގެ ޣައިރު ޙާޟިރުގައި ޢާއިލާގެ ޛިއްމާ ވެސް އުފުއްލިއެވެ. އެހެންނަމަވެސް، އެ ޙަޟާރަތުގައި ވެސް، އަންހެނާއާ މެދު ދެކެވިފައި ވަނީ އެކަނބަލުންނަކީ، ޖިސްމާނީ ލައްޒަތެއް ޙާޞިލްކުރުމުގެ ވަޞީލާތެއްކަމުގައެވެ.

23 November 2010

އައްޔޫބީ ދައުލަތް އުފެދިގެން އައިއިރު އިސްލާމީ ދައުލަތް އޮތްގޮތް


ލިޔުނީ އަޙްމަދު ޢާޞިމް
އައްޔޫބީ ދައުލަތް އުފެދިގެން އައީ ޒަންކީދައުލަތުންނެވެ. އެދުވަސްވަސްވަރަކީ ، ޞަލީބީ ހަނގުރާމައިގެ ނަންދެވު ހަމަލާތަކެއް، އިސްލާމީ ދުނިޔެއަށް ކުރިމަތިވެގެން އައި ޒަމާނެކެވެ. ހަމައެހެންމެ ، އެއިރު މުސްލިމުންގެ މެދުގައި އޮތީ ބައިބަވުމާއި ދެކޮޅުވެރިކަމެވެ. މުޅި އިސްލާމީ ދުނިޔެ އޮތީ ދާޚިލީ ހަމަނުޖެހުއެއްގެތެރޭގައެވެ. އެގޮތުން ، އިސްލާމީ ދުނިޔޭގެ އިރުމަތީ ބިތުގައި އޮތް ޢައްބާސީ ޚިލާފަތައް ސަލްޖޫގީންގެ ނުފޫޒު ފޯރައި ،

22 November 2010

ޒަންކީ ދަޢުލަތުގެ ވަރުގަދަ ދެ ޝަހުޞިއްޔަތުން ކަމުގައިވާ އިމާދުއްދީން ޒަންކީ އާއި އެމަނިކުފާނުގެ ދަރިކަލުންގެ ކުރު ތަޢުރީފެއް

 އިމާދުއްދީން ޒަންކީގެ ކުރު ތަޢުރީފެއް
ޢިމާދުއްދީން ޒަންކީއަކީ ނޫރުއްދީން ޒަންކީގެ ބައްޕާފުޅެވެ. އެއީ ޒަންކީ ދަޢުލަތުގެ ބާނީއެވެ. އެމަނިކުފާނަކީ އިސްލާމީ ދުނިޔެއަށް އެދުވަސްވަރު ކުރިމަތިވެގެން ދިޔަ ނުރައްކަލާއި ބައިބައިވެފައި އޮތް އިސްލާމީ ދުނިޔޭގެ ޙާލަތު ވަޒަންކުރެވުނު ޤާއިދެވެ. އަދި އެމަނިކުފާނު އަމިއްލަފުޅަށް މިޙާލަތު ބަދަލު ކުރެއްވުމުގެ މަސްއޫލިއްޔަތު އުފުއްލެވިއެވެ.

21 November 2010

ޞަލާހުއްދީނުގެ ކުރު ތަޢުރީފެއް

ލިޔުނީ އަޙްމަދު ޢާޞިމް
އަލްމަލިކު އައްނާޞިރު އަބޫ މުޘައްފަރު ޔޫސުފު ބިން އައްޔޫބީ ( ޞަލާހުއްދީން އައްޔޫބީ) އަކީ އިރާޤުގެ ތިކްރީތަށް އުފަން ބޭފުޅެކެވެ. އެމަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 532 އަދި މީލާދީން 1138 ވަނަ އަހަރުގައެވެ. ބައްޕާފުޅަކީ ނަޖުމުއްދީން އައްޔޫބެވެ. މިސްރާއި ޝާމްކަރައިގައި އުފެދުނު އައްޔޫބީ ދައުލަތުގެ ބާނީއަކީ ޞަލާހުއްދީން އައްޔޫބެވެ.
އެމަނިކުފާނުގެ މަސައްކަތްޕުޅު ތަކަށް ބަލާއިރު ނޫރައްދީނުގެ ލަޝްކަރުގެ ކޮމާންޑަރުކަން ކުރެއްވުމާއި، ނޫރައްދީން

14 November 2010

ދީންތަކަށް ނަންދެވިފައިވާ ގޮތަށް ބެލުމުންވެސް އިސްލާމް ދީނަކީ އެންމެ މުސްތަޤިލު ދީނެވެ. އެންމެ މާތް ދީނެވެ.

ދީނަކީ އިންސާނާ ދިރިއުޅޭނެ ގޮތެވެ. އެއީ އިންސާނާ ކުރިޔަށް ދާނެ ގޮތް އަންގައިދޭ އާރުކާޓީއެވެ. ނުވަތަ ކުރިޔަށްދާ މަގެވެ. އެހެންގޮތަކަށް ބުނަނީނަމަ އިންސާނާ ދިރިއުޅެންވީ ގޮތުގެ މަގުދައްކައިދޭ  ޢަމަލީ ޤަވައިދެވެ. ދީނަކަށް ތަބާވާ މީހުންނަކީ ވަކި ފަރާތެއް މަތިވެރިކޮށް އެފަރާތަކަށް ކިޔަމަންގަނެ އެފަރާތަކުން އެހީއާއި މަދަދަށް އެދި ދަންނަވާ މީހުންނެވެ.

11 November 2010

އޭ އަޅުގަނޑު ލޮބުވެތި އަޚުންނާއި އުހުތުންނޭވެ. އެކުވެރި ވާކަށް އަދިވެސް ނުވޭތޯއެވެ.



ލިޔުނީ އަޙްމަދު ޢާޞިމް/ އުންމީދު
ތަޢުހީދުގެ ދެކަލިމަ ކިޔާ އޭގެމާނަ ހިތުން ޤަބޫލުކުރުމާއެކު، އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔެއްގެ އަޚުންތަކެއްގެ ގޮތުގައި ވެފައެވެ. އަޅުގަނޑުމެންގެ ހަށިގަނޑުގެ ގުނަވަނަކަށް ލިބޭ ކޮންމެ ގެއްލުމެއްގައި އެހަށިގަނޑު ހިއްޞާވާނެއެވެ. އެގުނަވަނެއްގައި ކޮންމެ ވޭނެއްގައި އެހަށިގަނޑު ތަހައްމަލް ކުރާނެއެވެ.

09 November 2010

އިހަވަންދޫ ޑީއާރުޕީގެ ފަރާތުން ރަށު ކައުންސިލް އަދި އަތޮޅު ކައުންސިލް އިންތިޚާބަށް ވާދަކުރާ ބޭފުޅުން ހަމަޖެހިފައިވާ ކަމުގެ ޚަބަރު ލިބިއްޖެ

ލިޔުނީ އަޙްމަދު ޢާޞިމް
އިހަވަންދޫ ޑީއާރުޕީ ގޮފީގެ ރައީސް މުޙައްމަދު ސިރާޖާއި ހަވާލާދީ އަޙުމަދު ޞަބާޙް / ހަނދުވަރީނާޒް އިހަވަންދޫ ޑޮޓް ކޮމްގައި ލިޔެފައިވާ ޚަބަރުގައި ވަނީ "އިހަވަންދޫ ރަށު ކައުންސިލް  އަދި އަތޮޅު ކައުންސިލް އިންތިޚާބަށް ވާދަކުރާ ބޭފުޅުން މުޅިން ހަމަޖެހިފައިވާކަމަށެވެ.

04 November 2010

3 ނޮވެމްބަރ 1988 ގެ އުދުވާން


 ލިޔުނީ އަޙްމަދު ޢާޞިމް
ފުރިހަމަ އިންސާނަކަށް ނިކަން ބަލައިލަމާ ހިނގާށެވެ. އެހެން ހުއްޓާ އޭނާގެ އެއް ލޯ ފަންވުމުން ނުވަތަ ފައެއް ބިންދާގެން ގޮސް ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ބަދަލުވުމުން ﷲ އޭނާއަށް ދެއްވި ނިޢުމަތް ބޮޑުކަން އިހްސާސް ކުރެވޭނެއެވެ. ހަމައެފަދައިން، ހަޤީޤީ މިނިވަންކަމުގެ މީރުކަން އަޅުގަނޑުމެންނަށް އިހުސާސް ކުރެވޭނީ އެނިޢުމަތް ގެއްލިގެން ދިޢުމުނެވެ. އެހެންކަމުން، މިނިވަންކަމުގެ އުފާވެރި ނިޢުމަތް މިކުޑަކުޑަ ދިވެހިރާއްޖެއަށް ދެއްވި ﷲ ތަބާރަކަ ވަތަޢަލާއަށް ޙަމްދުކުރަމެވެ.

01 November 2010

ޢިލްމާއި ޢިލްމުވެރިން އަދި ރޯނު އެދުރުން

ލިޔުނީ ޢާޞިމް/ އުންމީދު ހއ.އިހަވަންދޫ 
އޭ އަޅުގަނޑުގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުން الله تعالىއަށް ބިރުވެތިވެ، ތަޤްވާވެރިވާށެވެ. އަދި އެއިލާހުގެ ޙަޟްރަތަށް ވާޞިލުވެވޭނޭ އެންމެ މައިގަނޑުއެއް ވަޞީލަތް ކަމުގައިވާ ޢިލްމު ހޯދުމުގައި ގަދައަޅާ މަސައްކަތްކުރާށެވެ. އެއަށްފަހު އެ ޢިލުމުގެ މައްޗަށް ތިޔަބައިމީހުންގެ އުޅުމާއި ގުޅުން ބައްޓަންކުރާށެވެ. އަދި ދަންނާށެވެ!  ދީނީ ޢިލްމު ހޯދުމައްޓަކައި މަސައްކަތް ކުރާ މީހާ ކީރިތި ޤުރްއާނާއި، މޫރިތި ސުންނަތް ދެނެގަނެވޭނެ މަގުތައް ޚިޔާރުކޮށް އެގޮތުން އެޢިލުމު ހޯދާށެވެ.
ޢިލްމު ހާޞިލްކުރުމަކީ އެތައް ގިނަގުނަ ހެވަކާއި ދަރުމައެއް ލިބޭކަމެކެވެ.

31 October 2010

އިންސާނީ ހަޔާތަށް އެންމެ ފައިދާ ހުރި ދީނަކީ އިސްލާމްދީނެވެ.


އަޅުގަނޑުމެން އަމިއްލަ ސިނކުޑިން ވިސްނާލަމާތޯއެވެ! މިހާރު ދުނިޔެއަށް އީޖާދުވަމުންދާ ޓެކޮނޮލަޖީތައް އުފައްދާ އެޓެކޮނޮލަޖީތައް ބޭނުން ކުރާނެގޮތް އެއުފައްދާ ފަރާތުން ފޮތެއްގެ ސިފާގއި ނުވަތަ ލިޔުމެއްގެ ސިފައިގައި ނެރެމުން ދެއެވެ. އެފަދަ ޓެކޮނޮލަޖީތަކަށް މައްސަލަތައް ޖެހުމުން އެމައްސަލަ އެންމެ ފުރިހަމައަށް ރަނގަޅުކުރެވޭނީ ކޮންފަރާތަކަށް ތޯއެވެ. އެޓެކޮނޮލަޖީ އުފެއްދި ފަރާތަކަށް ނޫތޯއެވެ.
ކަންމިހެން ހުރިއިރު، އިންސާނާގެ ކަނަތައްތައް އެންމެ ރަނގަޅަށް އެނގޭނީ އެއިންސާނާ ހެއްދެވި ފަރާތަށް ނޫތޯއެވެ! އިންސާނާ އުޅެންވި ގޮތް އެނގޭނީ އެފަރާތަށް ނޫތޯއެވެ!

30 October 2010

އިސްލާމް ދީން ހުރިހާ ވައްތަރެއްގެ އިންސާނީ ތަޢުލީމަށް ވަރަށް ބޮޑު އިސްކަމެއް ދޭކަން ޔަޤީން!

 
ލިޔުނީ އަޙްމަދު ޢާޞިމް އުންމީދު/ ހއ.އިހަވަންދޫ
އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ދެކޭގޮތުގައި އިސްލާމީ ތަޢުލީމު ފިޔަވައި އެހެން އެއްވެސް ތަޢުލީމެއް އުނގެނުމަކީ ބާޠިލުކަމެކެވެ. ހަމައެގޮތަށް ވަރަށް ގިނަ ބެލެނިވެރިންވެސް ބުނާތީ އަޑުއަހަން ފަރަންޖީ ބަސްކިޔެވުމުގެ އެއްވެސް ބޭނުމެއް ނެތެވެ. މިފަދަ ބަސްތައް ބައެއް ބެލެނިވެރިންގެ ފަރާތުން އިވޭ ކަމީ ވަރަށް ވެސް ހިތާމަވެރިކަމެކެވެ. ހަގީގަތަކީ އިސްލާމްދީން ހުރިހާ ވައްތަރެއްގެ އިންސާނީ ތަޢުލީމު ދަސްކުރުމަށް ބާރުއަޅާކަމެވެ.

29 October 2010

އިހަވަންދޫ ޑީއާރުޕީ ގޮފީގެ ރައީސްކަމަށް މުހައްމަދު ސިރާޖު ހަމަޖެހި އަދި ނައިބުރައީސް ކަމަށް ޢާއިޝަތު އަޒުހާރާ އިމްތިހާބުވެއްޖެ


އިހަވަންދޫ ޑީއާރުޕީ ގޮފީގެ އެކިމަގާމުތަކަށް މީހުން އިމްތިހާބު ކުރުމަށްޓަކައި، ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލައިފައިވަނީ މިމަހުގެ މެދުތެރޭގައެވެ. އެގޮތުން އިއުލާނުކޮށްފައިވާ މަގާމުތަކުގެ ތެރެއިން ނައިބުރައީސްގެ މަގާމު ފިޔަވާ އެހެން ހުރިހާ މަގާމުތަކަކަށް ވަނީ އިމްތިހާބުގެ ކުރިން މީހުން ހަމަޖެހިފައެވެ. އެހެނީ ނައިބު ރައީސްކަމަށް ފިޔަވައި އެހެން ހުރިހާ މަގާމުތަކަކަށް ކުރިމަތި ލައިފާ އެންމެ މީހެކެވެ.
އެހެންކަމުން 29 އޮކްޓޯބަރ 2010 ވީ ހުކުރު ދުވަހު، އާދެ މިއަދުގެ 1400 ން 1700 ކުރިއަށް ދިޔައީ އިހަވަންދޫ ޑީއާރުޕީ ގޮފީގެ ނައިބުރައީސް ހޮވުމުގެ އިމްތިހާބެވެ.

27 October 2010

އިހަވަންދޫ ސިއްހީ މަރުކަޒުގެ ބަލި މީހުން ބަލާ ކޮޓަރީގެ އެއާކޯނު ހަލާކުވެފައި ހުންނަތާ މަސް ދުވަސް ވެއްޖެ ކަމަށް ހަބަރު ލިބިއްޖެ



 ލިޔުނީ؛ އަޙްމަދު ޢާޞިމް / އުންމީދު


ދިވެހިރާއްޖޭގައި 30 އަހަރުވަންދެން ކުރިވެރިކަން ނިމުމަކަށް ގިނައީ ވަރަށް ގިނަ އުންމީދުތަކަކާއި ހުވަފެންތަކަކާއެކުވެ. މިވެރިކަން ނިމުމަކަށް ގެނައުމަށް ހިތްމަތާއެކު މަސައްކަތް ކުރި އެއްރަށަކީ އިހަވަންދޫއެވެ. އެއީ މިހާރުގެ ވެރިމީހާއަށް ތާއިދުކޮށް މިހާރުގެ ވެރިމީހާ ވެރިކަމަށް ގިނައީ އެފަރާތުން ހުށައެޅި މެނިފެސްޓޯ ރަނގަޅުވެގެން ކަމަށް މިހާރު ސަރުކާރު ހިންގާޕާޓީން ބުނަމުން ދެއެވެ. އެހެންމަވެސް ހިތާމައަކީ މެނިފެސްޓޯއާ އެއްގޮތަށް އަމަލުކުރަމުން ދާތަން ނުފެންނާތީއެވެ.

24 October 2010

ކީރިތި ޤުރުއާނަކީ ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ އަމިއްލަ ފުޅައް ގެންނެވި ފޮތެއް ނޫނެވެ.


  ލިޔުނީ: އަޙްމަދު ޢާޞިމް
މާތްﷲ سورة يونس 15-16 ގައި ވަޙީކުރެއްވިއެވެ. "وَإِذَا تُتْلَى عَلَيْهِمْ آَيَاتُنَا بَيِّنَاتٍ قَالَ الَّذِينَ لَا يَرْجُونَ لِقَاءَنَا ائْتِ بِقُرْآَنٍ غَيْرِ هَذَا أَوْ بَدِّلْهُ قُلْ مَا يَكُونُ لِي أَنْ أُبَدِّلَهُ مِنْ تِلْقَاءِ نَفْسِي إِنْ أَتَّبِعُ إِلَّا مَا يُوحَى إِلَيَّ إِنِّي أَخَافُ إِنْ عَصَيْتُ رَبِّي عَذَابَ يَوْمٍ عَظِيمٍ (15) قُلْ لَوْ شَاءَ اللَّهُ مَا تَلَوْتُهُ عَلَيْكُمْ وَلَا أَدْرَاكُمْ بِهِ فَقَدْ لَبِثْتُ فِيكُمْ عُمُرًا مِنْ قَبْلِهِ أَفَلَا تَعْقِلُونَ (16)  

14 October 2010

މުދައްރިސުންގެ ތެރެއިން ސުކޫލު ބޯޑަށް އަޙްމަދް ޞަބާޙު އާއި އާދަމް މޫސާ އިމްތިހާބު ކޮށްފި


ލިޔުނީ އަޙްމަދު ޢާޞިމް/ އުންމީދު ހއ.އިހަވަންދޫ
 އިހަވަންދޫ މަދަރުސާގެ ކުރީގެބޯޑު ވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އުވާލާފައެވެ. އިހަވަންދޫ ބޯޑު އުވާލިކަމަށް ބުނެ އިހަވަންދޫ މަދަރުސާބޯޑެގެ އޭރުގެ ޗެއަރޕާޝަން ހުސެން ރަޝީދަށް ފޮނުވި ސިޓީގައި ބޯޑު އުވާލި ސަބަބު ބަޔާން ކޮށްފައި ނުވިނަމަވެސް ސުކޫލު ބޯޑު އުވާލީ އަލުން ބޯޑު އެކުލަވައިލުމަށްކަމަށް ބުނެފައިވެއެވެ.

12 October 2010

5. މާތްﷲ އަށް ލޯބިކުރާކަން އެނގޭނީ އެކަލާނގެ ޝަރުއުކުރެއްވި އަޅުކަންތައް ކުރާމިންވަރަކުންނެވެ.

ލިޔުނީ އަޙްމަދު ޢާޞިމް/ ހއ.އިހަވަންދޫ އުންމީދު
މަންފައާއި އަދި ގެއްލުން ވެސް މެދުވެރިކުރައްވަނީ ހަމައެކަނި ﷲ ކަމާއި އަދި ޙަރާމްކުރައްވައި ޙަލާލްކުރެއްވުން ވަނީ ﷲ ވަނީ ﷲ އަށް ކަމާއި ހިފެހެއްޓުމެއް ނެތް ލޯބިވުމާއި ހިފެހެއްޓުމެއް ނެތް ބިރުގަތުމާއި ހިފެހެއްޓުމެއް ނެތް ކިޔަމަންގަންނަން ޖެހެނީ ހަމައެކަނި ﷲ އަށް ކަމަށް އީމާންވާ ހިތެއްވިއްޔާ އޮންނާނީ އެކަލާނގެ މަތިވެރިކުރުމުން ފުރިފައެވެ. އޭނާއަށް ﷲ އަކްބަރު ގެ މާނަ އިޙްސާސްވެ ޝުޢޫރުވާނެއެވެ. މިހިނދު ﷲ ފިޔަވާ ދުނިޔޭގައިވާ ކޮންމެ އެއްޗަކީ، އޭނާގެ ކުރިމަތީގައި ކުޑަ ކުޑަ އެއްޗަކަށް ވެދެއެވެ. ދުޢާކުރުމާއި، ނަމާދުކުރުމާއި، ރުކޫކުރުމާއި، ސަޖިދަޖެހުމާއި، ނަދުރުބުނުމާއި، ކަތިލުމާއި، ތަސްބީޙާއާއި ތަޙްލީލު ކިއުން ފަދަ، އިންސާނުންގެ ބައެއް އަމަލުތަކަކީ، އެކަންތައް ކުރެވޭ ފަރާތެއް ހިފެހެއްޓުމެއް ނެތް ގޮތުގައި މަތިވެރިކުރުމަށް، ކުރާ ކަންތަކެކެވެ. ވީމާ މިފަދަ ކަމެއް ﷲ ނޫން ފަރާތަކަށް، މުއުމިނަކު ކޮށްގެން ނުވާނެއެވެ. 

08 October 2010

މުޢުމިނުންގެ ހިތުގައި މާތް ﷲ ޞުބުޙާނަޙޫ ވަތަޢަލާ އަށް އޮންނަން ޖެހޭ ލޯބި 3

-->
ލިޔުނީ އަޙްމަދު ޢާޞިމް/ އުންމީދު ހއ. އިހަވަންދޫ
  4.    ﷲ އަށް ލޯބިކުރާ މީހާ  ޤުރުއާނަށާއި ރަސޫލާގެ ސުންނަތަށް ލޯބިކުރާނެއެވެ.
 ﷲ އަށާއި އެކަލާނގެ ރަސޫލާ މުޙައްމަދު ރަސޫލުﷲ صلى الله عليه وسلم   އަށް ލޯބިކުރުމަކީ ﷲ ޞުބުޙާނަހޫ ވަތަޢަލާ ޖިބުރީލުގެފާނު މެދުވެރިކުރައްވާ ކައުއިތުރު ރަސޫލާގެ މައްޗަށް ބާވާލެއްވި އެކަލާނގެ ފޮތަކީ ހައްޤު ފޮތެއްކަން ގަބޫލުކުރުމެވެ. މާތްﷲ سُورَةُ آلِ عِمْرَان 03-04 ވަހީ ކުރައްވަނީ  نَزَّلَ عَلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِمَا بَيْنَ يَدَيْهِ وَأَنْزَلَ التَّوْرَاةَ وَالْإِنْجِيلَ (3) مِنْ قَبْلُ هُدًى لِلنَّاسِ وَأَنْزَلَ الْفُرْقَانَ إِنَّ الَّذِينَ كَفَرُوا بِآَيَاتِ اللَّهِ لَهُمْ عَذَابٌ شَدِيدٌ وَاللَّهُ عَزِيزٌ ذُو انْتِقَامٍ (4(" އޭ ރަސޫލާއެވެ!

05 October 2010

މުދައްރިސުންގެ ދުވަސް

-->
 ލިޔުނީ: އަޙްމަދު ޢާޞިމް 
 މިއަދު އާދެ!  އޮކްޓޫބަރ 05 ކީ ބައިނަލަޤުވާމީ މުދައްރިސުންގެ ދުވަހެވެ. އެހެންކަމުން އަދި ދިވެހިރާއްޖޭގެ ތައުލީމަށް މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް މުދައްރިސުން ދުވަހުގެ މުނާސަބަތުގައި ސާސްތުރަ ފަށުން ޝުކުރު ދަންނަވާ ހާލު މަރުހަބާ އާއި ތަހުނިޔާ ކިޔަމެވެ. 
އަޅުގަނޑުމެންނަށް ޢިލްމު އުނގަންނާދޭ ކޮންމެ މީހަކީ މުދައްރިސެކެވެ. އެދުރެކެވެ. މުރައްބީއެކެވެ. ޓީޗަރެކެވެ. އުސްތާޛެކެވެ. މީން ކޮންމެ ނަމެއް އަޅުގަނޑުމެން ކިޔަސް، ޢިލްމު އުނގަންނާދޭ ކޮންމެ މީހަކީ ހަމަ އެއްބަޔެކެވެ.

04 October 2010

ޒިނޭ ކުރުމަކީ އަޅުގަނޑުމެންގެ ތެރެއިން ފެންނަ ވަރަށް ދަށު ދަރަޖާގެ ޢަމަލެއް

-->
ޖަޒީރާ ރަށްތަކެއްގެ މައްޗަށް ބިނާވެފައިވާ މިދިވެހި ރާއްޖެއަކީ، ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ ގަޢުމެކޭ މިބުނަނީ ވަރަށް ވެސް ކެރި ހުރެގެންނެވެ. މިގަޢުމުގެ ގާނޫނު އަސާސީ ބުނާގޮތުން މިޤައުމުގެ ރައްޔިތަކަށް ވަނީ، މުސްލިމަކަށް ވެގެންނެވެ އެހެން ނޫންނަމަ، އޭނަ ދިވެހި ބަހުން ވާހަކަ ދައްކާ، މީހަކަށް ވިޔަސް، އަދި ދިވެއްސެއްގެ ދަރިއަކަށް ވިޔަސް އެއީ ދިވެއްސެކޭ ނުބުނާނެވެ.

03 October 2010

އުމަވީ ދައުލަތް- އިރުމަތީގައި އިސްލާމްދީންފެތުރުން އަދި އެދައުލަތް ނިމުން

-->
  1.      އިރުމަތީގައި އިސްލާމްދީންފެތުރުން
މުޢާވިޔަތު ބުނި އަބީސުފްޔާނުގެ ޚަލީފާކަމުގެ ދުވަސްވަރުގައި އެކަލޭގެފާނު މަސައްކަތްޕުޅު ކުރައްވާފައިވަނީ އިސްލާމްދީން ފަތުރުއްވައި އަދި ޢަރަބިބަސް ނުދަންނަ މީހުންނަށް ޢަރަބިބަސް ދަސްކޮށްދެއްވުމަށެވެ.
އަދި ހަމައެފަދައިން ނިކަމެތި ދަނޑުވެރިންނަށްވެސް މިނިވަންކަން ދެއްވައި އެބައިމީހުން ދަނޑުގޮވާން ކުރާނެ ބިން އެބައިމީހުންނާއި ޙަވާލު ކުރެއްވިއެވެ

02 October 2010

އުމަވީ ދައުލަތް - ޢިލްމާއި ފަންނު ، އިޤުތިޞާދީ އަދި އިޖްތިމާޢީ ގޮތުން ކުރިއަށް ގެންދިއުމުގެ ދައުރު

-->
އުމަވީ ދައުލަތުގެ ދުވަސްވަރު މުސްލިމުން ކާމިޔާބު ހޯދީ ހަމައެކަނި އަސްކަރީ ހަނގުރާމަތަކުގައެއް ނޫނެވެ. އިސްލާމްދީނަކީ ހުރިހާ ދާއިރާއެއް ޝާމިލުވާގޮތައް މަސައްކަތް ކުރުމަށް ގޮވާލާ ދީނެކެވެ. އިސްލާމްދީނަށްޓަކައި ޖިހާދުކުރުމަކީ މާތްމަތިވެރި ، ޢަމަލަކަށް ވީހިނދު ޢިލްމަށްވެސް ޚާއްޞަ މަޤާމެއް އިސްލާމްދީނުގައި ދެވިފައިވެއެވެ. ނަތީޖާއެއްގެ ގޮތުން މުސްލިމުން ، ޚާއްޞަކޮށް އުމަވީން ޢިލްމު ފެތުރުއްވުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

01 October 2010

ވައްކަން

-->
ލިޔުނީ: އަޙްމަދު ޢާޞިމް
ދުނިޔެ މަތީގެ ސުވަރުގޭގެ ނަމުން މަޝްހޫރުވެފައިވާ ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމް ގަޢުމެކެވެ. މޭމަތީގައި އަތްޖަހާލައިފާ ތިމަންމީ މުސްލިމް ގަޢުމެއްގައި ދިރިއުޅޭ މުސްލިމެކޭ ބުނަނީ ފަޚުރު ވެރިކަމާއެކުގައެވެ. އެހެންނަމަވެސް މިހާރަކަށް އައިސް އަޅުގަނޑުމެންގެ މިމުޖުތަމަޢުން ފެނިގެން މިދަނީ ވަރަށްވެސް އަގަލު ކުޑަ މަންޒަރުތަކެކެވެ. މުސްލިމެއްގެ ގޮތުގައި ހުރެ، އިވެން  ބޭނުން ނުވާފަދަ އަޑުތަކެކެވެ. އެހެރި ތަނުން މީހަކު މަރާލާފިއެވެ.

27 September 2010

މުޢުމިނުންގެ ހިތުގައި މާތް ﷲ ޞުބުޙާނަޙޫ ވަތަޢަލާ އަށް އޮންނަން ޖެހޭ ލޯބި 2

-->
  3.    މާތް ﷲ އަށް އޮންނަންޖެހޭ ލޯބީގެ ދެވަނަ މަސްދަރަކީ މާތް ﷲގެ ރަސޫލާއަށް ލޯބިކުރުމެވެ.
ޝަހާދަތުގެ ދެކަލިމާގެ ތެރެއިން ދެވަނަ ކަލިމާގައިވަނީ މުޙައްމަދުގެފާނީ އެކަލާނގެ އަޅާ އަދި ރަސޫލާކަމަށް ހެކިވާ ވާހަކައެވެ. އެހެންކަމުން ﷲ ދެކެ ލޯބިވާމީހާ، މުހައްމައްދުގެ ފާނަކީ އެކަލާނގެ އަޅާކަމަށް އީމާންވެ، ކިޔަމަންތެރިވާނެއެވެ. ހަމައެއާއެކު ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم ދެކެ ލޯބިވާނެއެވެ.

26 September 2010

މުޢުމިނުންގެ ހިތުގައި މާތް ﷲ ޞުބުޙާނަޙޫ ވަތަޢަލާ އަށް އޮންނަން ޖެހޭ ލޯބި

-->
  ލިޔުނީ: އަޙްމަދު ޢާޞިމް
  1.    ލޯބީގެ ތަޢުރީފެއް
މި މަޢުޟޫއަށް އިންސާފު ކުރުމުގެ ކުރިން، އިލްމުވެރިން ލޯބި މާނަކުރާ ގޮތަށް ބަލައިލާނަމެވެ. އާދޭހެވެ! ބަހުގެ އިލްމުވެރިން ތާފާތު ގޮތްތަކަށް ލޯބި މިލަފުޡު މާނަ ކޮށްފައިވެއެވެ. މި ގޮތުން އަރަބި ބަހުގައި ލޯތްބަށް މިކިޔަނީ "އަލްމުހައްބަތު" އެވެ. މިބަހުގެ މާނައަށް ވަކިން ބަލައިފިނަމަ އިލްމުވެރިން ވިދާޅުވަނީ އޭގެ މާނައަކީ ކުލުނެއެވެ. ހަމްދަރުދީއެވެ. ރަހުމެވެ. މީހެއްގެ ހިތުގައި އުފެދޭ ޝުއުރުތަކަށް ބަލައިރު އޭނާގެ ހިތުގެ އެންމެ ހިމަނާރާ ހަމައަށް އަސަރުކުރާ ޝުއުރަކީ ލޯތްބެވެ.